25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ޓްރާންސްފާ މާކެޓް

ގްރީޒްމަން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފި

  • ގްރީޒްމަން ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރީ ބާސާއިން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 15 ޖޫން 2018 | ހުކުރު 01:15 | |

މަގުބޫލް

  1. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  2. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  3. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  5. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ
  6. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  7. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  8. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން


އެންޓޮއިން ގްރީޒްމަން -- ޓްވިޓަރ

ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެޓްލެޓިކޯ މެޑްރިޑްގައި މަޑުކުރަން ނިންމައިފިއެވެ.

ގްރީޒްމަން ވަނީ އޭނާ އެޓްލެޓިކޯގައި މަޑުކުރާނެކަން އޭނާގެ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ހާމަކޮށްފައެވެ. އޭނާ އާންމުކުރި ވީޑިއޯގައި ބުނެފައިވަނީ އެޓްލެޓިކޯގައި ތިބީ އޭނާގެ ސަޕޯޓަރުން ކަމަށާއި އެއީ އޭނާގެ ޓީމު ކަމަށެވެ. އެޓްލެޓިކޯގެ ރަސްމީ ޓްވިޓަރ އެކައުންޓްއިން ވަނީ ގްރީޒްމަންގެ މި ޓްވީޓް ރީޓްވީޓްކޮށްފައެވެ.

ގްރީޒްމަން ވަނީ ރަޝިއާގައި ފެށި ވާރލްޑް ކަޕްގެ ކުރިން އޭނާ ކުޅޭނެ ޓީމެއް ނިންމާނެ ކަމަށް ބުނެފައެވެ.

ގްރީޒްމަން ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކޮށްފައިވަނީ އެޓްލެޓިކޯގެ ވާދަވެރި ބާސެލޯނާއިންނެވެ. އެ ޓީމުން ވަނީ އޭނާއާ ޓްރާންސްފާގެ ކަންކަމާއި ގުޅިގެން މަޝްވަރާ ވެސް ކޮށްފައެވެ. މިކަމުގެ ސަބަބުން އެޓްލެޓިކޯއިން ބާސާއާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް ފީފާގައި ވެސް އެދުނެވެ. އެހެން ނަމަވެސް ބާސާއާ ދެކޮޅަށް ފީފާއިން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ބާސާގެ އިތުރުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑްއިން ވެސް ވަނީ އޭނާ ހޯދުމަށް މަސައްކަތްކޮށްފައެވެ.

ގްރީޒްމަން އެޓްލެޓިކޯގައި މަޑުކުރުމަށް ނިންމިއިރު އޭނާ ވަނީ އެޓްލެޓިކޯއާއެކު ކާމިޔާބު ނުހޯދޭތީ އެހެން ކްލަބަކަށް ދާން ބޭނުންވާ ކަމަށް ވެސް ބުނެފައެވެ. އޭނާ އެޓްލެޓިކޯގައި މަޑުކުރަން ނިންމާފައިވާއިރު އެހެން ކްލަބަކުން އޭނާ ގެންދަން ބޭނުންވާނަމަ 200 މިލިއަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެން ނަމަވެސް އަންނަ ޖުލައި މަހަށްފަހު މި އަދަދު 100 މިލިއަން ޔޫރޯއަށް ދަށްވެގެން ދާނެއެވެ.

ފްރާންސްގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ފޯވާޑް ރެއާލް ސޮސިއެޑާޑް ދޫކޮށް އެޓްލެޓިކޯއަށް ބަދަލުވެފައި ވަނީ 2014 ވަނަ އަހަރުއެެވެ. ގްރީޒްމަން ވަނީ މި ނިމުނު ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެޓްލެޓިކޯއާއެކު ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކުރި ގްރީޒްމަން ވަނީ އެ ޓީމަށް ކުޅުނު 48 މެޗުގައި މި ސީޒަނުގައި 29 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް