22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ފީފާ ވާރލްޑް ކަޕް 2018

އަމިއްލަ ނަފްސަށްވުރެ އިސްކުރާނީ ޓީމު: ކޭން

  • އިނގިރޭސިވިލާތް ކުޅުނު ކޮލިފައިން މެޗުތަކުގައި ކޭން ފަސް ލަނޑު ޖެހި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 17 ޖޫން 2018 | އާދީއްތަ 17:04 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ހެރީ ކޭން - މިއީ އޭނާ ކެޕްޓަނެއްގެ ގޮތުގައި އިނގިރޭސި ޓީމާއެކު ނުކުންނާނެ ފުރަތަމަ މުބާރާތް -- ގިވްމީ ސްޕޯޓް

ފީފާ ވާރލްޑް ކަޕްގެ ރަން ބޫޓު ހޯދުމަށްވުރެ އިސްކުރާނީ ގައުމީ ޓީމު ކަމަށް އިނގިރޭސިވިލާތުގެ ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.

އިނގިރޭސިވިލާތް ކުޅުނު ކޮލިފައިން މެޗުތަކުގައި ކޭން ފަސް ލަނޑު ޖެހިއިރު އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއަށް މިދިޔަ ސީޒަނުގައި 30 ލަނޑު ޖަހައިދީފައެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނުގައި އޭނާ ރަން ބޫޓު ހޯދުމަށް ކުރި ބައެއް ކަންކަމުގެ ސަބަބުން އޭނާއަށް ފާޑުކިޔުންތަކެއް އަމާޒުވިއެވެ. މިދިޔަ ސީޒަނުގައި ކޭން ފަހަތަށް ޖައްސާލުމަށްފަހު ރަން ބޫޓު ގެންދިޔައީ ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހުއެވެ.

އުމުރުން 24 އަހަރުގެ ފޯވާޑަށް އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ހަވާލުކޮށްފައިވާއިރު އޭނާ ބުނީ ކޮންމެ މީހަކު ފާޑުކި ނަމަވެސް އޭނާ އަބަދުވެސް އިސްކުރަނީ ޓީމު ކަމަށެވެ. އޭނާ ބުނީ ކެޕްޓަން ބޭންޑް ނެތް ނަމަވެސް އެއްވެސް ކަމެއް ބަދަލުނުވާނެ ކަމަށާއި އަބަދުވެސް ބޭނުންވަނީ ޓީމަށް އެންމެ ރަނގަޅު ނިންމުން ނިންމަން ކަމަށެވެ.

ކޭން ބުނީ ކެޕްޓަން ބޭންޑް އޮތް ނަމަވެސް އެއްވެސް ކަމެއް ބަދަލެއް ނުވާނެ ކަމަށާއި އިތުރު އެއްވެސް ޕްރެޝަރެއް އޮތްކަން ވެސް އިހުސާސް ނުވެވޭ ކަމަށެވެ. އޭނާ ބުނީ ކެޕްޓަން ބޭންޑް އޮތް ނަމަވެސް ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ދޫކޮށްނުލާނެ ކަމަށާއި މީހުންނަށް އެއްވެސް ކަމެއް ފާހަގަނުކުރެވޭނެ ކަމަށެވެ.

އޭނާ ބުނީ އަބަދުވެސް ބަލަނީ އަމިއްލަ ނަފްސު އެހެން ހަރުފަތަކަށް ގެންދަން މަސައްކަތްކުރަން ކަމަށާއި އޭނާއާއެކު ޓީމުގެ ކުޅުންތެރިންގެ ކުޅުން ވެސް ރަނގަޅު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އޭނާ ބުނީ މިހާރު އުއްމީދުކުރަނީ އޭނާއަކީ އެހެން ކުޅުންތެރިންނަށް ނަމޫނާއަކަށް ވުމަށް ކަމަށާއި ކުޅުންތެރިން އެހީއަކަށް އެދުނު ނަމަވެސް އެކަމެއް ކޮށްދެވޭތޯ ބަލާ ކަމަށެވެ. ކޭން ބުނީ އިނގިރޭސިވިލާތުގެ ފޯވާޑަށްވުމާއެކު ގިނަ ލަނޑުތަކެއް ޖެހުމަކީ ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އިނގިރޭސިވިލާތަށް ވާރލްޑް ކަޕްގައި މާ ދުރަށް ދެވޭނެ ކަމަކަށް ތަޖުރިބާކާރުން ލަފާކޮށްފައެއް ނުވެއެވެ. ޒުވާން ގިނަ ކުޅުންތެރިންނާއެކު ވާރލްޑް ކަޕަށް އިނގިރޭސިވިލާތް ނުކުންނައިރު ކޮލިފައިންގައި އެ ޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

މިއަހަރުގެ ވާރލްޑް ކަޕްގައި އިނގިރޭސިވިލާތް ހިމެނިފައިވަނީ ބެލްޖިއަމް ޕެނަމާ އަދި ޓިއުނީޝިއާ އާއެކު ގްރޫޕް ސީގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ޓިއުނީޝީއާ އާއި ދެކޮޅަށް އިނގިރޭސިވިލާތް ނުކުންނައިރު ދެވަނަ މެޗުގައި އެ ޓީމު މިމަހުގެ 24 ވަނަ ނުކުންނާނީ ޕެނަމާއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ.

އިނގިރޭސި ގައުމީ ޓީމަށް 2015 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ކޭން ވަނީ އެ ގައުމަށް 23 މެޗު ކުޅެދީ 12 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ މިދިޔަ އަހަރު ހޮވި އިނގިރޭސިވިލާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސްމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް