16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

އެމްޑީޕީ އެތެރޭގެ އިންތިހާބު

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

  • އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 19 ޖެނުއަރީއަށް
  • އިސްތިއުނާފު ފަނދިޔާރުންގެ މަޖިލީހަށް ބޭފުޅުން އައްޔަނުކުރާނީ ޤައުމީ މަޖިލީހުން
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 15 ޖެނުއަރީ 2017 | އާދީއްތަ 23:44 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ބ. ދަރަވަންދޫ ހަރުގޭގައި ނަގާފައިވާ އެމްޑީޕީ ދިދަ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

 

އެމްޑީޕީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، އެ މަޖިލީހަށް މެމްބަރުން އައްޔަނުކުރާނީ އެމްޑީޕީގެ ޤައުމީ މަޖިލީހުން ކަމަށެވެ.

 

އެހެންކަމުން އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ބޭފުޅުން، ކުރިމަތިލުމަށް އެދި ސިޓީއަކުން 19 ޖެނުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެމްޑީޕީގެ ސެކްރެޓޭރިއެޓަށް ހުށަހެޅުއްވުން ވަނީ އެދިފަ އެވެ.

 

އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަކީ، އެމްޑީޕީގެ ކޮމެޓީތަކުގެ ހިތްހަމަނުޖެހުމެއް އޮވެއްޖެނަމަ ހުށަޅުމަށް އޮންނަ އެމްޑީޕީގެ އިދާރީ ކޮމެޓީއެކެވެ.

 

އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމަށް ހުޅުވާއިރު، އެމްޑީޕީގެ ޗެއަރޕާސަންކަމަށްވެސް ބޭފުޅަކު އިންތިހާބުކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށްގެންދަމުންނެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު ތާވަލްކޮށްފައިވަނީ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް