16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ޝަލަބީ އިބްރާހިމް

ޝަލަބީގެ އަޑުން ކިޔާފައިވާ ލޯބީގެ އައު ލަވައެއް ރިލީޒް ކޮށްފި

 • މިއީ އަމިއްލަ ރާގުގެ ލަވައެއް
 • މިލަވައަކީ ހަގީގީ ލޯބީގެ ހާދިސާއެއްގެ މައްޗަށް ކިޔާފައިވާ ލަވައެއް
 • މިލަވާގެ ޅެން ހަދާފައިވަނީ ހޯރަފުށީގެ މަޝްހޫރު ޅެންވެރިޔާ އާދަމް ސަލީމްގެ ދަރިފުޅު އާމިރު ސަލީމު
އަމްނާ އިމާދު | @amnabinthimad

| 17 ޖޫން 2018 | އާދީއްތަ 00:27 | |

މަގުބޫލް

 1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
 2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
 3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
 4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
 5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
 6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
 7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
 8. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި


ލަވަ ރިލީޒް ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން ޝަލަބީއާ އަބްސީ-- ފޮޓޯ: ރާއްޖެއެމްވީ -- އާކައިވް

އީދު ބަންދާ ދިމާކޮށް ޝަލަބީ އިބްރާހިމްގެ އަޑުން ކިޔާފައިވާ ލޯބީގެ އައު ލަވައެއް ރިލީޒް ކޮށްފި އެވެ.

"ތިބާ ހީލުމުން" މިނަމުގައި ނެރެފައިވާ މިލަވަ ރިލީޒްކޮށްފައިވަނީ އެކަމަށްޓަކައި ބަރިސްތާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއްރަޝީދު އަލީ (އަބްސީ) އެވެ.

މިލަވަ ރިލީޒް ކުރުމަށްފަހު އަބްސީ ބުނީ މިއުޒިކް ދާއިރާގައި ޚާއްސަކޮށް ރާއްޖޭގައި ކޮޕީ ލަވަ ވަރަށް ގިނަ ކަމަށެވެ. ކޮޕީ ލަވަ އަޑުނާހަން ބައެއް މީހުން ބުނި ނަމަވެސް ކޮޕީލަވައަށް ވުރެ އަމިއްލަ ރާގުގެ ލަވަ ވުޖޫދު ނުވެ މިކަން ނިމުމަކަށް ނުގެނެވޭނެ ކަމަށެވެ.

"އެހެންވީމަ އަހަރެންގެ އެދުމަކީ އަމިއްލަ ލަވަ ވީހާ ވެސް ގިނައިން ހަދާށޭ. ކޮޕީ އެއްލަވައަކަށް އަމިއްލަ ތިން ލަވަ ހަދަން އެބަޖެހޭ. އަމިއްލަ ލަވަތައް އަޑުއިވެން ފެށީމަ ނޫނީ ކޮޕީލަވައިގެ އަޑުއެހުން މަދެއް ނުކުރެވޭނޭ. އަމިއްލަ ލަވަ ގިނަ ކުރަންވީ" އަބްސީ ބުންޏެވެ.

 
ޝަލަބީ ރާއްޖެއެމްވީއަށް އިންޓަވިއުދެނީ...

މިލަވައާ ބެހޭ ގޮތުން ޝަލަބީ ބުނީ މިލަވައަކީ މިއުޒިކް ދާއިރާގެ އަބްދުﷲ މޫސާ ރަފީއު (އައްޅޮގެ) ލޯބީގެ ވާހަކަ އެއްގެ މައްޗައް ކިޔާފައިވާ ލަވައެއް ކަމަށެވެ. އަދި މިލަވަ ޚާއްސަ ކުރަނީ އޭނާގެ އަންހެނުންނަށް ކަމަށް ވެސް ޝަލަބީ ބުންޏެވެ. 

އައްޅޮ ޕާސަނަލީ އިނގޭ. މިލަވައިގެ މެސެޖް ރީތިކަމުން ކިޔާލަން ބޭނުންވީ. އަސްލު އައްޅޮއާ އޭނަގެ ވައިފް އަކީ ވަރަށް ލޯބިން އުޅޭ ކަޕުލްއެއް. އެދެމީހުންނަކީ ކިހާ ލޯބިން އުޅޭ ދެކަޕުލްކަން މިލަވައިން ވެސް އެނގިގެންދާނެ. އީދާ ދިމާކޮށް މިލަވަ ރިތީޒް ކުރީ ލޮއެއްބާ ބެހޭ ގޮތުން މިމުޖުތަމައުއަށް މެސެޖެއް ދިނުމުގެ ގޮތުން. އައްޅޮގެ ލަވް ސްޓޯރީ އެނގޭ ބަޔަކަށް ޚާއްސަކޮށް މިލަވަ ވަރަށް ޓަޗިން ވާނެ. ދެން މިހާރު ލަވަފޮށިން މިލަވަ އަޑު އަހާލެވޭނެ. ޝަލަބީ ބުންޏެވެ.

މިލަވަ ރިލީޒް ކުރުމުގެ ހަފްލާގައި ބައިވެރިވި މޯލްޑިވިއަން އައިޑޮލްގެ ސީޒަން 3 އިން މަޝްހޫރުވި މަރިޔަމް މައިޝާ ބުނީ މިލަވަ ވަރަށް ފުރިހަމަ ކަމަށާއި، މިފަދަ ލަވައެއް ކިޔާލަން ފުރުސަތު ލިބުމަކީ ވެސް ފަހުރެއް ކަމަށެވެ. އަދި މިއީ ޝަލަބީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަމިއްލާ ރާގުގެ މިލަވައިގެ ޅެން ހަދާފައިވަނީ މަޝްހޫރު ޅެންވެރިޔާ ހޯރަފުށީ އާދަމް ސަލީމްގެ ދަރިފުޅު އާމިރު ސަލީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް