21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޓްރާންސްފާ މާކެޓް

ތިއާގޯ އަލުން އެނބުރި ބާސާއަށް އަންނަނީ!

  • ތިއާގޯއަކީ ކުރިން ބާސާއަށް ކުޅުނު ކުޅުންތެރިޔެއް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 14 ޖޫން 2018 | ބުރާސްފަތި 21:50 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  5. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް
  8. ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނައުމުން، ސަޕޯޓަރުން އެއްވެ ހަމަނުޖެހުން ހިންގައިފި


ތިއާގޯ ބަޔާންގެ ޖާޒީގައި -- ގެޓީ އިމޭޖާސް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އަލުން އެނބުރި އޭނާގެ ފުރަތަމަ ކްލަބް ކަމަށްވާ ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ބާސެލޯނާގެ ޔޫތު އެކަޑަމީއިން ތަމްރީނުވި ތިއާގޯ ބާސާގެ ފުރަތަމަ ޓީމަށް 100 މެޗު ކުޅެދީފައިވެއެވެ. އެހެން ނަމަވެސް 2013 ވަނަ އަހަރު ބަޔާންއަށް ބަދަލުވުމަށް ފަހު އޭނާ އަންނަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. މިދިޔަ ސީޒަނުގައި ތިއާގޯ ވަނީ ބަޔާންގައި 2021 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރުމަށް ނިންމައި އައު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. އެހެން ނަމަވެސް އަންނަ ސީޒަނުގައި އޭނާ ބާސާއަށް ގެނައުމަށް އެ ކްލަބްއިން ދަނީ މަސައްކަތްކުރަމުންނެވެ.

ތިއާގޯއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ބާސާގެ އެއް ނަމްބަރު ކީޕަރު މާކް އެންޑަރ ޓަރ ސްޓީޖެން ބުނީ ތިއާގޯއަކީ ވަރަށް ހާއްސަ ހުނަރުތަކެއް ލިބިފައި ކުޅުންތެރިޔެއް ކަމަށާއި އޭނާ ޓީމާއި ގުޅުން ވެގެން ޓީމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭނާ ބުނީ ޓްރާންސްފާއެއް ކުރިޔަށްގޮސްފިނަމަ ބާސާ އަދި ތިއާގޯއަށް ވެސް އޭގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

ބަޔާންއިން އޭނާ ވިއްކާލާނެ ކަމަކަށް ނުބެލެވެއެވެ. އެގޮތުން އެ ކްލަބްގެ ސީއީއޯ ކާލް ހެއިންޒް ރުމެނިގާ ބުނީ ތިއާގޯ ހޯދުމަށް އެއްވެސް ކްލަބަކުން މަސައްކަތް ނުކުރާނެ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް ބަޔާންގެ ޕްލޭންތަކުގައި ތިއާގޯ ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް ބަޔާންގައި ވަރަށް ގިނަ މިޑްފީލްޑަރުން އެބަތިބި ކަމަށް ވެސް ރުމެނިގާ ބުންޏެވެ.

އޭނާ މިހެން ބުނުމާއެކު ތިއާގޯ ބާސާއަށް ވިއްކާލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ. އޭނާ ބުނީ ނުވަ ކުޅުންތެރިން މިޑްފީލްޑަށް ކުޅެން ތިބިއިރު ފުރަތަމަ އެގާރައިން ޖާގަ ލިބެނީ އޭގެތެރެއިން ތިން ކުޅުންތެރިޔަކަށް ކަމަށެވެ.

މިދިޔަ ސީޒަނުގައި ބަޔާންއަށް ތިއާގޯ 31 މެޗު ކުޅުނު ނަމަވެސް އޭނާއަށް ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެގޮތުން ބަޔާންގެ ލެޖެންޑް ލޮތަރ މެތަޔަސް ބުނީ ބޮޑު މެޗުތަކުގައި ތިއާގޯއަށް ތަފާތު ނުދެއްކޭ ކަމަށާއި އެފަދަ ޕާފޯމެންސްތަކާއެކު އޭނާއަކީ ބަޔާންއަށް ކުޅެން ޖެހޭ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އޭނާ ބުނީ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ ބަޔާންއިން ތިއާގޯ ވިއްކާލުމަށް ވިސްނަން ޖެހޭ ކަމަށެވެ.

ބަޔާންއަށް ކުޅުނު 151 މެޗުގައި އޭނާ ވަނީ އެ ޓީމަށް 25 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ އޭނާ ވަނީ އެ ޓީމާއެކު ފަސް ބުންޑެސްލީގާ ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް