21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރެއާލް މެޑްރިޑް

ހޫލިއަން ލޮޕެޓެގީ ރަސްމީކޮށް ރެއާލްގެ ކޯޗުކަމާއި ހަވާލުވެއްޖެ

  • އޭނާ ރެއާލްގެ ކޯޗުގެ މަގާމާއި ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން
  • މީގެކުރިން އޭނާ ހުރީ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 15 ޖޫން 2018 | ހުކުރު 03:18 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަދި އެޓީމުގެ އައު ކޯޗު ހޫލިއަން ލޮޕެޓެގީ -- ގެޓީ އިމޭޖާސް

ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމާއި ރަސްމީކޮށް ހޫލިއަން ލޮޕެޓީގު ހަވާލުވެއްޖެއެވެ.

އޭނާ ރެއާލްގެ ކޯޗުގެ މަގާމާއި ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރެއާލްގެ ކޯޗުގެ މަގާމަށް އައު ކޯޗަކު އައްޔަނުކޮށްފައިވަނީ އެ މަގާމުގައި ހުރި ޒައިނުއްދީން ޒިދާން ކުއްލި ގޮތަކަށް އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.

ރެއާލްގެ ކޯޗުގެ މަގާމާއި ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން ލޮޕެޓެގީ ބުނީ އެފަދަ ބޮޑު ވަޒީފާއަކަށް އޭނާ ހަމަޖެއްސުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ރެއާލްއަކީ ވަރަށް ޑިމާންޑް ބޮޑު ޓީމެއްކަން އެނގޭ ކަމަށެވެ. އޭނާ ބުނީ ރެއާލް އެހެން ހަރުފަތަކަށް ގެންދަން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެ ޓީމުގައި މިވަގުތު އޮތީ އެކަމަށް ބޭނުންވާ ފުރިހަމަ ސްކޮޑެއް ކަމަށެވެ. އޭނާ ބުނީ ސްޕެއިންގެ ކޯޗުކަމުން ވަކިކުރި ދުވަހަކީ އޭނާގެ ހަޔާތުގައި އައި އެންމެ ދެރަ ދުވަސް ކަމަށާއި އެހެން ނަމަވެސް އޭގެ 24 ގަޑިއިރު ފަހުން އައީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ކަމަށެވެ.
ލޮޕެޓެގީ ސްޕެއިންގެ ކޯޗުކަމުން ވަކިކުރީ އޭނާ ސްޕެއިންގެ ގައުމީ ޓީމަށް އެންގުމެއްނެތި ރެއާލްގެ ކޯޗަކަށް ވުމަށް އެއްބަސްވުމުންނެވެ. ލޮޕެޓެގީ ވަކިކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއާލޭސް ބުނީ ނިންމާ ކޮންމެ ނިންމުމެއްގެ ސަބަބުން ފާޑުކިޔުން އަމާޒުވާނެ ކަމަށާއި ލޮޕެޓީގަކީ މޮޅު ކޯޗަކަށްވުމާ އެކު އެ ނިންމުން ނިންމަން ވަރަށް އުނދަގޫވާނެ ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕް ފެށެން އެންމެ ދުވަހަކަށް ވެފައިވަނިކޮށް އެފަދަ ނިންމުމެއް ނިންމަން ޖެހުނީ މަޖުބޫރުވުމުގެ ސަބަބުން ކަމަށެވެ. ރުބިއާލޭސް ބުނީ މި ނިންމުމުގެ ސަބަބުން ޓީމު އިތުރަށް ވަރުގަދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ލޮޕެޓީގަށް އޮތް އިހުތިރާމް ކުޑަނުވާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނީ ވޯލްޑް ކަޕްގެ ކުރިން އެކަން ހާމަކުރީ ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރިޔަށް ގެންދަން ކަމަށާއި އެގްރީމެންޓެއް ގާއިމުކުރުމުގެ ހުރިހާ ހުއްދައެއް ވެސް ރެއާލްއަށް އޮތް ކަމަށެވެ. އޭނާ ބުނީ އެއީ ބޭވަފާތެރިވުން ކަމަށް ބަލައިގަންނަން ނުޖެހޭ ކަމަށާއި އެކަމާއި ގުޅިގެން ލޮޕެޓެގީއަށް ފާޑުކިޔަން ޖެހޭ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށެވެ.

ލޮޕެޓެގީވަނީ މީގެ ކުރިން ސްޕެއިންގެ ޒުވާން ޤައުމީ ޓީމަށްވެސް ކޯޗުކޮށްދީފައެވެ. އެގޮތުން 2003ވަނަ އަހަރު ކޯޗިން ކެރިއަރ ލޮޕެޓެގީފެށީ ސްޕެއިންގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. އަދި އޭގެ ފަހުގައި 19 އަހަރުން ދަށް، 20 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކޯޗުކޮށްދީފައިވެއެވެ.

2013ވަނަ އަހަރު ލޮޕެޓެގީގެ ބެލުމުގެ ދަށުން ސްޕެއިންގެ ޤައުމީ ޓީމު ވަނީ ޔޫރަޕްގެ 21 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި މިއަހަރުގެ ވޯލްޑްކަޕަށް ސްޕެއިން ކޮލިފައިކޮށްދިންނަމަވެސް، ކްލަބް ލެވެލްގައި ލޮޕެޓެގީއަށް މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނެތެވެ. އޭނާގެ އިރުޝާދުގެ ދަށުން ސްޕެއިންގެ ގައުމީ ޓީމު ކުޅުނު 20 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް