17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ކައުންސިލް އިންތިހާބު

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

  • އެމްޑީޕީގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅީ މިއަދު
  • ކެނޑިޑެސީ ބާތިލްކުރުމަށް ނިންމި ނިންމުން، ކޯޓު އަމުރެއް ނެރެންދެން މަޑު ޖައްސާލުމަށް އެދިފައިވޭ
  • އެމްޑީޕީން ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ޤާނޫނާއި ހިލާފު ކަމަށް
އަޒުމޫން އަހުމަދު | azmoon_ahmed

| 15 ޖެނުއަރީ 2017 | އާދީއްތަ 23:12 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ކައުންސިލް އިންތިކާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށައަޅައިފި އެވެ.

މި މަހުގެ 14 ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވަން ނިންމައި، 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ކެންޑިޑެސީ ގަބޫލުކޮށްފައި ވަނިކޮށް، ކޯޓުންކުރި ހުކުމަކާ އެކު ދެ މަސްދުވަހަށް އިންތިހާބު ފަސް ކުރަން ޖެހުމުން އަންނަ އޭޕްރީލް މަހު އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އަދި ކުރީގެ ކެންޑިޑެސީތައް ބާތިލްކޮށް، ކުރިން ކެންޑިޑެސީ ގަބޫލުކުރި ފަރާތްތަކުން އަލުން ހުށަހަޅަންޖެހޭ ގޮތަށް ވެސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފަިއވަނީ، އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާޠިލުކުރައްވާފައިވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ހިލާފަށް ކަމަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމާއިވެސް ހިލާފަށް ކަމަށެވެ.

އެހެންކަމުން އެމްޑީޕީން ހައިކޯޓުގައި އެދިފައިވަނީ، އިލްކެޝަންސް ކޮމިޝަންއިން ކެންޑިޑެސީ ޤަބޫލުކޮށްފައިވާ ކެންޑިޑޭޓުން އަލުން ކުރިމަތިލާންޖެހޭނޭ ކަމަށް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާޠިލުކަމުގައި ކަނޑައަޅުއްވައި ދެއްވުއްވުމަށެވެ.

އޭގެއިތުރުން ކެނޑިޑޭޓުންގެ ކެނޑިޑެސީ ބާތިލްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން، ކޯޓުން ހުކުމްކުރަންދެން މަޑުޖައްސާލުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަންގައިދިނުމަށްވެސް އެމްޑީޕީގެ ފަރާތުން ހައިކޯޓުގައި އެދިފަވެއެވެ.

ހައި ކޯޓް

މި މަހުގެ 14 ގައި ބާއްވަން ނިންމި ކައުންސިލް އިންތިހާބު ފަސްކުރަން ކޯޓުން އަމުރުކުރީ އިންތިހާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ޕީޕީއެމުން މައްސަލަ ހުށަހެޅުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް