16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

އޭޓީޕީ ވާރލްޑް ޓުއަރ

އަނެއްކާ ވެސް އެއްވަނަ މަގާމަށް ފެޑެރާ ޖެހިލައިފި

  • އޭނާ މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސްގެ މައްޗަށް ދެ ސެޓު އެއް ސެޓުން ކުރި ހޯދައިގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 17 ޖޫން 2018 | އާދީއްތަ 18:35 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  8. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި


މާސިޑީސް ކަޕްގައި ފެޑެރާ ކުޅެނީ -- އޭޓީޕީ

ޖަރަމަނުގެ ސްޓުޓްގާޓްގައި މިހާރު ކުރިޔަށްދާ މާސިޑީސް ކަޕްގެ ފައިނަލުން ޖާގަ ހޯދައި ދުނިޔޭގެ އެއްވަނަ މަގާމަށް ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ ޖެހިލައިފިއެވެ.

އޭނާ މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސްގެ މައްޗަށް ދެ ސެޓު އެއް ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 7-6 އިން ކިރްގިއޯސް ގެންދިޔައިރު ފެޑެރާ ވަނީ ފަހުން ކުޅުނު ދެ ސެޓު 6-2 އަދި 7-6 އިން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދާފައެވެ.

ހޯމަ ދުވަހު ނެރޭ އޭޓީޕީގެ އައު ރޭންކިންގައި ރަފައޭލް ނަޑާލް ފަހަތަށް ޖައްސާލުމަށްފަހު އެއްވަނަ މަގާމު ފެޑެރާ ހޯދާނެއެވެ.

މި މުބާރާތުގެ ފައިނަލުގައި ފެޑެރާ ނުކުންނާޏީ މިލޯސް ރައޯނިޗްއާ ދެކޮޅަށެވެ. ދުނިޔޭގެ 35 ވަނައިގައި ރޭންކް ކުރެވިފައިވާ ރައޯނިޗް ފައިނަލަށް ދަތުރުކުރީ މިދިޔަ އަހަރު މި މުބާރާތް ކާމިޔާބުކުރި ކެނެޑާގެ ލޫކަސް ޕުޔީ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-4 އަދި 7-6 އިންނެވެ.

ރައޯނިޗް ބަލިކޮށް މާސިޑީސް ކަޕް ކާމިޔާބުކުރުން ވެގެންދާނީ ފެޑެރާގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރާ 98 ވަނަ މުބާރާތަށެވެ. މިފަހަރު ވެގެންދާނީ ދުނިޔޭގެ ރޭންކިންގެ އެއްވަނައަށް ފެޑެރާ މި ސީޒަނުގައި ޖެހިލާނެ ތިންވަނަ ފަހަރަށެވެ. ދުނިޔޭގެ ރޭންކިންގެ އެއްވަނައަށް ފެޑެރާ ފުރަތަމަ ފަހަރަށް ޖެހިލީ 2004 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭނާ ވަނީ މިހާތަނަށް ޖުމްލަ 309 ހަފްތާގައި އެއްވަނަ މަގާމު ދިފާއުކޮށްފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް