22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް އިންތިޒާމް ކުރާ ރަޝިއާ އޮފިޝަލުންނަށް ހިނުތުންވާން ދަސްކޮށްދިން!

  • ފީފާ އިން ވަނީ ޚާއްސަ ތަމްރީން ތަކެއް ހިންގާފައި
ރާއްޖެ އެމްވީ | raajjemv

| 15 ޖޫން 2018 | ހުކުރު 15:40 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ރަޝިއާގެ ރައީސް ޕުޓިން - ރަޝިއާ މީހުންނަކީ މާ ބޮޑަށް ހިނިތުންވެ އުޅޭ ބައެއް ނޫން -- އޭޕީ

ރަޝިއާގެ ހަރު ބަހެއްގައި އޮންނަނީ "އެއްވެސް ސަބަބެއް ނެތި ހުނުމަކީ މޮޔަ ކަމުގެ އަލާމާތެއް" ކަމަށެވެ. އެހެން ކަމުން ރަޝިއާ މީހުންނަކީ ކަމަކާ ނުލާ ހިނިތުވާނެ ބައެއް ނޫނެވެ.

ރަޝިއާގައި އާއްމު ގޮތެއްގައިވެސް އެކަކު އަނެކަކަށް ހިނިތުންވުމަކީ މާ ބޮޑަށް އޮންނަ ކަމެއް ނޫނެވެ. އެއީ ރަޝިއާ މީހުންނަކީ ކޮންމެހެން "ފްރެންޑްލީ" ބަޔަކަށް ނުވާތީއެއް ނޫނެވެ. އެއީ އެމީހުންގެ އާދަކާދަތައް ހުންނަ ގޮތެވެ.

ރަޝިއާގައި ބާއްވާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތައް ގާތްގަނޑަކަށް އެއްތިރީސް ގައުމަކަށް ނިސްބަތްވާ ދޮޅު މިލިއަނެއްހާ މީހުން އެގައުމަށް ޒިޔާރާތް ކުރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ރަޝިއާ އިން ބޭނުންވަނީ އެއިން ކޮންމެ މީހަކު އެނބުރި ގައުމަށް ދާއިރު އުފާވެރި ހަނދާންތަކާ އެކު ދިއުމަށެވެ.

އެހެން ކަމުން އާއްމު ޚިދުމަތްތައް ދިނުމުގައި މަސްއޫލުވެ އުޅޭ އޮފިޝަލުންނަށް ހިނިތުންވާން ދަސްކޮށްދިނުމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމްއިއްޔާގެ އިތުރުން ރަޝިއާގެ ކަމާބެހޭ އިދާރާތަކުން ވަރަށް މަސައްކަތް ކޮށްފައިވެއެވެ.

މި ގޮތުން އާއްމު ޚިދުމަތްތަކުގައި އުޅޭ އޮފިޝަލުންނަށް އެހީތެރިކަމާ، އޯގާތެރި ކަމާއެކު ޚިދުމަތް ދިނުމަށް ދަސްކޮށް ދިނުމަށް ޚާއްސަ ޓްރޭނިންގ ތަކެއް ވަނީ ހިންގާފައެވެ.

ކޮންމެ އަކަސް ހިނިތުންވާން ދަސްކޮށްގެން ތިބި ރަޝިއާގެ އޮފިޝަލުންނަށް މުބާރާތް ފެށިގެން ދިޔައީވެސް ވަރަށް ނަސީބު ރަނގަޅު ކޮށް ހިނިތުންވެވޭ ފަދަ ގޮތަކަށެވެ. މުބާރާތް ހުޅުވި މެޗްގައި ސައުދީ އަރަބިއްޔާ ކޮޅަށް ފަސް ލަނޑު ޖަހާ ރަޝިއާ ޓީމު މޮޅުވުމުން ތަމްރީން ނުހަދާ ބާކީ ތިބި ރަޝިއާ މީހުންނަށްވެސް ހިނިތުން ނުވެ ތިބެވޭނީ ކިހިނެއްބާވައެވެ؟ މުބާރާތުގެ މެހްމާންދާރީ އަދާ ކުރާ ރަޝިއާ މީހުންނަށް މުބާރާތް ފެށުން ކިތަންމެހާ ވެސް ރަނގަޅެވެ. އުއްމީދު ކުރެވެނީ މުޅި މުބާރާތްވެސް ކުރިއަށް ދާނީ ރަޝިއާ ހިނިތުންވެ އޮވެގެން ކަމުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް