15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ފީފާ ވާރލްޑް ކަޕް 2018

ސްޓޭޑިއަމްގައި ސުއްޓާ ބުއިން މަނާ ކަމެއް މެރަޑޯނާ އަކަށް ނޭނގޭ

  • މެރަޑޯނާ ވަނީ ފަހުން މާފަށް އެދިފައި
ރާއްޖެ އެމްވީ | raajjemv

| 17 ޖޫން 2018 | އާދީއްތަ 16:20 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ްއައިސްލެންޑް، އާޖެންޓިނާ ބައްދަލުކުރި މެޗުގައި މެރަޑޯނާ ސުއްޓާއެއް ހިފައިގެން -- އާކައިވް

ފުޓްބޯޅަ ލެޖެންޑް ޑިއެގޯ މެރެޑޯނާ އަށް ވޯލްޑްކަޕް ކުޅޭ ސްޓޭޑިއަމް ތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކަމެއް އޭނާ އަށް ނޭނގޭ ކަމަށް ބުނެފިއެވެ.

ގްރޫޕް - ޑީ ގައި ހޮނިހިރު ދުވަހު އާޖެންޓިނާ އައިސްލެންޑާ އެކު ކުޅުނު މެޗުގައި މެރެޑޯނާ ފެނުނީ މޮސްކޯގެ ސްޕާޓަކް ސްޓޭޑިއަމްގައި ސުއްޓާ ބޯން އިންދައެވެ.

މެރަޑޯނާ ސްޓޭޑިއަމްގެ ތެރޭގައި ބޮޑު ސިންގާ ސުއްޓާއެއް ރޯކޮށްގެން ހުރި އެތައް ފޮޓޯއެއް އާއްމު ވުމާ ގުޅިގެން މެރަޑޯނާ ބުނީ ސްޓޭޑިއަމްގައި އެއްވެސް މީހަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭކަން އޭނާއަށް އެނިގިފައި ނެތް ކަމަށެވެ.

"މިއަދު މީ އާޖެންޓިނާ އަށް އުނދަގޫ ދުވަހެއް. ވޯލްޑްކަޕްގެ ފުރަތަމަ މެޗު ވީމާ ވަރަށް ޓެންޝަން ބޮޑު ދުވަހެއް. އެކި މީހުންނަށް ކަންކަން އިހުސާސު ކުރެވޭނީ އެކި ގޮތައް. އަހަރެންނަކަށް ނޭނގޭ ހަމަ ހަގީގަތުގައި ވެސް އެއްވެސް މީހަކަށް ސްޓޭޑިއަމްގައި ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ކަމެއް. އެންމެންގެ ކިބައިން އަދި އިންތިޒާމްތައް ކުރާ ފަރާތްތަކުގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން." މެރެޑޯނާގެ ފޭސްބުކް ޕޭޖްގައި ހާމަކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.

އުމުރުން 57 އަހަރުގެ މެރަޑޯނާއަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި އެއް ފުޓްބޯޅަ ކުޅުންތެރިޔާއެވެ. އޭނާގެ ކެޕްޓަން ކަމުގައި 1986 ވަނަ އަހަރުގެ ފީފާ ވާރލްޑް ކަޕްގައި އާޖެންޓިނާއަށް ކާމިޔާބު ހޯދައިދީފައިވެއެވެ.

މެރަޑޯނާ ސުއްޓާ ބުއި މެޗް ނިމުނީ 1-1 ގެ ނަތީޖާ އަކުން އައިސްލެންޑާއި އާޖެންޓިނާ އެއްވަރު ވެގެންނެވެ.

ރަޝިއާ ގައި ކުރިއަށްދާ ފީފާ ވާރލްޑް ކަޕް މުބާރާތް އެ ގައުމުގެ 11 ސިޓީއެއްގައި އަންނަ ޖުލައި 15 އާ ހަމައަށް ކުރިއަށް ދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް