20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ފީފާ ވާރލްޑް ކަޕް 2018

އަހަރެންނަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ، މެސީ އަދި ރޮނާލްޑޯ ނިސްބަތްވަނީ އެހެން ޕްލެނެޓަކަށް: ނޭމާ

  • މިވަގުތު އެހެން ހުރިހާ ކުޅުންތެރިންނަށް ވުރެވެސް މަތީގައި ތިބީ މެސީ އަދި ރޮނާލްޑޯ
  • ނޭމާ ބުނީ އަމިއްލަ ނަފްސަށް ލިބޭ ކާމިޔާބުތައް މުހިންމުނުވާ ކަމަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 16 ޖޫން 2018 | ހޮނިހިރު 16:33 | |

މަގުބޫލް

  1. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


ނޭމާ ބްރެޒިލްގެ ގައުމީ ޓީމާއެކު - އޭނާއަށް މިދިޔަ އަހަރުވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން ލިބުނީ ތިންވަނަ -- ގެޓީ އިމޭޖާސް

ލިއޮނެލް މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ނިސްބަތްވަނީ އެހެން ޕްލެނެޓަކަށް ކަމަށާއި އޭނާއަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.

މިފަހަރުގެ ވާރލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާނީ މި ތިން ކުޅުންތެރިން ކަމަށް ބެލެވެއެވެ. އެންމެފަހުން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވެސް ވާދަކުރީ މި ތިން ކުޅުންތެރިންނެވެ. ފާއިތުވެދިޔަ ދެ އަހަރު ވެސް ނޭމާ އަށް ލިބުނީ މެސީ އަދި ރޮނާލްޑޯގެ ފަހަތުން ތިންވަނައެވެ.

ބްރެޒިލްގެ ޔޫޓިއުބް ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި އުމުރުން 26 އަހަރުގެ ނޭމާ ބުނީ މިވަގުތު އެހެން ހުރިހާ ކުޅުންތެރިންނަށް ވުރެވެސް މަތީގައި ތިބީ މެސީ އަދި ރޮނާލްޑޯ ކަމަށެވެ. އެ ދެކުޅުންތެރިންނަކީ އެހެން ޕްލެނެޓަކަށް ނިސްބަތްވާ ކުޅުންތެރިންނަށްވުމާއެކު އޭނާއަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ދެކޭ ކަމަށް ނޭމާ ބުންޏެވެ. އެހެން ނަމަވެސް ނޭމާ ބުނީ އަމިއްލަ ނަފްސަށް ލިބޭ ކާމިޔާބުތައް މުހިންމުނުވާ ކަމަށާއި ގައުމީ ޓީމާއެކު ލިބޭ ކާމިޔާބު މާ މުހިންމު ކަމަށެވެ.

މިވަގުތު ނޭމާ ހުރީ ވާރލްޑް ކަޕްގައި ކުޅުމަށް ބްރެޒިލްގެ ގައުމީ ޓީމާއެކު ރަޝިއާގައެވެ. ވާރލްޑް ކަޕާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ނޭމާ ބުނީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ވާރލްޑް ކަޕް ކާމިޔާބުކުރަން ކަމަށެވެ. ވާރލްޑް ކަޕް ކާމިޔާބު ކުރެވިއްޖެނަމަ ބްރެޒިލްގެ ރައްޔިތުންނަށާއި އޭނާގެ އާއިލާއަށް ބޮޑު އުފަލެއް ލިބޭނެ ކަމަށް ނޭމާ ބުންޏެވެ.

އެންމެފަހުން ކުޅުނު ވާރލްޑް ކަޕްގެ ސެމީ ފައިނަލުން ބްރެޒިލް ކެޓި މެޗުގައި ނޭމާ ކުޅެފައެއް ނުވެއެވެ. އެ މެޗުގައި އޭނާއަށް ނުކުޅެވުނީ އަނިޔާއެއްގެ ސަބަބުންނެވެ. ނޭމާ ބުނީ އޭނާ ކުޅޭ ސްޓައިލްގެ ސަބަބުން އިދިކޮޅު ޓީމުގެ ޑިފެންސުން ހަމަލާ އަމާޒުވާނެކަން އެނގޭ ކަމަށެވެ. އެކަމުގެ ސަބަބުން އޭނާ ވެސް ހިތްހަމަނުޖެހިދާނެ ކަމަށާއި އެހެންނަމަވެސް ރަތް ކާޑެއް ދެއްކުމުގެ ފުރުސަތު ނުދޭނެ ކަމަށް ނޭމާ ބުންޏެވެ. އޭނާ ބުނީ މިދިޔަ ވާރލްޑް ކަޕަށްވުރެ މިފަހަރުގެ ވާރލްޑް ކަޕަށް މާ ބޮޑަށް ތައްޔާރުވި ކަމަށެވެ.

މިފަހަރުގެ ވާރލްޑް ކަޕްގައި ބްރެޒިލްގެ ގައުމީ ޓީމުގެ ހިމެނިފައިވަނީ ސްވިޓްޒަލޭންޑާއި ކޮސްޓަރިކާ އަދި ސާބިއާ އާއެކު ގްރޫޕް އީ ގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޖޫން 17 ވަނަ ދުވަހު ސްވިޓްޒަލޭންޑާއި ދެކޮޅަށް ނުކުންނައިރު ދެވަނަ މެޗުގައި ބްރެޒިލް ނުކުންނާނީ ޖޫން 22 ވަނަ ދުވަހު ކޮސްޓަރިކާއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބްރެޒިލް ނުކުންނާނީ ޖޫން މަހުގެ 27 ވަނަ ދުވަހު ސާބިއާ އާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް