19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

މީރާގެ ވެބްސައިޓް

ފަސް މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އޮންލައިންކޮށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސައިފި

  • ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން ހުށައަޅަން ޖެހޭނީ މިރާކަނެކްޓް މެދުވެރިކޮށް
  • ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ އިންޕުޓް ޓެކްސް ސްޓޭޓްމަންޓްގެ އިތުރުން އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް ވެސް ހުށަހަޅަންޖެހޭ
އަމްނާ އިމާދު | @amnabinthimad

| 14 ޖޫން 2018 | ބުރާސްފަތި 23:56 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ -- ފޮޓޯ : މުހައްމަދު ޝަރުހާން

އަހަރަކު ފަސް މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އޮންލައިންކޮށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސައިފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބުނީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަހަރެއްގެ މައްޗަށް 5 މިލިއަން ރުފިޔާއަށްވުރެ މަތިން އާންމު އާމްދަނީ ލިބޭ ފަރާތްތަކުން މިމަހުން ފެށިގެން ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅަންޖެހޭ ޖީ.އެސް.ޓީ ބަޔާންތައް އޮންލައިންކޮށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން މިފަދަ ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން ހުށައަޅަން ޖެހޭނީ "މިރާ ކަނެކްޓް" މެދުވެރިކޮށެވެ.

މީގެ އިތުރުން، އަހަރަކު ލިބޭ ޖުމްލަ އާމްދަނީ 5 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއްނަމަ މިމަހުގެ އެކަކުން ފެށިގެން ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅާ ޖީ.އެސް.ޓީ ބަޔާންތަކާއެކު އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް މީރާއިން މައުލޫމާތުދެ އެވެ.

މީރާއިން ބުނީ އެފަރާތްތަކުން ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ އިންޕުޓް ޓެކްސް ސްޓޭޓްމަންޓްގެ އިތުރުން އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް ވެސް މިރާގެ އޮންލައިން ޕޯޓަލް "މީރާ ކަނެކްޓް" މެދުވެރިކޮށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މީގެ ކުރިން އަހަރެއްގެ މައްޗަށް 10 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން ދަނީ މިގޮތަށް އަމަލުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް