19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

އެމެރިކާގެ އިޤްތިޞާދު

ޓްރަމްޕްގެ ނިންމެވުންތަކުގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށާއި ބައިނަލްއަޤްވާމީ ވިޔަފާރީގެ ނިޒާމަށް އަސަރުކުރާނެ: އައި.އެމް.އެފް

  • އެމެރިކާއިން ވަނީ ޔޫރަޕް، ކެނެޑާ އަދި މެކްސިކޯއިން އެތެރެކުރާ އެލުމިނިއަމް އަދި އެކަތައިން ޓެރިފް ނަގަން ފަށާފައި
  • ޗައިނާއިން އެތެރެކުރާ އެތައް ބިލިއަން ޑޮލަރެއްގެ މުދަލުން ޓެކްސް ނަގަން ދަނީ ތައްޔާރުވަމުން
  • އެމެރިކާގެ ނިންމުންތަކާއި ދެކޮޅަށް ޤައުމުތަކުން ދަނީ ފިޔަވަޅު އަޅަމުން
މިއުވާން މުހައްމަދު | Miuvaan

| 15 ޖޫން 2018 | ހުކުރު 06:57 | |

މަގުބޫލް

  1. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  2. ފަސް މެމްބަރަކަށް މަޖިލީހަށް ވަދާކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  3. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  6. މިހާރުގެ 7 މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި
  7. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  8. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި


އައި.އެމް.އެފްގެ ޑިރެކްޓަރ ކްރިސްޓީން ލަގާޑް -- އީޕީއޭ

އެމެރިކާއަށް އެތެރެކުރާ މުދަލުގެ ބާވަތްތަކުން ބޮޑެތި ޓެރިފްތަކެއް ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން އުފެދޭ ވާދަވެރިކަމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގެ އިޤްތިޞާދަށާއި ބައިނަލްއަޤްވާމީ ވިޔަފާރީގެ ނިޒާމަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)އިން އިންޒާރު ދީފިއެވެ.

އައި.އެމް.އެފްގެ ވެރިޔާ ކްރިސްޓީން ލަގާޑް ވިދާޅުވީ ވިޔަފާރީގެ މިވާދަވެރިކަމުގެ ސަބަބުން ހުރިހާ ފަރާތަކަށްވެސް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމަށާއި، އޭގެ ނަތީޖާ ވަރަށް ގޯސްވާނެކަމަށެވެ. 

ޔޫރަޕް، ކެނެޑާ އަދި މެކްސިކޯއިން އެތެރެކުރާ އެލުމިނިއަމްއާއި އެކަތައިގެ ބާވަތްތަކުން ޓެރިފް ނެގުމަށް މިދިޔަ މާޗްމަހު ޓްރަމްޕް ނިންމަވައި، އެމެރިކާއިން ވަނީ އެއުޞޫލަށް އަމަލުކުރަން މިހާރު ފަށާފައެވެ. އޭގެ ބަދަލުގައި އެމެރިކާއިން ޔޫރަޕަށް އެތެރެކުރާ ގިނަ އަދަދެއްގެ މުދަލުން ނަގާ ޓެކްސް ބޮޑުކުރުމަށް ޔޫރަޕްގެ ޤައުމުތަކުގެ އިއްތިފާޤުން ބުރާސްފަތި ދުވަހު ވަނީ ނިންމާފައެވެ. އަނެއްކޮޅުން ކެނެޑާ އަދި މެކްސިކޯއިންވެސް ވަނީ އެމެރިކާގެ ފިޔަވަޅުތަކުގެ ބަދަލުގައި އެޤައުމުތަކަށް އެމެރިކާއިން އެތެރެކުރާ މުދަލުން އިތުރު ޓެކްސް ނެގުމަށް ނިންމާފައެވެ. 

އެމެރިކާގެ ވިޔަފާރީގެ މުހިއްމު ބައިވެރިންނާއި ދެމެދު ބޮޑު ވާދަވެރިކަމެއް ފެށިފައިވާއިރު، ޗައިނާއިން އެމެރިކާއަށް އެތެރެކުރާ 50 ބިލިއަން ޑޮލަރަށްވުރެ އަގު ބޮޑު މުދަލުގެ ބާވަތްތަކުން ޓެރިފެއް ނެގުމަށް އެމެރިކާއިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. 

އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އައި.އެމް.އެފްގެ ޑިރެކްޓަރ ޖެނެރަލް ލަގާޑް ވިދާޅުވީ ޓެރިފްތަކުގެ ސަބަބުން ސީދާ ޖީޑީޕީއަށް މާބޮޑު އަސަރެއް ނުކުރިނަމަވެސް، އިންވެސްޓަރުންގެ އިތުބާރަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެކަމަށާއި، އެކަމުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވާނެކަމަށެވެ. 

އައި.އެމް.އެފްއިން ލަފާކުރާ ކުރު ރާސްތާގެ އިޤްތިޞާދީ އަންދާޒާއަށް ބަލާއިރު، މިއަހަރު ނިމޭއިރު އެމެރިކާގެ އިޤްތިޞާދު 2.9 އިންސައްތަ ކުރިއަރާނެކަމަށް ބެލެވެއެވެ. އެހެން ނަމަވެސް އަންނަ އަހަރު ޖީޑީޕީ 2.7އަށް މަޑުޖެހި، 2020ވަނަ އަހަރު 1.9 އަށް މަޑުޖެހޭނެއެވެ. 

އެހެންނަމަވެސް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން އައި.އެމް.އެފްގެ އަންދާޒާތަކުގެ ސައްހަކަމާއިމެދު ސުވާލު އުފައްދައެވެ. ކުރުރާސްތާގެ ކުރިއެރުމުގައި އެމެރިކާގެ ސަރުކާރާއި އައި.އެމް.އެފްއިން ކުރާ އަންދާޒާ ދާދި އެއްގޮތްނަމަވެސް، މެދު އަދި ދިގުރާސްތާގެ އަންދާޒާކުރުމުގައި އައި.އެމް.އެފްއިން ދެކޭ ގޮތަށް އެމެރިކާ ސަރުކާރުން ނުދެކެއެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްއިން ބުނާގޮތުގައި ޓެކްސްގެ ނިޒާމަށް ގެނެވުނު ބަދަލުތަކާއި، ބައެއް ސިނާޢަތްތަކަށް ދޫދިނުމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދު ކުރިއަރާނެއެވެ. 

އައި.އެމް.އެފްގެ ވެރިޔާ ލަގާޑް ވިދާޅުވީ އެމެރިކާ ސަރުކާރުން އަންދާޒާކުރާ އަދަދުތައް ނިކުތުން ކިތަންމެހާވެސް އެދިވަޑައިގަންނަވާކަމަށާއި، އެހެން ނަމަވެސް ދަރަނި ބޮޑުވަމުންދާ މައްސަލައިގައި ކަންބޮޑުުވެވަޑައިގަންނަވާކަމަށެވެ.

އެމެރިކާއަށް އެތެރެކުރާ މުދަލުގެ ބާވަތްތަކުން ޓެރިފްތައް ނެގުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އުތުރު އެމެރިކާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން، ނަފްޓާއިން ވަކިވާނެކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް