19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ކައިލީ ޖެނަރ

ދަރިފުޅު ކިޑްނެޕް ކުރާނެކަމަށް ބިރު ދައްކާތީ ފޮޓޯ ޝެއާ ކުރުން ކައިލީ ޖެނަރ ހުއްޓާލައިފި

 • ސްޓޯމީގެ ފޮޓޯ ޝެއާ ކުރުން ހުއްޓާލިކަން ކައިލީ ބުނެފައިވަނީ މިދިޔަ ހަފްތާގައި
 • އޭނާ ވަނީ ކުރިން ޝެއާ ކޮށްފައިވާ ފޮޓޯތައް ވެސް ޑިލީޓްކޮށްފައި
 • މި އަހަރުގެ ފެބްރުއަރީ މަހު އުފަންވި ސްޓޯމީއަކީ ކައިލީއާއި ލޯބިވެރިޔާ ޓްރެވިސް ސްކޮޓްގެ ފުރަތަމަ ދަރިފުޅު
އައިޝަތު ޝާނީ | Shaaknee

| 17 ޖޫން 2018 | އާދީއްތަ 08:15 | |

މަގުބޫލް

 1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
 2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
 3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
 5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
 7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
 8. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!


ދަރިފުޅު ސްޓޯމީއާ އެކު ކައިލީ ޖެނަރ ކުރިން ޝެއާ ކޮށްފައިވާ ފޮޓޯއެއް. ކައިލީ މިހާރު ވަނީ ދަރިފުޅު ފެންނަ މިފަދަ ފޮތޯތައް ޑިލީޓް ކޮށްފައި -- އިންސްޓަގްރާމް

ބަލިވެއިން އިރު ކެމެރާއާ ކިތަންމެ ދުރުގައި އުޅުނު ނަމަވެސް ދަރިފުޅަށް މަރުހަބާ ކިޔުމަށްފަހު ކައިލީ ޖެނަރ ވަނީ އާއިލާގެ ފޮޓޯތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ޝެއާ ކޮށްފައެވެ.

އެމެރިކާގެ އެންމެ މަޝްހޫރު ރިއަލީޓީ ތަރި ކިމް ކާޑޭޝިއަން ވެސްޓްގެ ކޮއްކޮ، އަދި އަމިއްލައަށް ވެސް އެތަކެއް ކާމިޔާބީއެއް ހޯދާފައިވާ 20 އަހަރުގެ ކައިލީ ސްޓޯމީ ވެބްސްޓަރއަށް މަރްްހަބާ ކިޔާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހެވެ.

އެއަށްފަހު މިހާތަނަށް ތިން މަސްވެފައިވާ އިރު، މީގެ ފަހުން ސްޓޯމީގެ ފޮޓޯ ޝެއާ ނުކުރާނެކަމަށް ކައިލީ ވަނީ ދާދި ފަހުން ހާމަ ކޮށްފައެވެ.

މީގެ ހަ ދުވަސް ކުރިން ކައިލީ އިންސްޓްގްރާމްގައި ކުރި ޕޯސްޓަކާ ގުޅިގެން އޭނާއަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒްވިއެވެ. އެއީ، އެ ފޮޓޯއިން ސްޓޯމީ ކްރޮޕް ކުރުމާ ގުޅިގެންނެވެ.

އެ ފާޑު ކިޔުންތަކަށް ޖަވާބެއްގެ ގޮތުގައި ކައިލީ ބުނީ، "ދަރިފުޅުގެ ފޮޓޯ މިހާރެއް ޝެއާއެއް ނުކުރަން"ކަމަށެވެ.

 

A post shared by Kylie (@kyliejenner) on

ނަމަވެސް ސްޓޯމީގެ ފޮޓޯ ޝެއާ ކުރުން ހުއްޓާލަން ކުއްލިއަކަށް ނިންމި ސަބަބެއް އޭނާ ހާމައެއް ނުކުރެއެވެ.

ސްޓޯމީއަކީ ކައިލީއާއި ލޯބިވެރިޔާ ޓްރެވިސް ސްކޮޓްގެ ފުރަތަމަ ދަރިފުޅެވެ. ނަމަވެސް ކުއްޖާގެ ފޮޓޯ ޝެއާ ކުރަން ފެށުމާއެކު އެއީ ޓްރެވިސްގެ ކުއްޖެއް ނޫން ކަމަށާއި، އަސްލު ބައްޕައަކީ ކައިލީގެ ކުރީގެ ބޮޑީގާޑު، ޓިމް ޗަންގ ކަމުގެ އަޑު ދެތުރުނެވެ. ކައިލީ ނޫނީ އާއިލާގެ އެއްވެސް ފަރާތެއް މިކަމަށް އެއްޗެއް ބުނެފައި ނުވާއިރު، ޓިމް ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ.

މީގެ އިތުރުން، ފޮޓޯތަކަށް ކޮމެންޓް ކުރާ ބައެއް ފަރާތްތަކުންވަނީ ދަރިފުޅު ކިޑްނެޕް ކުރާނެ ކަމުގެ ބިރު ދައްކާފައެވެ. މިފަދަ ކަންކަމަކީ އެ އާއިލާއިން ސީރިއަސްކޮށް ނަގަން ޖެހޭ ކަންކަމެވެ. 2016 ވަނަ އަހަރު ކިމް ޕެރިހުގެ ލަގްޒަރީ ހޮޓަލެެއްގައި ހުއްޓާ ބަޔަކު ވަނީ ބަޑިން ބިރު ދައްކާ އެތައް މިލިއަން ޑޮލަރުގެ ގަހަނާ ވަގަށް ނަގާފައެވެ.

ކައިލީ ޖެނަރ ދަރިފުޅުގެ ފޮޓޯ ޝެއާ ކުރުން ހުއްޓާލި ނަމަވެސް ދައްތަމެން- ކިމް، ކޯޓްނީ އަދި ކްލޯއީ ކާޑޭޝިން- ދަނީ އެމީހުންގެ ކުދިންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް