25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ހަރުގެ ޖަލްސާ

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

  • މި ސަރުކާރުން ޖަރީމާއެއް ނުހިންގާ އެއްވެސް ދުވަހެއް ނެތް
  • މިހާރު އާ ވައްތަރެއްގެ ވައްކަމަކާއި ޖަރީމާތެއް ވެސް ދަނީ ހިންގަމުން
  • ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން ޖަރީމާތައް ހިންގަމުންދާއިރު ކޯޓުތަކުން ދަނީ މަގުފަހި ކޮށްދެމުން
މުހައްމަދު ފަޒީން | phaxyn

| 16 ޖެނުއަރީ 2017 | ހޯމަ 08:08 | |

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ފަޒީން

އިރުއަރާ އިރުއޮއްސޭ ކޮންމެ ދުވަހަކު އިވެނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަތަކާއި އާ ވައްތަރެއްގެ ވައްކަމެއް ވާހަކަތައް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ޝިފާޒު އެގޮތަށް ވިދާޅުވީ އެމްޑީޕީ ހަރުގޭގައި އިދިކޮޅު އިއްތިހާދު މޯލްޑިވްސް ޔުނައިޑެޓް އޮޕޮޒިޝަން (އެމްޔޫއޯ)އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝިފާޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ފެށުނީއްސުރެން މުޅިންވެސް އިވެމުންދަނީ ގޯހުންގޯހަށް ކަންތައްތަކުރަމުންދާ ވާހަކަ ކަމަށާއި ކޮންމެ ދުވަހަކު ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކާއި އާ ވައްތަރުގެ ވައްކަންތަކުގެ ވާހަކަތައް ހިމެނޭ ދެތިން ހަތަރު ސުރުހީއެއް ނޫސްތަކަށް އަރަމުންދާ ކަމަށެވެ.

ޝިފާޒު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން މުއްސަނދިވެ ތަނަސްކަން ހޯދުމުން އެއްކުންފުނިން އަނެއް ކުންފުންޏަށް ނުވަތަ އެހެން މުއައްސަސާއަކަށް ބަދަލު ކުރަމުންދާ ކަމަށެވެ.

ޝިފާޒު ވިދާޅުވީ މި ސަރުކާރުން މިހާރު ގެންގުޅޭ އެންމެ ބޮޑު އެއް އުކުޅަކީ މައްސަލަތައް ކޯޓަށް ވައްދައިގެން ކޯޓުގެ ހުކުމަކުން ފައިސާ ދޭންޖެހޭގޮތަށް ނިންމާ ނިންމުންތައް ކަމަށެވެ. އެގޮތުން ޝިފާޒު ވިދާޅުވި ގޮތުގައި މިއީ މި ސަރުކާރުގެ އާވައްތަރެއްގެ ޖަރީމާއެކެވެ.

ޝިފާޒު ވިދާޅުވީ ފިއްކަނޑައިގެންދާވަރުގެ ބޮޑެތި އަދަދުތަކުން ކޯޓުތަކުން ވަކިވަކި ފަރުދުންގެ މައްޗަށާއި އެކިއެކި ކުންފުނިތަކުގެ މައްޗަށް ކުރަމުންދާ ކަމަށެވެ.

ޝިފާޒު އެގޮތަށް ވިދާޅުވިއިރު، ދާދިފަހުން ވަނީ 160 މިލިއަން ރުފިޔާ، އަމިއްލަ ކުންފުންޏަކަށް ދެއްކުމަށް މޯލްޑިވްސް ޕޯޓްސް މިލިޓެޑް (އެމްޕީއެމް)ގެ މައްޗަށް ހުކުމް ކޮށްފަ އެވެ. އަދި ސަރުކާރު ކޯލިޝަން އެމްޑީއޭގެ ލީޑަރު އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމް) ރާއްޖެއިން ބޭރުން ނަންގަވާ ތިން ބިލިއަން ރުފިޔާގެ ލޯން ގެރެންޓީއެއް ސަރުކާރުން ދޭން ނިންމާފައިވާކަން ވެސް ވަނީ ފެންމަތިވެފަ އެވެ.

ޝިފާޒު ވިދާޅުވީ މި ސަރުކާރު އިންވެރިން ތިއްބެވީ އެބޭފުޅުން ކޮރަޕްޝަނާއި ޖަރީމާ ހިންގުމުގައި ކަމަށާއ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވީ ވިޔަފާރި ކޮށްލަކޮށްލަ ކަމަށާއި ރައްޔިތުންގެ މަޖިލީހަކީ މިހާރު ވިޔަފާރިގެއެއް ކަމަށެވެ. އަދި ކޯޓުތައް އޮތީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް މަގުފަހިކޮށްދޭން ތައްޔާރަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް