21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ކްރިސްޓިއާނޯ ރޮނާލްޑޯ

ޖަލަށް ދާން ނުޖެހުނު ނަމަވެސް ރޮނާލްޑޯ 21 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ

 • އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް އެއްބަސްވުމާއެކު އޭނާ އެއްވެސް ވަރަކަށް ޖަލުގައި ވަގުތު ހޭދަކުރަން ނުޖެހޭނެ
 • މިކަމުގެ އަދަބެއްގެ ގޮތުން އޭނާ 21.7 މިލިއަން ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭނެ
 • ލިއޮނެލް މެސީގެ މައްޗަށް ވެސް މިކުށް ސާބިތުވި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 16 ޖޫން 2018 | ހޮނިހިރު 02:36 | |

މަގުބޫލް

 1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
 2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
 3. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 7. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
 8. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!


ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ -- ޔުއެފާ

ޓެކްސްއަށް މަކަރު ހެދިކަމުގެ ކުށް ސާބިތުވެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ރޮނާލްޑޯގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް އެއްބަސްވުމާއެކު އޭނާ އެއްވެސް ވަރަކަށް ޖަލުގައި ވަގުތު ހޭދަކުރަން ނުޖެހޭނެއެވެ. އެހެން ނަމަވެސް މިކަމުގެ އަދަބެއްގެ ގޮތުން އޭނާ 21.7 މިލިއަން ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. ރޮނާލްޑޯ ޖަލުގައި ވަގުތު ހޭދަކުރަން ނުޖެހުނު މައިގަނޑު އަނެއް ސަބަބަކީ މީގެކުރިން އެއްވެސް މައްސަލައެއްގައި އޭނާގެ މައްޗަށް ސްޕެއިންގައި ހުކުމެއް އިއްވާފައިނުވާތީއެވެ.

ރޮނާލްޑޯއާ ދެކޮޅަށް ޓެކްސްއަށް މަކަރު ހެދުމުގެ މައްސަލައެއް ފެންމަތިވެ ދައުވާކުރަން ފޮނުވީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެގޮތުން އޭނާގެ އިމޭޖް ރައިޓްސްގެ އާމްދަނީގެ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމަޔަށް ލިބުނު 17.7 މިލިއަން ޑޮލަރު އޭނާ މަކަރު ހަދާފައިވާ ކަމަށް ސްޕެއިންގެ ޓެކްސް އިދާރާއިން ކުރި ދައުވާގައިވެއެވެ. ހަމައެހެންމެ މިކަމަށް މަގުފަހިކޮށް އިމޭޖް ރައިޓްސްއަށް ލިބޭ އާމްދަނީ ފޮރުވުމުގެ ގޮތުން 2010 ވަނަ އަހަރު އޭނާ އަމިއްލަ ކުންފުންޏެއް އުފައްދާފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެއެވެ.  

މިދިޔަ އަހަރުގެ ތެރޭގައި ރޮނާލްޑޯ ވަނީ ކޯޓަށް ހާޒިރުވެ މައްސަލައިގައި ޖަވާބުދާރީ ވެސް ވެފައެވެ. އޭނާ ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވަނީ އޭނާ ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާފައިވާނެ ކަމަށާއި އަދި އޭނާ ކަންކަން ކުރަނީ އަބަދުވެސް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. އެހެން ނަމަވެސް ކޯޓުން ހުކުމް އިއްވާފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ގޮތަށެވެ. މިކަމުގައި ރޮނާލްޑޯގެ މައްޗަށް ހަތަރު ދައުވާއެއް ވެސް އުފުލިއެވެ.

މި ކުށް ސާބިތުވުމާއި ގުޅިގެން މިހާތަނަށް ރޮނާލްޑޯގެ އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ.

ރޮނާލްޑޯގެ މައްޗަށް މިފަދަ ހުކުމެއް އިއްވާފައިވާއިރު ސްޕެއިންގެ ޓެކްސް އިދާރާތަކުގެ އުނދަގޫ ބޮޑުވުމުގެ ސަބަބުން ރެއާލް މެޑްރިޑް ދޫކޮށްލާނެ ފަދަ އިޝާރާތެއް އޭނާ ވަނީ ދީފައެވެ. މިކަމުގެ ސަބަބުން އޭނާ ހޯދުމަށް ދުނިޔޭގެ އެންމެ ބޮޑެތި ޓީމުތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ރޮނާލްޑޯގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި ބާސެލޯނާއަށް ކުޅެމުން އަންނަ އޭނާގެ ވާދަވެރި ލިއޮނެލް މެސީގެ މައްޗަށް ވެސް ޓެކްސްއަށް މަކަރު ހެދުމުގެ ކުށް ސާބިތުވެ 21 އަހަރުގެ ޖަލު ހުކުމެއް އިއްވުނެވެ. އެހެން ނަމަވެސް ސްޕެއިންގެ ގާނޫނުތަކުގެ ދަށުން އޭނާ ވެސް ދައްކަން ޖެހުނީ ޖޫރިމަނާއެކެވެ. ހަމައެހެންމެ ރޮނާލްޑޯއާއެކު ރެއާލްއަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރު މާސެލޯގެ މައްޗަށް ވެސް މި ކުށް ސާބިތުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް