16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ސްޕެއިން އަދި ޕޯޗުގަލްގެ ކުރިމަތިލުން އެއްވަރުވީ ރޮނާލްޑޯގެ ހެޓްރިކާއެކު

  • މިމެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 16 ޖޫން 2018 | ހޮނިހިރު 02:08 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ސްޕެއިން ކޮޅަށް ފުރަތަމަ ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހެޓްރިކް ހެދިއިރު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރަޝިއާގެ ސޯޗީގައި ހުންނަ ފިޝްޓް އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ޔޫރަޕުގެ ޗެމްޕިއަނުންގެ ގޮތުގައި މި މެޗާއި ކުރިމަތިލި ޕޯޗުގަލްއިން ވަނީ މެޗު ފެށިގެން ރަނގަޅަށް ކުޅެފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ނަގައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑަށްފަހު ސްޕެއިންއިން މެޗުގެ ކޮންޓްރޯލް ނެގިއިރު ސްޕެއިން އިން ވަނީ މެޗުގެ 24 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑިއޭގޯ ކޮސްޓާއެވެ. އެހެން ނަމަވެސް މެޗުގެ 44 ވަނަ މިނެޓުގައި ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހޭއާ އަތުން ހެދުނު ގޯހެއްގައި ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާ އަލުން އަނބުރާ މެޗުގެ ލީޑު ނަގާފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޕޯޗުގަލްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ސްޕެއިން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ސާޖިއޯ ބުސްކެޓްސްގެ އެހީތެރިކަމާއެކު ލަނޑެއްޖަހާ ކޮސްޓާ ވަނީ ސްޕެއިންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ތިން މިނެޓު ފަހުން ސްޕެއިންއަށް ލީޑު ލިބިގެންދިޔައީ މެޗުގެ 58 ވަނަ މިނެޓުގައި ނާޗޯ ފަނާންޑޭޒް ޖަހައިދިން ލަނޑުންނެވެ. މި މެޗުން ޕޯޗުގަލްއަށް ޕޮއިންޓެއް ލިބިގެންދިޔައީ މެޗުގެ 88 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ހިތްގައިމު ލަނޑާއެކުއެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި އިރާނުން ވަނީ އެންމެފަހު ވަގުތުގައި 1-0 އިން މޮރޮކޯ ބަލިކޮށްފައެވެ. އެހެންކަމުން ގްރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ އީރާންއެވެ. ދެވަނައިގައި ސްޕެއިން އަދި ޕޯޗުގަލް އެއްވަރުވެފައި އޮތްއިރު ތާވަލުގެ ފުލުގައި އޮތީ މޮރޮކޯއެވެ.

ކުރިޔަށް އޮތް މެޗުގައި މޮރޮކޯއާ ދެކޮޅަށް ޕޯޗުގަލް ނުކުންނައިރު ސްޕެއިން ނުކުންނާނީ އީރާނާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް