18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ފީފާ ވާރލްޑް ކަޕް 2018

އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ވެސް ފުޓްބޯޅަ ހުން!

  • އދ ގެ ސެކްރެޓަރީ ޖެނެރަލް ތަމްސީލް ކުރެއްވީ ރެފްރީއެއް
ރާއްޖެ އެމްވީ | raajjemv

| 15 ޖޫން 2018 | ހުކުރު 14:46 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ސެކިއުރިޓީ ކައުންސިލަށް ވަޑައިގެންނެވި މަންދޫބުން ފުޓްބޯޅަ ޖާޒީގައި -- ރޮއިޓަރސް

އދ.ގެ ސެކިއުރިޓީ ކައުންސިލަކީ ވަރަށް ސީރިއަސް މާހައުލެއް އޮންނާތީ އާއްމު ކޮށް ފެންނަ ތަނެކެވެ. އެއީ ދުނިޔޭގެ ސަލާމަތާ ރައްކާތެރި ކަމަށް މުހިންމު ބަހުސްތައް ކުރެވި މުހިންމު ނިންމުންތައް ނިންމާ މަޖިލިހެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސެކިއުރިޓީ ކައުންސިލުން ފެނުނީ ތަފާތު މަންޒަރެކެވެ. ކޯޓު ފަޓުލާނާއި ޓައީ ގައި ވަރަށް ސީރިއަސް ކޮށް ތިއްބަވާ ގައުމުތަކުގެ ސަފީރުން ފެނުނީ އެކިއެކި ގައުމުތަކުގެ ފުޓްބޯޅަ ޖާޒީގައި ވަރަށް މަޖާކޮށް އުޅުއްވަމުން ގެންދެވި ތަނެވެ. މުހިންމު ލިޔެކިޔުންތަކުން ފުރިފައި ހުންނަ ފައިލް ތަކުގެ ބަދަލުގައި މަޖިލިސް ތެރެއިން ފެނުނީ ފުޓްބޯޅައެވެ.

ރަޝިއާގައި ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް ފެށުން ފާހަގަ ކުރުމުގެ ގޮތުން ސެކިއުރިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 15 ގައުމުގެ ސަފީރުން މަޖިލީހަށް ވަޑައިގަތީ ފުޓްބޯޅަ ޖާޒީގައެވެ.

ސަފީރުން ގައުމީ ޖާޒީގައި މަޖިލީހަށް ވަޑައިގެންނެވި އިރު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވަޑައިގަތީ ރެފްރީންގެ ކަޅު ޖާޒީގައެވެ. އެމަނިކުފާނުގެ އަތްޕުޅުގައި ރެފްރީ ކަށިގަނޑެއް ވެސް އޮތެވެ.

މަޖާ މާހައުލެއްގައި ސަފީރުން ފޮޓޯ ނެންގެވުމުގައި އުޅުއްވަނިކޮށް ސެކްރެޓަރީ ޖެނެރަލް ކުއްލިއަށް ޖީބުން ރީނދޫ ކާޑެއް ނެންގެވިތަން ފެނުނެވެ.

އެއާއެކު އެތަނުގައި ހުރި ރިޕޯޓަރަކު "ރަތް ކާޑު ގެންގުޅުއްވަންތޯ؟" ގުޓަރޭސް އަށް ދެންނެވިއެވެ.

ސެކިއުރިޓީ ކައުންސިލްގެ ޖޫން 14 ވީ ބުރާސްފަތި ދުވަހުގެ ސެޝަން ފެށުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި އެ ކައުންސިލްގެ މިހާރުގެ ރައީސް އެމްބެސެޑަރ ނެބެންޒިއާ ވިދާޅުވީ، ކައުންސިލް އެކަތިގަނޑަކަށް ވާންވީ ހަމައެކަނި ވޯލްޑް ކަޕްގެ ދުވަސްވަރުގައި ނޫން ކަމަށާއި، ކުރިއަށް އޮތްތާނގައިވެސް އެކުވެރިކަމާ އެއް ބައެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

މިއީ އދ. ގެ ތާރީޚްގައި ސެކިއުރިޓީ ކައުންސިލްގައި ފުޓްބޯޅައިގެ ހަރަކާތެއް ބޭއްވުނު ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕް 2018 ހުޅުވުމަށް ކުޅެވުނު މެޗުގައި ރަޝިއާ ވަނީ ފަހެއް ސުމެއްގެ ނަތީޖާ އަކުން ސައުދީގެ މައްޗަށް ކުރި ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް