17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އެހީވުން

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

  • ފަންސާސް ހާހަށް ވުރެ ގިނަ މީހުން ހަލަބުން ބޭރުވެ، ރެފިއުޖީ ޖަގަހަތަކުގައި އެބަ ތިބި
ހުސައިން ފިޔާޒު މޫސާ | hussainfiyaz

| 16 ޖެނުއަރީ 2017 | ހޯމަ 04:51 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ސީރިއާގައި ހާލުގައި ޖެހިފައިވާ މުސްލިމުން އެހީވުމަށް ހިންގާ ކެމްޕެއިން ފެށުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސް އެ ޖަމިއްޔާތަކުގެ އިސް ބައެއް ބޭފުޅުން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ހަނގުރާމައިގައި ސީރިއާގެ ހަލަބުން ބޭރުކޮށްފައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީފޯރުކޮށް ދިނުމަށް، ރާއްޖޭގެ ބައެއް މަދަނީ ޖަމިއްޔާތައް ގުޅިގެން ކެމްޕޭނެއް ފަށައިފި އެވެ.

 

ދިވެހި ޖަމިއްޔާތައް ގުޅިގެން އުފައްދާފައިވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ މެމްބަރެއް ކަމުގައިވާ އާދަމް ނާއިފު ވިދާޅުވީ ހަލަބުން 50،000 އަށް ވުރެ ގިނަ މީހުން ބޭރުކޮށްލާފައި ވާއިރު، ރެފިއުޖީ ކޭމްޕްތަކުގައި އެ މީހުން ދިރިއުޅެމުން ދަނީ ނިކަމެތި ހާލަތެއްގައި ކަމަށެވެ.

 

އެ މީހުންނަށް އެހީވުމަކީ މުސްލިމް އަޚުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި ދިވެހި ޖަމިއްޔާތަކުން ފެށި ކެމްޕެއިން ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށް ނާއިފު ވިދާޅުވި އެވެ.

 

ހަލަބުން ބޭރުވެ، ރެފިއުޖީ ކޭމްޕްތަކުގައި ތިބި މީހުންނަށް ފޮނުވާނީ އެއް ކޮންޓޭނަރުގެ މަސްދަޅާއި، ގޮދަޑި އާއި ބްލެންކެޓާއި ކުޑަކުދިންގެ ކާނާ ކަމަށް ނާއިފު ވިދާޅުވި އެވެ.

 

"ޖުމުލަ ތިން ކޮންޓެއިނަރުގެ މުދާ ފޮނުވަން ވަނީ ރާވާފައި. މި ކެމްޕޭންގެ ފުރަތަމަ ހަރަކާތް ހުކުރު ދުވަހު ބާއްވަން ވަނީ ނިންމާފައި. އަޅުގަނޑުމެން އެދެނީ ވީހާ ވެސް ގިނަ ޖަމިއްޔާތަކުންނާއި ކުންފުނިތަކުން ވެސް މި ކެމްޕޭނުގައި ބައިވެރިވުން،" ނާއިފު ވިދާޅުވި އެވެ.

 

ކެމްޕޭނުގައި ލިބޭ ތަކެތި ހާލުގައި ޖެހިފައިވާ ސީރިއާގެ މުސްލިމުންނާ ހަވާލުކުރާނީ ތުރުކީގެ ޖަމިއްޔާއެއް މެދުވެރިކޮށް ކަމަށް ވެސް ނާއިފު ވިދާޅުވި އެވެ.

 

ތިން ކޮންޓެއިނަރުގެ މުދާ ގެންދާނީ ސީރިއާއާ އިންވެގެން އޮންނަ ތުރުކީއަށް ކަމަށާއި އެހީ ސިރިއާއަށް ގެންގޮސް ބެހުމަށް ހަވާލުކޮށްފައިވާ ޖަމިއްޔާއަކީ ތުރުކީގެ ސަރުކާރު ގަބޫލްކުރާ ޖަމިއްޔާއަކަށް ކަމަށް ވެސް ނާއިފު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް