16 ޖެނުއަރީ 2019 | ބުދަ | 12 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

އެމެރިކާ-ޗައިނާ

ޗައިނާގެ މުދަލުން 25 ޕަސަންޓްގެ ޓެރިފެއް ނަގަން އެމެރިކާ އިން ނިންމައިފި

  • ޗައިނާ އިން ވަނީ ވަރުގަދަ ރައްދެއް ދީފައި
  • ވިޔަފާރީގެ ހަނގުރާމައެއް ފެށިދާނެ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 16 ޖޫން 2018 | ހޮނިހިރު 02:37 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ގެޓީ އިމޭޖާސް

ވަރުގަދަ ބަހުގެ ހަމަލާތަކަކަށް ފަހު ޗައިނާގެ މުދަލުން 25 ޕަސަންޓްގެ ޓެރިފެއް (ޓެކްސް) ނަގަން އެމެރިކާ އިން ނިންމައިފިއެވެ.

އެމެރިކާ އިން ވަނީ ޗައިނާ އިން އެތެރެކުރާ 50 ބިލިއަން ޑޮލަރުގެ މުދަލުން މި ޓެރިފް ނެގުމަށް ނިންމާފައެވެ.

ޖުލައި މަހު 6 ގެ ކުރިން ޗައިނާގެ 34 ބިލިއަން ޑޮލަރުގެ މުދަލުން މި ބޮޑު ޓެރިފް ނެގުމުގެ ނިޒާމެއް އެކުލަވާލުމަށް އެމެރިކާ އިން ދަނީ ބާރު ދުވެލީގައި މަސައްކަތް ކުރަމުންނެވެ. އަދި ފަހުގެ ތާރީޚެއްގައި ބާކީ ހުރި 16 ބިލިއަން ޑޮލަރުގެ މުދަލުން މި ޓެރިފް ނަގާނެ ކަމަށް ވަނީ ބުނެފައެވެ.

މިކަމުގެ ސަބަބުން ރުޅި ގަދަވެފައިވާ ޗައިނާ އިން ރައްދުގައި ބުނީ 50 ބިލިއަން ޑޮލަރަށްވާ އެމެރިކާގެ މުދަލުން ވެސް، ޓެރިފެއް ނަގާނެ ކަމަށެވެ. އަދި 50 ބިލިއަން ޑޮލަރު އަރާނީ އެމެރިކާއިން ގެންނަ 659 ބާވަތަކުން ކަމަށް ވެސް ޗައިނާ އިން ބުނެއެވެ.

އެމެރިކާ އިން ވަނީ މިކަހަލަ ކަމެއް ޗައިނާ އިން ކޮށްފާނެތީ މީގެ ކުރިން ހަރުކަށި އިންޒާރެއް ދީފައެވެ. އެމެރިކާ އިން ބުނީ ޗައިނާ އިން ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ މުދަލުން އެއްވެސް މިންވަރެއްގެ ޓެރިފްއެއް ނަގައިފި ނަމަ މިހާރަށް ވުރެ މާ ބޮޑު ޓެރިފެއް ނަގާނެ ކަމަށެވެ.

އެމެރިކާ އިން ވަނީ އެވަރުގެ ބޮޑު ޓެރިފެއް ނަގަން ނިންމި ނިންމުން ވަރަށް ބޮޑަށް ދިފާއުކޮށް ވާހަކަ ދައްކާފައެވެ. އެމެރިކާ އިން ބުނީ އެ ވަރުގެ ޓެރިފެއް ޗައިނާގެ އަތުން ނަގަން ނިންމީ އެ ގައުމުން އިންޓެލެކްޗުއަލް ކޮޕީ ރައިޓްސްތަކުން (އަތް ނުލެވޭ ޒާތްޒާތުގެ ތަކެތި، މިސާލު: ޑިޒައިންތައް، ނަންތައް، އެއްޗެއް ބިނާ ކުރާގޮތުގެ ކުރެހުންތައް...) ވައްކަން ކޮށްފައިވާތީ ކަމަށެވެ. އެމެރިކާއިން ބުނީ މި އެޅި ފިޔަވަޅުގެ ސަބަބުން ކުރި މަގުގައި، އެމެރިކާގެ ރައްޔިތުން ގަދަ އަޅައިގެން ކާމިޔާބު ކުރާ މަސައްކަތުން ވަގަށް ނަގާ މައުލޫމާތުތައް ނެގުން ހުއްޓުވޭނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ ވަޒީފާތައް ރައްކާތެރިކުރެވިގެންދާނެ ކަމަށެވެ،

އެހެން ނަމަވެސް އެމެރިކާގެ އިންޒާރުތަކަކަށް ބިރެއް ނެތް ޗައިނާ އިން ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ޖުލައި 6 އަންނަން ވާއިރަށް އެ ގައުމުން ވެސް އެމެރިކާގެ 34 ބިލިއަން ޑޮލަރުގެ މުދަލުން 25 ޕަސަންޓުގެ ޓެރިފް ނެގުމަށް ނިންމާފައެވެ. އެގައުމުގެ ޝިންހުއާ ނޫސް އޭޖެންސީ އިން ބުނީ ފަހުގެ ތާރީޚެއްގައި ބާކީ މުދަލުން ޓެރިފް ނަގާނެ ވަރު އިއުލާން ކުރާނެ ކަމަށެވެ.

މި ދުވަސްވަރު އެމެރިކާ އާއި ޗައިނާ އިން "ވިޔަފާރީގެ ހަނގުރާމައެއް" ފެށިދާނެ ކަމުގެ ބޮޑެތި އިޝާރާތްތައް ލިބެމުންދާއިރު އެމެރިކާއިން ތަންކޮޅެއް ކުރިން ވަނީ އެގައުމުގެ އެކުވެރި ދައުލަތްތަކުގެ އަތުން ވެސް ދަގަނޑާއި އެލުމިނިއަމް ފަދަ މައުދަނުގެ ބާވަތްތަކުން ޓެރިފް ނެގުމުގެ ވިސްނުން ހުރި ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް