20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އެމެރިކާގެ އިޤްތިޞާދު

އޭ.ޓީ، އެންޑް ޓީ އެންމެ ފަހުން ޓައިމް ވޯނަރ އާއި އެއްކޮށްލައިފި

  • މިއީ 85 ބިލިއަން ޑޮލަރުގެ އަގުހުރި ޑީލެއް
މިއުވާން މުހައްމަދު | Miuvaan

| 16 ޖޫން 2018 | ހޮނިހިރު 19:09 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


މިއީ އެމެރިކާގެ ވިޔަފާރީގެ ތާރީޚުގައި ހެދޭ އެންމެ ބޮޑު ޑީލް -- ރޮއިޓަރސް

2 އަހަރު ދުވަހުގެ މަސައްކަތަށްފަހު އެންމެ ފަހުން އެމެރިކާގެ އޭ. ޓީ. އެންޑް ޓީ. ކުންފުނިން އެޤައުމުގެ ޓައިމް ވޯނަރ ކުންފުންޏާއި އެއްކޮށްލައިފިއެވެ.

އޭ. ޓީ. އެންޑް ޓީ. އިން ޓައިމް ވޯނަރ ގަނެފައިވަނީ 80 ބިލިއަން އެމެރިކާ ޑޮލަރަށެވެ. މިއީ ފަހުގެ ތާރީޚެއްގައި ހިނގި މިފަދަ އެންމެ ބޮޑު ވިޔަފާރިއެވެ. އަދި މިވިޔަފާރިއާއިއެކު މުނިފޫހިފިލުވުމުގެ ދާއިރާގެ ގިނަ ކުންފުނިތަކެއް އެއް ފުރާޅެއްގެ ދަށަށް އަންނާތީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްޤު އެކަމުގެ ސަބަބުން ގެއްލޭކަމަށް ބުނެ، އެމެރިކާގެ ސަރުކާރުން މި ޑީލް ހުއްޓުވުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް މިދިޔަ އަންގާރަ ދުވަހު އެއްވެސް ޝަރުތެއް ނެތި މިވިޔަފާރި ކުރިއަށްގެންދެވޭނަކަމަށް އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަކުން ވަނީ ނިންމާފައެވެ.

އޭ. ޓީ. އެންޑް ޓީ. ކުންފުންޏަކީ ކޮންޓެންޓް ޑިސްޓްރިބިއުޓް ކުރާ ކުންފުންޏެކެވެ. އެކުންފުނިން ޓައިމް ވޯނަރ ގަންނަން ނިންމީ ކޮންޓެންޓް އުފައްދާ އަދި ޑިސްޓްރިބިއުޓްކުރާ އެމެޒޯން އާއި ނެޓްފްލިކްސް ފަދަ ކުންފުނިތަކާއި ވާދަކުރަން އެކުންފުނި ގަންނަން ޖެހޭކަމަށް ބުނެއެވެ. އެއާއިއެކު ކޮންޓެންޓް ޑިސްޓްރިބިއުޓްކުރާ ކުންފުނިތަކުން ކޮންޓެންޓް އުފައްދާ ކުންފުނިތަކުން ގަތުމަށް ޝައުޤުވެރިވާނެކަމަށް ބެލެވެންވަނީ ފަށާފައެވެ.

ކޮމްކާސްޓް ކުންފުންޏާއި ޑިޒްނީ ކުންފުނިން މިހާރުވެސް ގެންދަނީ ޓުވެންޓީ ފަސްޓް ސެންޗަރީ ފޮކްސް ގަތުމަށް މަސައްކަތްކުރަމުންނެވެ.  

ޓައިމް ވޯނަރ އޭ. ޓީ. އެންޑް ޓީއަށް ވިއްކާލުމާއެކު ސީއެންއެން، އެޗްބީއޯ، ޓީބީއެސް، ހޫލޫ، ޑީސީ އެންޓަރޓައިންމެންޓް، ވޯނަރ ބްރަދަރސްފަދަ ކުންފުނިތައް އޭ. ޓީ. އެންޑް ޓީގެ ދަށަށް ދާނެއެވެ. އެހެންކަމުން މަޝްހޫރު ފްރަންޗައިޒްތައް ކަމަށްވާ ގޭމް އޮފް ތްރޯންސް އަދި ވޮންޑަރ ވުމަންފަދަ ބްރޭންޑްތައް އޭ. ޓީ. އެންޑް ޓީގެ ބާރުގެ ދަށަށް ދާނެއެވެ. 

މިޑީލް ހުއްޓުވުމަށް އެމެރިކާ ސަރުކާރުން ހުށަހެޅި މައްސަލަ އޭ. ޓީ. އެންޑް ޓީއާއި ޓައިމް ވޯނަރ ކޮޅަށް ނިމުނުނަމަވެސް، މައްސަލަ އިސްތިއުފާންކުރުމަށް އެމެރިކާ ސަރުކާރަށް 2 މަސްދުވަސް ލިބޭނެއެވެ. އެމައްސަލައިގައި ދެން ހަދާނެ ގޮތަކާއިމެދު މަޝްވަރާކުރަމުންދާކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް