11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ފްރާންސްއަށް އުނދަގޫ މޮޅެއް

  • މި މެޗު ފްރާންސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 16 ޖޫން 2018 | ހޮނިހިރު 17:52 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


މެޗުގައި މޮޅުވި ލަނޑު ޖެހުމަށްފަހު ޕޮގްބާ އުފާފާޅުކުރަނީ -- އޭއެފްޕީ

ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ޓެކްނޮލޮޖީގެ އެހީތެރިކަމާއެމު ފްރާންސްއިން އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ރަޝިއާގެ ކަޒާންގައި ހުންނަ ކަޒާން އެރީނާގައި ކުޅުނު މި މެޗު ފްރާންސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ މި މެޗަށް ފްރާންސް ނެރުނު ފުރަތަމަ އެގާރާ ވެގެންދިޔައީ 1930 ވަނަ އަހަރުގެ އެގައުމުން ވާރލްޑް ކަޕްގެ މެޗަކަށް ނެރުނު އެންމެ ޒުވާން ފުރަތަމަ އެގާރައަށެވެ. ހަމައެހެންމެ އެޓީމުގެ ފޯވާޑް ކިލިއަން އެމްބާޕޭ ވެގެންދިޔައީ އެގައުމުގެ ތާރީހުގައި ވެސް ވާރލްޑް ކަޕެއްގައި މެޗެއް ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ފުރަތަމަ ހާފު ފެށިގެން ފްރާންސްގެ ކުޅުންތެރިން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އެ ޓީމުގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ އޮސްޓްރޭލިއާގެ ކީޕަރު މެޓް ރަޔާންއެވެ. އޮސްޓްރޭލިއާއިން ވަނީ ކައުންޓާގައި ފްރާންސްގެ ގޯލަށް ވެސް ނުރައްކާކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ.

ދެ ޓީމު ހަމަހަމަވެ އޮވެ ދެވަނަ ހާފު ފެށިގެން ދިޔައިރު ފްރާންސްގެ ފުރަތަމަ ލަނޑު އެ ޓީމުން ޖެހީ މެޗުގެ 58 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ވީޑިއޯ އެސިސްޓަންޓް ރެފްރީގެ އެހީތެރިކަމާއެކު ރެފްރީދިން ޕެނަލްޓީއަކުން އެންޓޮއިން ގްރީޒްމަން ޖެހި ލަނޑެކެވެ. އެހެން ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން އޮސްޓްރޭލިއާއިން ވަނީ އެއްވަރުކޮށްފައެވެ. މި ލަނޑަކީ ސެމުއެލް އުމްޓީޓީ އޭރިއާ ތެރެއިން ބޯޅައިގައި އަތްލުމުގެ ސަބަބުން ރެފްރީ ދިން ޕެނަލްޓީއަކުން އޮސްޓްރޭލިއާގެ ކެޕްޓަން މައިލް ޔެޑިނަކް ޖެހި ލަނޑެކެވެ. ފްރާންސް މި މެޗުން މޮޅުވި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ޖެހީ ޕޮގްބާއެވެ.

ކުރިޔަށް އޮތް މެޗުގައި ފްރާންސް ނުކުންނާނީ ޕެރޫއާ ދެކޮޅަށެވެ. ހަމައެހެންމެ އޮސްޓްރޭލިއާ ދެން ނުކުންނާނީ ޑެންމާކާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް