24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ލޯނު ގެރެންޓީ ދިނުން

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

  • ގޮތް ނޭނގޭ ގޮތަށް ވަކި ބަޔަކަށް ސަރުކާރުން ދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރިމާއެއް
  • ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން އިފްލާސް ކުރުމަށް
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 16 ޖެނުއަރީ 2017 | ހޯމަ 00:04 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ސަރުކާރުން އެކި ފަރާތްތަކަށާއި، އެކި ކުންފުނިތަކަށްދޭ ލޯން ގެރެންޓީއަކީ ރޭވިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބް ރައީސްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ގޮތް ނޭނގޭ ގޮތަށް ވަކި ބަޔަކަށް ސަރުކާރުން ދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރިމާއެއް ކަމަށެވެ. އަދި އެއީ ރައްޔިތުން ބަނޑަށްޖައްސަންކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އަންނަނީ އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް އެކިއެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ގެރެންޓީދެމުންނެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ އަރިސް، މަޝްހޫރި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް) ނަންގަވާ 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ)ގެ ލޯނަކަށް ދިވެހި ސަރުކާރުން ގެރެންޓީ ދިނުމަށް ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަން ރާއްޖެއެމްވީ އަށް ވަނީ ކަށަވަރުވެފަ އެވެ.

މީގެކުރިން ސަރުކާރުން ވަނީ ތުރުކީގެ ކުންފުންޏަކަށްވެސް ބޮޑު އަދަދުން ލޯނު ގެރެންޓީއެއް ދީފަ އެވެ.  އޭގެއިތުރުން 200 މިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު ވިއްކުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް