17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ހަރުގެ ޖަލްސާ

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

 • ބްރިޖާއި 25 ބުރީގެ ދެ އިމާރާތް އެ އަޅަނީ ތިން ގުނަ ބޮޑުކޮށް
 • ބޮޑެތި މަޝްރޫތަކެއް ހިންގިޔަސް ރައްޔިތު މީހާގެ ޖީބަށް އެއްމެ ލާރިއެއްވެސް އިތުރެއްނުވޭ
 • މިސަރުކާރު ބަލި ކުރުމަށް ލޯކަލް ކައުންސިލް އިންތިހާބު ވަރަށް މުހިއްމު
މުހައްމަދު ފަޒީން | phaxyn

| 16 ޖެނުއަރީ 2017 | ހޯމަ 08:36 | |

މަގުބޫލް

 1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
 6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
 7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
 8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


އާދަމް އާޒިމް އާދީއްތަ ދުވަހުގެ ރޭގައި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ފަޒީން

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ބޮޑެތި ޕްރޮޖެކްޓްތައް ހިންގަމުންދަނީ އޭގެ ތިން ގުނަ އަގު ބޮޑުކޮށް ކަމަށާއި އެއީ ހިންގަމުންދާ ޖަރީމާއެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި އިދިކޮޅު އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ ދެމެދު އަޅާ ބްރިޖް އެ އަޅަކީ އެ ބްރިޖް އެޅޭ އަގުގެ ތިން ގުނަ ބޮޑުކޮށް ކަމަށާއި އައިޖީއެމްއެޗްގައި އަޅާ 25 ބުރީގެ އިމާރާތާއި ފިނޭންސް މިނިސްޓްރީގައި އަޅާ 25 ބުރީގެ އިމާރާތް ވެސް އަޅަނީ ތިން ގުނަ ބޮޑު އަގެއްގަ ކަމަށެވެ.

ބްރިޖް 300 މިލިއަން ޑޮލަރަށް ހަދާއިރު، ފިނޭންސް މިނިސްޓްރީގައި ހަދަން ނިންމި 25 ބުރީގެ އިމާރާތުގެ އަގަކީ 122 މިލިއަން ޑޮލަރެވެ. އަދި އައިޖީއެމްއެޗްގެ 25 ބުރީގެ ޓަވަރުގެ އަގަކީ 140 މިލިއަން ޑޮލަރެވެ.

އައިޖީއެމްއެޗް އާއި ފިނޭންސް މިނިސްޓްރީގެ އިމާރާތް ބަޖެޓްގައި ނުޖަހައި ކުއްލިއަކަށް ބަޔަކާ ހަވާލުކުރީ، ކަޅު ފައިސާ ދޮއުމުގެ ގޮތުން ކަމަށް ތުހްމަތުކުރެ އެވެ. 

 

ކޮންސްޓަރަކްޝަން ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާގައި ވެސް އުޅުއްވާ އާޒިމް ވިދާޅުވީ ރާއްޖޭގައި ބޮޑެތި ބިޔަ މަޝްރޫއުތަކެއް ހިންގިޔަސް ރައްޔިތުންނަށް އޭގެން ފައިދާއެއް ނުކުރާނަމަ ބޭނުމެއް ނެތް ކަމަށެވެ. އާޒިމް ވިދާޅުވީ ސަރުކާރުގެ އިސްވެރިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށް ވިދާޅުވިޔަސް ރައްޔިތުންގެ ޖީބަށް އެންމެ ލާރިއެއް ވެސް އިތުރަށް ނުވަންނަ ކަމަށެވެ.

އާޒިމް ވިދާޅުވީ ތަރައްގީއަކީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވުމާއި ހަމަޖެހޭ ދިރިއުޅުމެއް ރައްޔިތުންނަށް އުޅެވުން ކަމަށެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ރައްޔިތުން ނިކަމެތި ވަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެފަދަ މަޝްރޫއުތަކުން ބޮޑެތި އަދަދުތަކުން ސަރުކާރުގެ އިސްވެރިން ވައްކަން ކުރަމުންދާއިރު، މާދަމާ ރައްޔިތުންނަށް ފައިދާވާނެ ކަމަށް ބަލައިގެން ތިބެވޭކަށް ނެތްކަމަށެވެ.

އާޒިމް ވިދާޅުވީ މި ސަރުކާރު ބަދަލުކުރުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އިދިކޮޅު އިއްތިހާދުން ކާމިޔާބުކުރުން ވަރަށް މުހިއްމު ކަމަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް