25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ފީފާ ވޯލްޑް ކަޕް 2018

މިސްރުގެ ފުރަތަމަ މެޗަށް ސަލާހު ފިޓުވާނެ!

  • އޭނާގެ ކޮޑުހުޅަށް ވަނީ އަނިޔާވެފައި
  • މިސްރު މާދަމާ އުރުގުއޭ އާއި ދެކޮޅަށް ކުޅޭނެ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 14 ޖޫން 2018 | ބުރާސްފަތި 21:48 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ސަލާހު މިސްރުގެ ގައުމީ ޓީމާއެކު -- ގެޓީ އިމޭޖާސް

ވޯލްޑް ކަޕްގައި މިސްރު ކުޅޭ ފުރަތަމަ މެޗަށް އެ ޓީމުގެ ކެޕްޓަން މުހައްމަދު ސަލާހު ފިޓުވާނެ ކަމަށް އެގައުމުގެ ގައުމީ ޓީމުގެ ކޯޗު ބުނެފިއެވެ.

 

ސަލާހަށް އަނިޔާވީ 3-1 ގެ ނަތީޖާއަކުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވި މެޗުގައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ސާޖިއޯ ރާމޯސްއާ އެކު ބޯޅަ ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް ސަލާހު ވެއްޓުނު ވަގުތު އޭނާގެ އަތަށާއި ކޮނޑުހުޅަށް އަނިޔާވެފައިވެއެވެ. މި އަނިޔާގެ ސަބަބުން އޭނާއަށް މެޗުގައި އިތުރަށް ނުކުޅެވުނު އިރު އޭނާ ވަނީ ދަނޑުން ބާލާފައެވެ.

އެހެން ނަމަވެސް މިސްރުގެ ކޯޗު ހެކްޓަރ ކޫޕަރ ބުނީ އޭނާ ކުޅޭނެ ކަމުގެ 100 އިންސައްތަ ދެވޭނެ ކަމަށާއި އެންމެ ފަހު ވަގުތާއި ޖެހެންދެން މިހާރު މަޑުކުރަން ނުޖެހޭނެ ކަމަށެވެ. އޭނާ ބުނީ މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާ އަދި އެންމެ މޮޅު ކުޅުންތެރިޔާއަށް ސަލާހުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ބުނީ ސަލާހުއަށް ކުޅުމުގެ ފުރުސަތު ދޭން ޑޮކްޓަރުން ބޭނުންވާ ކަމަށާއި އެ ފުރުސަތުގެ ބޭނުން ސަލާހު ހިފާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އަނިޔާއިން ސަލާހު ރަނގަޅުވެފައި ވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކަމަށް ކޫޕަރ ބުންޏެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވީ ވެސް ކޮލިފައިންގެ އެންމެ ފަހު މެޗުގެ އެންމެ ފަހު މިނެޓުގައި ސަލާހު ޖެހި ޕެނަލްޓީއެއްގެ ސަބަބުންނެވެ. އޭނާއަކީ އެ ޓީމުގެ ކެޕްޓަނަށް ވާއިރު އޭނާއަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެކެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި މިސްރު ހިމެނިފައި ވަނީ އުރުގުއޭ އަދި ރަޝިއާގެ އިތުރުން ސައުދީ އަރަބިއްޔާއާ އެކު ގްރޫޕް އޭގައެވެ. ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 15 ވަނަ ދުވަހު އުރުގުއޭއާ ދެކޮޅަށް މިސްރު ނުކުންނައިރު ދެވަނަ މެޗުގައި އޭގެ ހަތަރު ދުވަސް ފަހުން މިސްރު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕްގެ އެންމެ ފަހު މެޗުގައި ޖޫން 25 ވަނަ ދުވަހު މިސްރު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް