14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ކުޑަކުޑަ އައިސްލޭންޑުން އާޖެންޓީނާ ހިފަހައްޓައިފި

  • ރަޝިއާގެ މޮސްކޯގައި ހުންނަ އޮކްރައިޓީ އެރީނާގައި ކުޅުނު މި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 16 ޖޫން 2018 | ހޮނިހިރު 22:11 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  8. ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ


އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ޕެނަލްޓީ އައިސްލޭންޑުގެ ކީޕަރު މަތަކުރަނީ -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގައި އައިސްލޭންޑާއި ވަރުގަދަ އާޖެންޓީނާ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރަޝިއާގެ މޮސްކޯގައި ހުންނަ އޮކްރައިޓީ އެރީނާގައި ކުޅުނު މި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗު ވެގެންދިޔައީ ވާރލްޑް ކަޕްގެ ތާރީހުގައި ވެސް އައިސްލޭންޑް ކުޅުނު ފުރަތަމަ މެޗަށެވެ. މި މެޗު ވެގެންދިޔައީ މި ދެ ޓީމުގެ މެދުގައި ކުޅެވުނު ފުރަތަމަ މެޗަށެވެ. މިއަހަރުގެ ވާރލްޑް ކަޕް ވެގެންދިޔައީ އައިސްލޭންޑުގެ ތާރީހުގައި ވެސް އެ ޓީމު ކޮލިފައިވި ބައިނަލްއަގްވާމީ ބޮޑު ދެވަނަ މުބާރާތަށެވެ. ހަމައެހެންމެ މި މެޗާއެކު އައިސްލޭންޑް ވެގެންދިޔައީ ވާރލްޑް ކަޕްގެ ތާރީހުގައި ވެސް ކުޅުނު އެންމެ ކުޑަ ޓީމަށެވެ.

ފުރަތަމަ ހާފު ފެށިގެން އާޖެންޓީނާއިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު އެޓީމުން ވަނީ އައިސްލޭންޑްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެހެން ނަމަވެސް އައިސްލޭންޑުގެ ކުޅުންތެރިން ވަނީ މޮޅު ޑިފެންސެއްކޮށް އާޖެންޓީނާގެ އެޓޭކްތައް ހުއްޓުވާފައެވެ. މެޗުގެ 19 ވަނަ މިނެޓުގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖަހައިދިނީ ސާޖިއޯ އަގުއޭރޯއެވެ. އެހެން ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން އައިސްލޭންޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލްފްރެޑް ފިންބޮގްސަންއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި އާޖެންޓީނާއިން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. އެހެން ނަމަވެސް އައިސްލޭންޑުގެ ހުރިހާ ކުޅުންތެރިން ވެސް ކުޅުނީ އަމިއްލަ ހާފުގެ ތެރޭގައެވެ. އާޖެންޓީނާއަށް ލީޑު ނެގުމަށް މެޗުގެ 64 ވަނަ މިނެޓުގައި ރަނުގެ ފުރުސަތެއް ލިބުނެވެ. އެގޮތުން މޭޒާއަށް އައިސްލޭންޑުގެ އޭރިއާ ތެރެއިން ފައުލްކުރުމާއެކު ލިބުނު ޕެނަލްޓީ މެސީ ޖެހިއިރު އައިސްލޭންޑުގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އައިސްލޭންޑުން ވަނީ މެޗުގެ ފަހު ވަގުތުގައި ނުރައްކާކޮށްފައެވެ.

ދެވަނަ ބުރަށް ދާން ބޭނުންވާނަމަ ކުރިޔަށް އޮތް މެޗު އާޖެންޓީނާއިން ކާމިޔާބުކުރަން ޖެހޭނެއެވެ. ބުރާސްފަތި ދުވަހު އާޖެންޓީނާ ކްރޮއޭޝިއާ އާއި ދެކޮޅަށް ނުކުންނައިރު އައިސްލޭންޑް ނުކުންނާނީ ނައިޖީރިއާ އާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް