
| 17 ޖޫން 2018 | އާދީއްތަ 17:24 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ޕެނަލްޓީތައް ދަސްކުރި ކަމަށް އައިސްލޭންޑުގެ ކީޕަރު ހަންސް ތޮރ ހަލްޑޯސަން ބުނެފިއެވެ.
އައިސްލޭންޑުގެ ތާރީހުގައި ވެސް ވާރލްޑް ކަޕެއްގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ވަރުގަދަ އާޖެންޓީނާއާ 1-1 އިން އެއްވަރުކޮށްފައެވެ. އާޖެންޓީނާއިން މެޗުގެ ލީޑު ނެގިތާ ހަތަރު މިނެޓު ނުވަނީސް އެ ޓީމުން އެއްވަރުކުރިއިރު އާޖެންޓީނާ މެޗުން މޮޅުވިޔަނުދީ ހިފެހެއްޓީ ހަލްޑޯސަންއެވެ. އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ލިއޮނެލް މެސީގެ ޕެނަލްޓީއެއް ދެވަނަ ހާފުގައި މަތަކޮށްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ހަލްޑޯސަން ބުނީ ގޯލްކީޕަރެއްގެ ގޮތުގައި ވާރލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ މެޗުގައި ދުނިޔޭގެ އެންމެ އެންމެ މޮޅު ކުޅުންތެރިޔޭ ޖެހި ޕެނަލްޓީއެއް ސޭވް ކުރެވުމަކީ ވަރަށް ބޮޑު ކަމެއް ކަމަށެވެ. މެސީގެ ޕެނަލްޓީއެއް ސޭވް ކުރެވުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށާއި އެކަން ހާއްސަވަނީ އެކަމުގެ ސަބަބުން މެޗު އެއްވަރުމުން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އުއްމީދަކީ އެމެޗުން ލިބުނު ޕޮއިންޓާއެކު ދެވަނަ ބުރަށް ދަތުރުކުރުން ކަމަށެވެ.
ހަލްޑޯސަން ބުނީ ޕެނަލްޓީއަކާ ކުރިމަތިވެދާނެ ކަމަށް ތައްޔާރުވިން ކަމަށާއި އެގޮތުން މީގެކުރިން މެސީ ޖަހާފައިވާ ވަރަށް ގިނަ ޕެނަލްޓީތައް ބެލި ކަމަށެވެ. ހަމައެހެންމެ އޭނާއާ ދެކޮޅަށް ވަން ޕެނަލްޓީތައް ވަނުމުގައި ދިމާވި ކަންކަން ބެލުމަށް އެ ޕެނަލްޓީތައް ވެސް ބެލިކަމަށް ހަލްޑޯސަން ބުނެފައިވެއެވެ. އޭނާ ބުނީ މެސީ ޕެނަލްޓީ ޖަހާނީ އެފަރާތަށް ކަން ވަރަށް ބޮޑަށް ޔަގީންކުރެވުނު ކަމަށެވެ.
މި މެޗުގައި އައިސްލޭންޑަށް މާ ގިނަ ވަގުތު ބޯޅަށް ނުގެންގުޅެވުނު ނަމަވެސް އެ ޓީމުން ވަނީ މޮޅު ޑިފެންސިވް ގޭމެއް ކުޅެ އާޖެންޓީނާ ނުތަވަނަވަސްކޮށްލާފައެވެ.
ހަލްޑޯސަން ބުނީ އެ ޓީމުގެ ގޭމް ޕްލޭނަކީ އެއީ ކަމަށާއި އެކަން ވަރަށް ރަނގަޅަށް ކާމިޔާބުވި ކަމަށެވެ. ކޮންމެ މިނެޓަކަށްފަހު އިތުބާރު ބޮޑުވެގެންދިޔަ ކަމަށާއި އެހެން ނަމަވެސް އާޖެންޓީނާއަށްވުމާއެކު ކޮންމެވެސް ވަރަކަށް ބިރުވެސް ގަތް ކަމަށެވެ. އެހެން ނަމަވެސް އާޖެންޓީނާއިން ލަނޑު ޖެހުމާއެކު އެއްވަރުކުރެވުމުން މެޗުގައި އިތުރަށް ކުރިޔަށް ދިޔުމަށް ފަސޭހަވި ކަމަށާއި ކުރިޔަށް އޮތް މެޗުތަކުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެން ބޭނުންވާ ކަމަށް ހަލްޑޯސަން ބުންޏެވެ.
ހަލްޑޯސަންއަކީ އައިސްލޭންޑުގެ އެއް ނަމްބަރު ކީޕަރަށްވާއިރު އޭނާއަކީ ފިލްމް ޑައިރެކްޓަރެކެވެ.
މެސީގެ ޕެނަލްޓީ ސޭވްކުރުމާއެކު ހަލްޑޯސަންއަށް ގިނަ ބަޔެއްގެ ތައުރީފް ވަނީ އަމާޒުވެފައެވެ. އެންމެފަހުން ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް އޭނާ ކޮޅަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ޕެނަލްޓީގެ އިތުރުން މެސީ މި މެޗުގައި 11 ހަމަލާ އުފެއްދިއެވެ.
މި ގްރޫޕުން ދެވަނަ ބުރަށް ކޮލިފައިވުމަށް ކުރިޔަށް އޮތް ދެ މެޗުގައި ރަނގަޅު ނަތީޖާތަކެއް ނެރެން އައިސްލޭންޑަށް މަޖުބޫރެވެ. ގްރޫޕް ފިޔަވަހީގެ ދެވަނަ މެޗުގައި އެ ޓީމު ނުކުންނާނީ އަންނަ ހުކުރު ދުވަހު ނައިޖީރިއާ އާއި ދެކޮޅަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް