16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޕްރިޔަންކާ ޗޯޕްރާ-ނިކް ޖޯނަސް

ނިކް ބޭނުން ވަނީ ޕްރިޔަންކާއާ ކައިވެނި ކުރަން

 • ޕްރިޔަންކާއާއި ނިކް ރަށްޓެހިވެގެން އުޅޭ ވާހަކަ ފުރަތަމަ ފެށިފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހު
 • 'އެއީ އެކަހަލަ ކަމެއް ނޫން'ކަމަށް ދެ މީހުންވެސް ބުނެފައިވޭ
 • އިންޑިއާގެ ނޫހެއްކަމަށްވާ 'ދަ ބޮލީވުޑް ލައިފް"އިން ރިޕޯޓް ކުރާ ގޮތުގައި ނިކް ހުންނަނީ ޕްރިޔަންކާއާ ހެދީ 'މޮޔަ'ވެފައި
އައިޝަތު ޝާނީ | Shaaknee

| 17 ޖޫން 2018 | އާދީއްތަ 10:12 | |

މަގުބޫލް

 1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޯނަސް -- ގޫގުލް

އިންޑިއާގެ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި 'ޖޯނަސް ބްރަދަރސް' ބޭންޑްގެ ނިކް ޖޯނަސްގެ ގުޅުން ވަރަށް ސީރިއަސްކަމަށާއި ނިކް ބޭނުންވަނީ ޕްރިޔަންކާއާ ކައިވެނި ކުރަން ކަމަށް ރިޕޯޓްތައް ފެތުރެން ފަށައިފިއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ 'ދަ ބޮލީވުޑް ލައިފް"އިން ރިޕޯޓް ކުރާ ގޮތުގައި ނިކް ހުންނަނީ ޕްރިޔަންކާއާ ހެދީ "މޮޔަވެފަ" އެވެ. އަދި އެއްވެސް ހާލަތެއްގައި އޭނާ ގެއްލޭކަށް ނިކް ބޭނުމެއް ނުވެއެވެ.

"ހޮލީވުޑް ލައިފް"އަށް ހަވާލާދީ ދަ ބޮލީދުޑް ލައިފުން ބުނީ ދެ މީހުންގެ ރިލޭޝަންޝިޕް "މިއަށް ވުރެ ސީރިއަސް ކުރުމަށް ނިކް ހުރީ ތައްޔާރަށް" ށެވެ.

"އޭނާގެ ކެރިއަރ މިހާރު ހަމައަކަށް އެޅިފައިވާ އިރު، ނިކް މިހާރި އެންމެ ބޭނުންވަނީ ކައިވެނިކޮށް ކުދިން ހޯދަން. ޑޭޓްކޮށްކޮށް ހުންނާކަށް ނިކް ބޭނުމެއް ނުވޭ، އެހެންވެ ޕްރިޔަންކާއާ އެކު އޮތް ގުޅުން މިއަށް ވުރެ ހާއްސަވެ، އޭނާއާ ކައިވެނި ކުރެވޭނެ ކަމަށް ނިކް އުއްމިީދު ކުރޭ"، ހޮލީވުޑް ލައިފުން ބުނެފައިވެއެވެ.

އުމުރުން 35 އަހަރުގެ ޕްރިޔަންކާއާއި ނިކް، 25، ރަށްޓެހިވެގެން އުޅޭ ވާހަކަ އެންމެ ފުރަތަމަ ފެތުރިފައިވަނީ 2017 ވަނަ އަހަރުގެ މެޓް ގާލާއަށް ފަހުއެވެ. ދެ މީހުން އެ އިވެންޓަށް ގޮސްފައިވަނީ އެކުގައެވެ. ނަމަވެސް ދެ މީހުން ވެސް ވަނީ "އެއީ އެކަހަލަ ކަމެއް ނޫން" ކަމަށް ދޭހަވާ ގޮތަކަށް ވާހަކަ ދައްކާފައެވެ. އަދި 2017 ވަނަ އަހަރުގެ މެޓް ގާލާއަށް އެކުގައި ދިޔަ ސަބަބަކީ ދެ މީހުންގެ ކޮސްޓިއުމް ޑިޒައިން ކުރީ އެކަކު ކަމަށްވުން ކަމަށް އެމީހުން ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް މި އަހަރުގެ މޭ މަހު ފަހުކޮޅު އަނެއްކާވެސް މި ވާހަކަތައް ފެތުރެން ފެށިއެވެ. ދެ މީހުން އެކުގައި ގިނަ ގިނައިން ފެންނަން ފެށިއެވެ. ދެ މީހުންގެ ގުޅުމުގެ ސީރިއަސް ކަން ހާމަވީ ނިކްގެ ތިމާގެ މީހެއްގެ ކައިވެނީގެ ހަފްލާއަށް ޕްރިޔަންކާ ގޮވައިގެން ދިއުމުންނެވެ.

މި ކައިވެނީގެ ހަފްލާގައި ނިކްގެ އާއިލާގެ ގިނަ ފަރާތްތަކާ ޕްރިޔަންކާ ބައްދަލުވިއެވެ. ނަމަވެސް ކައިވެނީގެ ހަފްލާއަށް ފަހު ނިކްގެ ބޭބެ، ކެވިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭގެ ކުރިން ވެސް ޕްރިޔަންކާ ދިމާވެފައިވާ ކަމަށެވެ. ނަަމަވެސް ކުރިންވެސް ދިމާވީ ނިކްގެ ލޯބިވެރިޔާ ގޮތުގައިކަމެއް ނުވަތަ ނޫން ކަމެއް އޭނާ ހާމައެއް ނުކުރިއެވެ.

މިހާތަނަށް ޕްރިޔަންކާ އަދި ނިކްވެސް މިކަމާ ގުޅޭ ގޮތުން ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ދެ މީހުން ދަނީ އެކަކު އަނެކަކުގެ އިންސްޓަގްރާމް ފޮޓޯތަކަށް ލޯބިން ކޮމެންޓް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް