23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ޑޮލަރު ގަތުމުގެ ޖަރީމާ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

  • ސްޓެލްކޯ އަތުން ފައިސާ ނެގީވެސް ފެނަކަ އަތުން ފައިސާ ނެގި ކުންފުނިން
އަހުމަދު މުހުސިނު | dhonbandaara

| 16 ޖެނުއަރީ 2017 | ހޯމަ 00:43 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް


ސްޓެލްކޯ: ޑޮލަރު ގަންނަން ދިން ފައިސާ އަނބުރާ ނުދިނުމުން މައްސަލަ މިހާރު ވަނީ ކޯޓަށް ހުށަހަޅާފައި -- ގޫގުލް

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަތުމަށް ކުންފުންޏަކަށް ހަވާލުކުރި ފައިސާއަށް ޑޮލަރުވެސް ނުލިބި އަދި އެ ފައިސާ ވެސް ލިބިފައިނުވާ ކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެ އެމްވީއަށް ސްޓެލްކޯގެ އޮފިޝަލަކުވެސް ވަނީ އެކަން ކަށަވަރުކޮށް ދެއްވާފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި "އިއްތިފާގުން" ސްޓެލްކޯއަތުންވެސް ޑޮލަރު ހޯދަ ދިނުމަށް ފައިސާ ނަގާފައިވަނީ ފެނަކަ ކޯޕަރޭޝަނަށްވެސް އެއްމިލިއަން ޑޮލަރު (17 މިލިއަން ރުފިޔާ)ގެ ޗެކްތަކެއް ދޫކުރި ޝަރޫ ލޯންޗް ސާވިސަސްއެވެ.

ސްޓެލްކޯގެ އޮފިޝަލް ވިދާޅުވީ އެ ފައިސާ ނުލިބުމުން ސިވިލް ކޯޓަށް ހުށަހެޅި ކަމަށާއި މި މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުގައި ކުރިއަށް ގެންގޮސް، ދެ ކުންފުނިން ވާހަކަ ދައްކައިގެން ހައްލު ނުވުމުން މިހާރު ވަނީ ޝަރީއަތަށް ފޮނުވާފައި ކަމަށެވެ.

ސްޓެލްކޯ އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ބުނެފައި ވަނީ 200،000 ޑޮލަރު ގަންނަން ސްޓެލްކޯ އިން ޝަރޫ ލޯންޗް ސާވިސް އަށް ދިން 3،084،000ރ. ގެ ބަދަލުގައި ދޫކުރި ޑޮލަރު ޗެކް ބައުންސް ވެފައިވާ ކަމަށެވެ. އަދި ޑޮލަރު ގަންނަން ދިން ފައިސާ ވެސް އަނބުރާ ލިބިފައި ނުވާ ކަމަށް ދައުވާގައި ބުނެ އެވެ.

ސްޓެލްކޯއިން ދައުވާކޮށްފައި ވަނީ ޑޮލަރު ގަންނަން ދިން ހުރިހާ ފައިސާ އެއްފަހަރާ ނަގައިދިނުމަށް އެދި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ކޯޓަށް ބަލައިގަތީ ނޮވެމްބަރު 9، 2016ގަ އެވެ. ދެކުންފުނިން ވާހަކަ ދައްކައިގެން ހައްލު ނުވުމުން ޑިސްޕިއުޓް ޑިވިޝަނުން ޝަރީއަތަށް މި މައްސަލަ ފޮނުވީ ޑިސެމްބަރު 26، 2016ގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް