25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: 16 އަހަރަށްފަހު ރަޝިއާއަށް ފުރަތަމަ މޮޅު

 • ރަޝިއާގެ ގައުމީ ޓީމު މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން
 • މުޅި މެޗު ވެސް ކޮންޓްރޯލްކުރީ ރަޝިއާއިން
 • މި ގްރޫޕްގެ ދެވަނަ މެޗުގައި މާދަމާ ރާއްޖެ ގަޑިން 17:00 ގައި ކުޅޭނީ އުރުގުއޭ އަދި މިސްރު
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 14 ޖޫން 2018 | ބުރާސްފަތި 22:28 | |

މަގުބޫލް

 1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
 3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 4. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
 5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
 6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
 7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
 8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ރަޝިއާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ -- ފީފާ

ވާރލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާގެ މައްޗަށް ކުރި ހޯދައި 16 އަހަރަށްފަހު ވާރލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ރަޝިއާ މެޗަކުން މޮޅުވެއްޖެއެވެ.

އަމިއްލަ ގައުމުގައި ބާއްވާ ވާރލްޑް ކަޕް ހުޅުވުމަށް މޮސްކޯގައި ހުންނަ ލުޒްނިކީ ސްޓޭޑިއަމްގައި ކުޅުނު މެޗުން ރަޝިއާގެ ގައުމީ ޓީމު މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި ދެ ޓީމު މި މެޗާއި ކުރިމަތިލިއިރު މީގެކުރިން ބައްދަލުކޮށްފައިވަނީ 1993 ވަނަ އަހަރުގައެވެ. އެ މެޗު އަމިއްލަ ގައުމުގައި ކުޅެ 4-2 އިން ކާމިޔާބުކުރީ ސައުދީ އަރަބިއްޔާއެވެ. އެހެން ނަމަވެސް ވާރލްޑް ކަޕާއި ކުރިމަތިލުމުގެ ކުރިން ކުޅުނު ފަސް މެޗުން ވެސް ރަޝިއާ މޮޅުވެފައެއް ނުވެއެވެ. ހަމައެހެންމެ ވާރލްޑް ކަޕްގައި އެންމެފަހުން ކުޅުނު 10 މެޗުން ވެސް ސައުދީ އަރަބިއްޔާ ވެސް މޮޅުވެފައެއް ނުވެއެވެ.

މެޗު ފެށިގެން ރަޝިއާއިން ވަނީ މުޅި މެޗު ވެސް ކޮންޓްރޯލްކޮށް ސައުދީ ކޮޅަށް ބާރުބޮޑުކޮށްފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 12 ވަނަ މިނެޓުގައި ޔޫރީ ގަޒިނިސްކީއެވެ. ރަޝިއާގެ ދެވަނަ ލަނޑު ބެންޗުން އަރާ އެ ޓީމަށް ޖަހައިދިނީ ޑެނިސް ޗެރިޝޭވްއެވެ. ފުރަތަމަ ހާފުގައި ރަޝިއާއިން ވަނީ އިތުރު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން ވެސް ސައުދީއަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ރަޝިއާއިން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ އާޓެމް ޒޫބާއެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޑެނިސް ޗެރިޝޭވް ޖަހައިދިންއިރު އެ ޓީމުގެ ފަސްވަނަ ލަނޑު ޖެހީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އެލެކްޒެންޑަރ ގޮލޮވިންއެވެ.

ގްރޫޕް އޭގެ ފުރަތަމަ މެޗު ރަޝިއާއިން ކާމިޔާބުކޮށްފައިވާއިރު އެ ޓީމު ވާރލްޑް ކަޕްގައި ކުޅުނު މެޗަކުން އެންމެފަހުން މޮޅުވެފައިވަނީ މީގެ 16 އަހަރު ކުރިންނެވެ. އެއީ 2002 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ޓިއުނީޝިއާ އަތުން 2-0 އިން މޮޅުވި މެޗެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި މާދަމާ ރާއްޖެ ގަޑިން ހަވީރު 5:00 ގައި ކުޅޭނީ އުރުގުއޭ އަދި މިސްރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް