16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ފީފާ ވާރލްޑް ކަޕް 2018

އެއްވަރުވުމުގެ ޒިންމާ މެސީ ނަގައިފި

  • އައިސްލޭންޑާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން
  • ދެވަނަ ހާފުގައި މެސީ ޖެހި ޕެނަލްޓީ އައިސްލޭންޑުގެ ކީޕަރު މަތަކުރި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 17 ޖޫން 2018 | އާދީއްތަ 16:25 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


މެސީގެ ޕެނަލްޓީ ކީޕަރު މަތަކުރުމުން އޭނާ ހިތްހަމަނުޖެހިފައި - ކުރިޔަށް އޮތް މެޗު ކާމިޔާބުކުރާނެ ކަމަށް ބުނި -- އޭއެފްޕީ

ފީފާ ވާރލްޑް ކަޕްގައި އައިސްލޭންޑާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުގެ ހުރިހާ ޒިންމާއެއް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ނަގައިފިއެވެ.

މިއަހަރުގެ ވާރލްޑް ކަޕްގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު އައިސްލޭންޑާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ލީޑު ސާޖިއޯ އަގުއޭރޯ ޖެހި ލަނޑަކުން އާޖެންޓީނާ ނެގި ނަމަވެސް އައިސްލޭންޑުން އޭގެ ފަހުން ހަތަރު މިނެޓު ނުވަނީސް އެއްވަރުކުރިއެވެ. އައިސްލޭންޑުން ޑިފެންސިވް ގޭމެއް ކުޅެނިކޮށް އާޖެންޓީނާއަށް ލިބުނު ޕެނަލްޓީ މެސީ ޖެހީ އައިސްލޭންޑުގެ ކީޕަރުގެ އަތަށެވެ. މިކަމުގެ ސަބަބުން އޭނާއަށް ބޮޑު ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މެސީއަށް ޕެނަލްޓީ ކާމިޔާބުނުކުރެވުނު ނަމަވެސް އޭނާ ވަނީ 11 ހަމަލާއެއް މި މެޗުގައި އުފައްދާފައެވެ. މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން މެސީ ބުނީ އައިސްލޭންޑުގެ މުޅި ޓީމު އެހާ ފަހަތަށް ޖެހިގެން ކުޅުމުން އެ ޓީމުގެ ކޮޅަށް ލަނޑު ޖެހުމަށް ވަރަށް އުނދަގޫވި ކަމަށެވެ. އޭނާ ބުނީ ޕެނަލްޓީ ވައްދާނުލެވުމުން ވަރަށް ދެރަވި ކަމަށާއި އެކަމުގެ ހުރިހާ ޒިންމާއެއް ނަގާ ކަމަށެވެ. އެހެން ނަމަވެސް އެއީ އެވަރަށް ދައްކަން ޖެހޭ ވާހަކައެއް ނޫން ކަމަށާއި މެޗުން އާޖެންޓީނާއަށް މޮޅެއް ހައްގު ކަމަށް މެސީ ބުންޏެވެ.

މެސީ ބުނީ މި މެޗުން ވެސް އެނގިގެންދިޔައީ ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަން ކަމަށާއި މިހާރު ވިސްނުންތެރިވާން އެބަޖެހޭ ކަމަށެވެ. މެސީ ބުނީ މިއީ މުބާރާތުގެ ފެށުން ކަމަށާއި އެންމެ ފުރަތަމަ ވެސް މުބާރާތުގެ ފެށުން ފަސޭހަނުވާނެކަން އެނގުނު ކަމަށެވެ. އޭނާ ބުނީ ކުރިޔަށް އޮތް މެޗުގައި ކްރޮއޭޝިއާގެ މައްޗަށް ކާމިޔާބު ހޯދާނެ ކަމަށެވެ.

ހޮނިހިރު ދުވަހުގެ މެޗާއެކު މެސީ ވެގެންދިޔައީ 1966 ވަނަ އަހަރު އިޓަލީގެ ލުއީޖީ ރީވާގެ ފަހުން އެއް މެޗެއްގައި 11 ހަމަލާ އުފެއްދުމަށްފަހު ލަނޑެއް ނުޖެހުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ އޭނާ ވަނީ ގައުމީ ޓީމާއެކު ބޮޑު މުބާރާތެއްގައި މިހާތަނަށް ތިން ޕެނަލްޓީއެއް ބޭކާރުކޮށްލާފައެވެ. ކްލަބާއި ގައުމާއެކު މެސީ އެންމެފަހުން ނެގި ހަތް ޕެނަލްޓީގެ ތެރެއިން އޭނާއަށް ކާމިޔާބުކުރެވުނީ އެންމެ ތިން ޕެނަލްޓީއެވެ.

މެސީގެ ކެޕްޓަން ކަމުގެ ދަށުން އާޖެންޓީނާ  ވަނީ އެންމެފަހުން ކުޅުނު ބައިނަލްއަގްވާމީ ބޮޑު ތިން މުބާރާތުގެ ފައިނަލުން ބަލިވެފައެވެ. މިކަމުގެ ސަބަބުން އޭނާއަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވާއިރު މި ޕެނަލްޓީއާއެކު މި ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ.  

ކުރިޔަށް އޮތް މެޗުގައި އާޖެންޓީނާ ނުކުންނާނީ މި ގްރޫޕްގެ އެއްވަނައިގައި މިވަގުތު އޮތް ކްރޮއޭޝިއާ އާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް