21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ފިތުރު އީދު

މަތިމަރަދޫ އީދު ސައި: އެއްބައިވަންތަކަން ދައްކުވައިދޭ ކަމެއް!

  • އީދު ސައި ތައްޔާރުކުރަނީ މަތިމަރަދޫ ޒުވާނުން
  • ސައި ގެންދަނީ ގޭގޭގައި ތައްޔާރުކޮށްގެން، އިސްކޮށް އުޅެނީ އަންހެނުން
މުހަންމަދު ވިސާމް | sampathmasiw

| 15 ޖޫން 2018 | ހުކުރު 08:17 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  7. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


މަތިމަރަދޫ އީދު ސައިކުރިއަށް ދަނީ -- ރާއްޖެއެމްވީ

އީދު ނަމާދަށް އަޅުގަނޑު ދިޔައީ ހައްދުންމަތީ ގަމު، މަތިމަރަދޫ މިސްކިތަށެވެ. މިސްކިތުން ފޭބިއިރު، މަގުމަތީގައި މޭޒުތަކެއް އަތުރާފައި ހުއްޓެއެވެ. ފުދޭ ވަރަކަށް ބޮޑަށް އެ ސަރަހައްދު އޮތީ ތައްޔާރު ވެސް ކޮށްފައެވެ. ކޮންމެއަކަސް އެ ސަރަހައްދަށް ބަލަހައްޓައިގެން ހުއްޓާ މީހަކު އައިސް "އީދު މުބާރިކު" އޭ ބުނެލުމަށް ފަހު ސަޔަށް ދައުވަތު ދިނެއެވެ. ދަންނަ މީހެއް ނުވަތަ ގާތް އެކުވެރިއަކު ފެނުމުން ސަލާމް ކޮށްލުމަކީ ރިވެތި ސިފައެވެ. ހާއްސަކޮށް އީދު ފަދަ މުސްލިމުން އުފާފާޅުކުރާ މުނާސަބަތުތަކުގައެވެ. އޭރު މަތިމަރަދޫ އަވަށު ފިރިހެން ވެރިން އީދު ސަލާމް ކުރަނީއެވެ. ކުދި ބޮޑު އެއްމެންނެއެވެ. ކޮންމެއަކަސް ސަޔަށް ދިން ދައުވަތު ގަބޫލުކޮށް މޭޒުތައް ބަހައްޓާފައިވާ ސަރަހައްދަށް އީދު ނަމާދަށް ދިޔަ މީހުނާ އެކު ހިނގައިގަތީއެވެ. އޭރު މަގުމަތީގައި ބަހައްޓާފައި ހުރި މޭޒުތައް މަތީގައި އެކި ވައްތަރުތައް އަތުރާފައި ހުއްޓެވެ. ތާފާތު އެކި ކާއެއްޗެހިތަކުން މޭޒުތައް ވަނީ ފުރާލާފައެވެ. މިއީ ކުރިން ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު އާދަޔަކަށްވީ ނަމަވެސް މިހާރު މަދުން ނޫނީ ރާއްޖޭގެ ރަށަކުން ފެންނާނެ މަންޒަރަކެއެވެ. މަދު ރަށެއްގައި މިހާރު ވެސް މި ސަގާފަތް ކުރިއަށް ގެންދެއެވެ. ދައްކަން މިއުޅެނީ ކޮންމެ އީދެއްގެ، އީދު ނަމާދަށް ފަހު މަތިމަރަދޫ އަވަށު ރައްޔިތުން އެއް ސުފުރާ މަތިން ސައިބޯ ވާހަކައެވެ. އީދު ސައިގެ ވަހާކައެވެ.

އީދު ސައި ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ މަތިމަރަދޫ ޒުވާނުންނެވެ. ހާއްސަކޮށް މިސްކިތް ކައިރީގައި މޭޒު އަތުރާ އެ ސަރަހައްދު ތައްޔާރުކުރަނީ އީދު ވިލޭ ރޭ ހޭލާ ތިބެއެވެ.

މަތިމަރަދޫ އީދު ސައި

ސައިގެ ކަންކަން ރޭވުމުގައި އިސްކޮށް ހަރަކާތެރިވި އުސްމާން އަބްދުﷲ ބުނީ، ކޮންމެ އީދެއްގައި ވެސް މަތިމަރަދޫ އަވަށުގައި އީދު ސައި ތައްޔާރުކުރާ ކަމަށެވެ. އަދި އެކަން ކުރުމުގައި އަބަދުވެސް އިސްކޮށް ހަރަކާތެރި ވަނީ ޒުވާނުންކަން ފާހަގަކުރަމުން އުސްމާން ބުނީ، މި ކަމުގައި އަންހެނުންގެ ދައުރު ކުޑަ ނޫން ކަމަށެވެ.

ސައި ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ކޮންމެ ކަމެއް ވެސް ކާމިޔާބު ވަނީ އަންހެންގެ އެހީތެރިކަމާ އެކުގައެވެ. ސައި ފުރިހަމަވުމުގެ އަސްލަކީ ވެސް މަތިމަރަދޫ އަންހެނުންނެވެ. ސަޔަށް ތައްޔާރުކޮށްފައިވާ ބޯކިބަލާއި، ސޭންޑްވިޗް އަދި ތަފާތު ވައްތަރުގެ ކޭކުތަކުގެ ރަހަ ބަލާލުމުން ވެސް އެކަން އެނގެއެވެ. އެއީ ހެނދުނު ހެނދުނާ މަތިމަރަދޫ އަވަށު އަންހެންވެރިން ތެދުވެ ތައްޔާރުކޮށްފައިވާ ކާތަކެއްޗެއްސެވެ.

މަތިމަރަދޫ އީދު ސައި

"ކުޅި ބޯކިބާ، ފޮނި ބޯކިބާ، ސޭންޑްވިޗް، ބަޖިޔާ، ގޮޅަ، އެކި ވައްތަރުގެ ކޭކު އަދި ވެސް އިތުރު ހެދިކާ ތައްޔާރުކުރާނެ،" އުސްމާން ބުންޏެއެވެ.

އުސްމާން ބުނި ގޮތުގައި ކޮންމެ ގެއަކުން ވެސް އީދު ސަޔަށް ހެދިކާ ފަދަ ތަކެތި ތައްޔާރުކުރުމަކީ މިކަން މެދުނުކެޑި ކޮންމެ އަހަރެއްގައި ކުރިއަށް ގެންދަން ލިބޭ ހިތްވަރު ކަމަށެވެ.
 

"ކޮންމެ އީދެއްގައި ވެސް، މަތިމަރަދޫ ޒުވާނުން ގޭގެއަށް އަންގާނެ، އީދު ސަޔަށް ތައްޔާރުކުރަންވީ އެއްޗިހި. ދެން ކޮންމެ ގެއަކުން ވެސް ތައްޔާރުކުރާނެ އެ ގެއަކަށް ހަދަން ދިން ތަކެތި، ތައްޔާރުކުރުމަށް ފަހު އީދު ސައި ތައްޔާރުކުރާ ސަރަހައްދަށް ގެންގޮސް، ފިރިހެންވެރިން އީދު ނަމާދުކޮށް ނިމޭއިރަށް ސައި ތައްޔާރުކުރާނެ،" މަތިމަރަދޫ އަވަށުން ވާހަކަ ދެއްކި ޒުވާން އަންހެން ކުއްޖަކު ބުންޏެއެވެ.

މަތިމަރަދޫ އީދު ސައި

އަވަށުގެ ކުދި ބޮޑު އެންމެން ކޮންމެ އީދެއްގައި ހެނދުނު ނާސްތާކުރަނީ އެކުގައެވެ. މަތިމަރަދޫއަށް އީދަށް އަންނަ ކޮންމެ މީހަކަށް ވެސް "އީދު ސަޔަށް" ދައުވަތު ދެނީ ހިނިތުންވުމާ އެކުގައެވެ. ފިރިހެންވެރިން ސައި ބޮއެ ނިމުމަކުން އަދި "އީދު ސައި" ނިމުނީއެއް ނޫނެވެ. ފިރިހެންނުން ސައި ބޮއެ ނިމުމުން ބޮޑު ފަތިހާ ތެދުވެ ސައި ތައްޔާރުކުރި އަންހެން ވެރިން ސައި ބޮއެވެ. ފިރިހެނުންނެކޭ އެއްގޮތަށް އަންހެންވެރިން ވެސް އެކުގައެވެ. މިއިން ކޮންމެ ކަމަކީ މަތިމަރަދޫ ރައްޔިތުންގެ އެއްބައިވަންތަކަން ދައްކުވައިދޭ ކަންކަމެއެވެ. އެއީ "އީދު ސައި" ތައްޔާރުކުރުމުގެ މަގުސަދު ވެސް މެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް