19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މީރާގެ ތަފާސް ހިސާބުތައް

ބޭންކް ފައިދާގެ އާމްދަނީ 218 މިލިއަން ރުފިޔާ ދަށަށް!

  • ބޭންކް ޕްރޮފިޓްގެ ގޮތުގައި 99 މިލިއަން ރުފިޔާ ވަނީ ލިބިފައި
  • މިދިޔަ އަހަރު 317 މިލިއަން ވަނީ ލިބިފައި
  • މެއި މަހުގެ ނިޔަލަށް 7.1 ބިލިއަން ރުފިޔާ ޓްކެސް އާމްދަނީގެ ގޮތުގައި ލިބިފައިވޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 17 ޖޫން 2018 | އާދީއްތަ 14:46 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ -- ފޮޓޯ : އަޒުމޫން އަހުމަދު

މިއަހަރު މެއި މަހުގެ ނިޔަލަށް ބޭންކް ޕްރޮފިޓްގެ ގޮތުގައި ލިބިނު އާމްދަނީ  218 މިލިއަން ރުފިޔާ ދަށަށް ހިނގައްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މެއި މަހުގެ ނިޔަލަށް ބޭންކް ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 99 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރު މިމުއްދަތުގައި  ލިބިފައިވަނީ 317 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ޖެނުއަރީ އިން، މެއި މަހުގެ ނިޔަލަށް 7.1 ބިލިއަން ރުފިޔާ ޓްކްސްގެ ގޮތުގައި ދައުލަތަށް ވަނީ ލިބިފަ އެވެ. މިއީ 2017 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާ އިރު  27 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ލިބިފައިވަނީ 6.9 ބިލިއަން ރުފިޔާ އެވެ.

ޓެކްސް އާމްދަނީތަކުގެ ތަފްސީލަށް ބަލާއިރު ވިތްހޯލްޑިންގ ޓެކްސް އާއި ގްރީން ޓެކްސް އާއި ޖީއެސްޓީ އާއި ބިސްނަސް ޕާމިޓުން ލިބޭ ފައިދާ ވަނީ އިތުރުވެގެން ގޮސްފަ އެވެ.

އެގޮތުން ބިސްނަސް ޕާމިޓުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ ފަސް މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އަދި ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާ ވަނީ 26 މިލިއަން ރުފިޔާ އިތުރުވެގެން ގޮސްފަ އެވެ. ސްޓޭމްޕް ރެވެނިއު އިން ލިބުނު އާމްދަނީން އެއް މިލިއަން ރުފިޔާ މިއަހަރު އިތުރުވެފައިވާ އިރު އެއަރޕޯޓްސް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ވަނީ 292 މިލިއަން ރުފިޔާ ލިބިފަ އެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 451 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 37 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރު މިއަދަދު އުޅެނީ 414 މިލިއަން ރުފިޔާގަ އެވެ. މީގެ އިތުރުން ޓޫރިޒަމް އެޑްމިނިސްޓްރޭޝަން ފީގެ ގޮތުގައި 8 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.

ޓެކްސް އާމްދަނީގެ ތެރެއިން އެއަރޕޯޓު ސަރވިސް ޗާޖު ވަނީ ދަށްވެފަ އެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ ނިޔަލަށް އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ 292 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 370 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބުނު ފައިދާވެސް ވަނީ ދަށްވެފަ އެވެ. މިއަހަރުގެ މެއި މަހުގެ ނިޔަލަށް ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާ ލިބިފަ އެވެ. މީގެ އިތުރުން ބޭންކް ޕްރޮފިޓް ޓެކްސް އިން ލިބުނު އާމްދަނީވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ދައުލަތުގެ އާމްދަނީގެ 80 ޕަސެންޓް ހިއްސާކުރަނީ ޓެކްސް އިން ލިބޭ އާމްދަނީ އެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ހިއްސާއެއް ވަނީ ޖީއެސްޓީ އިން ލިބޭ އާމްދަނީ އެވެ. އެއީ ގާތްގަނޑަކަށް 52 ޕަސެންޓެވެ. މީގެ ތެރެއިންވެސް 34 ޕަސެންޓް ހިއްސާ ކުރަނީ ޓޫރިޒަމުން ނެގޭ ޖީއެސްޓީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް