14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ރޯލްސް ރޮއިސް

ރޯލްސް ރޮއިސްއިން 4،600 ވަޒީފާ އުވާލަން ނިންމައިފި

  • ބޮޑެތި ބަދަލު ތަކެއް ކުންފުންޏަށް ގެންނަނީ
  • ތަފާތު ދާއިރާއަކުން ރޯލްސް ރޮއިސް ކުރިއެރުމަށް ދަނީ މަސަތްކަތް ކުރަމުން
  • 2020 ވަނަ އަހަރު އަންނަ އިރު ވަޒީފާތައް އުވާލާނެ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 16 ޖޫން 2018 | ހޮނިހިރު 07:54 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ރޯލްސް ރޮއިސްއިން އުފައްދާފައިވާ ކާރެއް -- ޓްވިޓަރ

އަގުބޮޑު ކާރު އުފައްދާ މަޝްހޫރު ކުންފުނި، ރޯލްސް ރޮއިސްއިން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި 4،600 ވަޒީފާ އުވާލަން ނިންމައިފިއެވެ.

އެކުންފުނިން ބުނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ކުންފުންޏަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށާއި ވަޒީފާގެ އަދަދު މަދުކުރުމަކީ އޭގެ އެއް ބަދަލު ކަމަށެވެ. ވަޒީފާއިން ވަކި ކުރާނީ މެދުފަންތީގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މީގެސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވެނީ، އެ ކުންފުނިން ދޫކޮށްލަން ބޭނުންވާ ފާންތީގެ މުވައްޒަފުން ގިނަ އަދަދަކަށް މަސައްކަތްކުރާ، ޑަރބީގައި ހުންނަ އެ ކުންފުނީގެ ގޮތްޕަށެވެ.

ކާރު އުފެއްދުމުގައި މަޝްހޫރުކަން ހޯދައިފައިވާ މި ކުންފުނިން މި ބަދަލުތައް ގެންނަން ނިންމާފައި ވަނީ މަތިންދާބޯޓުގެ އިންޖީނުތަކާއި ޑިފެންސް އަދި ޕަވަރ ސިސްޓަމް އުފެއްދުމުގައި ކުރިއެރުމަށް އެ ކުންފުނިން އަމާޒު ހިފާފައިވާ ދަނޑިވަޅެއްގައެވެ.

ރޯލްސް ރޮއިސްއިން ބުނީ ކުންފުނިން ދޫކޮށްލާ މީހުންގެ ތެރެއިން ތިން ބައި ކުޅަ އެއްބައި މީހުން މި އަހަރު ތެރޭގައި ދޫކޮށްލާނެ ކަމަށެވެ. އަދި 2019 ވަނަ އަހަރުވެސް މުވައްޒަފުން މަދުކުރަމުންދާނެ ކަމަށާއި 2020 ވަނަ އަހަރު ކުންފުނިން ވަކިކުރަން ނިންމާފައި ތިބި އަދަދަށް މީހުން ވަކިކޮށް ނިމޭނެ ކަމަށެވެ.

ރޯލްސް ރޮއިސް އިން ބުނީ މިކަން ކުރުމަށް ގާތްގަޑަކަށް 500 މިލިއަން ޕައުންޑް ހޭދަވާނެ ކަމަށާއި ނަމަވެސް މި ނިންމުމުގެ ސަބަބުން 2020 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް ކޮންމެ އަހަރަކުވެސް 400 މިލިއަން ޕައުންޑް ސަލާމަތް ވާނެ ކަމަށެވެ.

ރޯލްސް ރޮއިސް އިން މުވައްޒަފުން ވަކި ކުރުމަށް ނިންމާފައިވާ މި ދަޑިވަޅަކީ، އެ ކުންފުނިން އުފެއްދި މަތިންދާ ބޯޓެއްގެ އިންޖީނުގައި މައްސަލަތަކައެއް ޖެހުމާއި ގުޅިގެން، އެ ކުންފުނިން އުފައްދާ އިންޖީނުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން ނިންމާފައިވާ ދަނޑިވަޅެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް