13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ހޮލީވުޑް އަދި ބޮލީވުޑް

އަންހެނުންނަކީ ބޮކްސް އޮފީހުގައި 'ވިހައެއް' ނޫންކަން 'ވީރޭ ދި ވެޑިން' އަދި އޯޝަންސް 8' އިން ދައްކާލައިފި!

  • ބޮލީވުޑްގެ 'ވީރެ ދި ވެޑިންގ' އާއި ހޮލީވުޑްގެ 'އޯޝަންސް 8'ގައި ކުރީ ސަފުގައި އަންހެނުންތަކެއް ފެންނަ އިރު، ދެ ފިލްމް ވެސް ވަނީ ބޮކްސް އޮފީހުގައި ކާމިޔާބީ ހޯދާފައި
އައިޝަތު ޝާނީ | Shaaknee

| 17 ޖޫން 2018 | އާދީއްތަ 11:16 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  4. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  5. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  6. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  7. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  8. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ


އޯޝަންސް 8 ގެ ޕޯސްޓަރ- (ކަނާތުން ވާއަތަށް) ސޭރާ ޕޯލްސަން، މިންޑީ ކޭލިން، ރިހާނާ، ކޭޓް ބްލޭންޗެޓް، ސޭންޑްރާ ބުލޮކް، އޭން ހެތަވޭ، ހެލޭނާ ބޮނަމް ކާޓަރ އަދި އަކުއަފީނާ -- ވޯނަރ ބްރަދަރސް

ހޮލީވުޑް އަދި ބޮލީވުޑްގައިި އަންހެނުން އިސް ސަފުގައި އުޅޭ ފިލްމްތަކަށް ތަރްހީބު އޮންނަ ވަރު މި މަހު ހާމަ ވެގެން ހިނގައްޖެއެވެ.

އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރަތަކާއި ތަފާތު ކުރުންތަކާ ދެކޮޅަށް ހޮލީވުޑްގައި 'ޓައިމްސް އަޕް' އަދި 'މީޓޫ' ފަދަ މޫވްމަންޓްތައް ކުރިއަށްދާ ދަނޑިވަޅެއްގައި ހޮލީވުޑް އަދި ބޮލީވުޑްގައި ވެސް މި މަހު މިވަނީ އަންހެނުން ތަކެއް އިސް ސަފުގައި ފިލްމެއް މި މަހު ރިލީޒް ކޮށްފައެވެ.

އެގޮތުން، އިންޑިއާގެ "ވީރޭ ދި ވެޑިންގ" އާއި ހޮލީވުޑްގެ "އޯޝަންސް 8" އަށް ބެލުންތެރިންގެ ފަރާތުން ވަނީ ހޫނު ތަރުހީބެއް ލިބިފައެވެ.

މޭ މަހުގެ 31 ވަނަ ދުވަހު ރިލީޒް ކުރި "ވީރޭ ދި ވެޑިންގ" އިން ބޮލީވުޑްގެ ސުޕަރސްޓާސްކަމަށްވާ ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރުގެ އިތުރުން ޝިކާ ޓަލްސާނިއާ އަދި ސްވާރާ ބްކަޝަރް ފެނިގެން ދެއެވެ. ޝަޝަންކާ ގޯޝް ޑައިރެކްޓް ކޮށްފައިވާ މި ފިިލްމް ޕްރޮޑިއުސް ކޮށްފައިވަނީ ވެސް ދެ އަންހެނުންނެވެ. އެއީ އެކްތާ ކަޕޫރާއި ރިއާ ކަޕޫރެވެ.

ހަތަރު އަންހެނެއްގެ ގުޅުމަށް ތައްޔާރުކޮށްފައިވާ "ވީރޭ ދި ވެޑިންގ" އަށް ފުރަތަމަ ހަފްތާގައި 54.46 ކްރޯޑް ރުޕީސް ލިބިފައިވާ އިރު، މިހާރު މި ފިލްމް ވަނީ 100 ކްރޯރްގެ ކްލަބަށް ވަދެފައެވެ. އެއީ 12 ދުވަސް ތެރޭގައެވެ. އަދި ފިލަމް ރިލީޒް ކުރިތާ މަހެއް ނުވާ އިރު، އިންޑިއާގެ ފިލްމް އިންޑަސްޓްރީއަށް ނިސްބަތްވާ ގިނަ ފަރާތްތަކެއް ދަނީ ފިިިލްމްގެ ސީކުއެލް ހެދުމަށް ނަސޭހަތްތެރި ވަމުންނެވެ.

ނަމަވެސް، ކާމިޔާބީއާ އެއްވަރަށް "ވީރޭ ދި ވެޑިންގ" އަށް އިންޑިއާއިން ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވިއެވެ. އެއީ "މާ ސޯޝަލް" ކޮށް އުޅޭ އަންހެނުންތަކެއް ފެނިގެންދާ ފިލްމަކަށް ވާތީއެވެ. އެހެން ނަމަވެސް، އިންޑިއާއިން އެކަނިވެސް ، 13 ދުވަސް ތެރޭގައި، 75 ކްރޯޑް ރުޕީސްއަށް ވަރަށް ގިނައިން ލިބިފައިވެއެވެ.

ދެން، ހޮލީވުޑްގެ ބޮޑެތި އަށް އަންހެން ތަރި ހިމެނޭ "އޯޝަންސް 8" އަށް ބަލާލަން ހިނގާށެވެ.

މި ފިލްމުން ފެނިގެން ދަނީ، ސޭންޑްރާ ބްލޮކް، ކޭޓް ބްލޭންޗެޓް، ސޭރާ ޕޯލްސަން، މިންޑީ ކޭލިން، ހެލެނާ ބޮނަމް ކާޓަރ، އެކުއަފީނާ، އޭން ހެތަވޭ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ އެވެ. ޖޯޖް ކްލޫނީގެ "އޯޝަންސް" ފިލްމް ސީރީޒްގެ އެންމެ ފަހުގެ އިންސްޓޯލްމަންޓްކަމަށްވާ "އޯޝަންސް 8" ގައި ސޭންޑްރާ ބްލޮކް ކުޅެނީ ކްލޫނީގެ ކޮއްކޮގެ ރޯލެވެ. ނަމަވެސް ފިލްމްގައި ކްލޫނީއެއް ނޫޅެއެވެ.

ފިލްމް ޖޫން 5 ގައި ރިލީޒް ކޮށްފައިވާ އިރު އެ ހަފްތާ ބަންދުގެ ނިޔަލަށް ކްލޫނީ އާއި ގިނަ މަޝްހޫރު ފިރިހެން ތަރިންތަކެއް ފެންނަ 'އޯޝަންސް11، 12 އަދި 13' ފިލްމްތަކަށް ވުރެ ބޮޑު ކާމިޔާބީއެއް އަންހެން ކާސްޓް ހިމެނޭ "އޯޝަންސްސ 8" އިން ވަނީ ހޯދާފައެވެ. އެގޮތުން، ފުރަތަމަ ތިން ދުވަހުގެ ތެރޭގައި 41.5 މިލިއަން ޑޮލަރު ފިލްމަށް ވަނީ ލިބިފައެވެ. އެއީ ހަމައެކަނި އުތުރު އެމެރިކާއިންނެވެ. އަދި ވޯލްޑްވައިޑްކޮށް މިހާތަނަށް 76.3 މިލިއަން ޑޮލަރު "އޯޝަންސް 8" އަށް ލިބިފައިވާ އިރު، ފިލްމް އިނގިރޭސިވިލާތުގައި އަޅުވަން ހަމަޖެހިފައިވަނީ ޖޫން 18ގައެވެ.

"ވީރޭ ދި ވެޑިންގ" އަދި "އޯޝަންސް 8" އިން ދޭހަވެގެން ދަނީ އަންހެނުން ކުރީ ސަފުގައި ހިމެނޭ ފިލްމްތަކަކީ "ބޮކްސް އޮފީސް ވިހައެއް ނޫން" ކަމަށާއި އެފަދަ ފިލްމްތައް ކޮންމެ ތަނެއްގައި ވެސް ހިނގާނެކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް