19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

އުރީދޫ

ލިޔޯ މެސީ އާއި އުރީދޫ ގުޅިގެން އެންޖޯއި ދަ އިންޓަނެޓް ކެމްޕޭން ފަށައިފި

  • އެންޖޯއި ދަ އިންޓަނެޓް ކެމްޕޭން އިން އިންޓަނެޓްގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެކަމަށް އުރީދޫން ބުނޭ
އާމިނަތު ނުޒުހާ | nuzu8121

| 14 ޖޫން 2018 | ބުރާސްފަތި 20:00 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


އުރީދޫގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރ މެސީ -- އުރީދޫ

ޑިޖިޓަލް ދުނިޔެއެއްގައި ކުރެވިދާނެ ތަފާތުކަންކަން ދައްކުވައިދިނުމުގެ ގޮތުން، އުރީދޫ އާއި ލިއޮނެލް މެސީ ގުޅިގެން ވަރަށް ތަފާތު ކެމްޕޭނެއް ފަށައިފިއެވެ.

އުރީދޫގެ 'އެންޖޯއި ދަ އިންޓަނެޓް' ކެމްޕެއިންގެ ދަށުން، އެކުންފުނީގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރ އަދި ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ތަރި، ލިޔޮނެލް މެސީ ފެނިގެން ދާނީ ރާއްޖޭގެ އެތްލީޓް އަހްމަދު އާތިފް ފަދަ އުރީދޫގެ ޚިދުމަތް ފޯރުކޮށްދޭ އެކި މާކެޓްތަކުގެ ސޯޝަލް މީޑިޔާ އިންފުލެއެންސަރއިންނާއި އެކީގައި ކަަމަށް އުރީދޫއިން ބުނެއެވެ.

ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް އުރީދޫގެ އެންމެ ކުރިއަރާފައިވާ ނެޓްވާރކް މެދުވެރިކޮށް އިންޓަނެޓްގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ. މި ކެމްޕެއިންގެ ވީޑިއޯ އުރީދޫގެ ޔޫޓިއުބް ޗެނަލްގެ އިތުރުން، ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓާ ޕޭޖް މެދުވެރިކޮށް ލިބެއެވެ.

ލިއޯ މެސީ އަކީ 2013 އިން ފެށިގެން އުރީދޫގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރ އެވެ. އަދި މިގޮތުން، ދުނިޔޭގެ އެކި ހިސާބުތަކަށް ބެހިފައިވާ މީހުންގެ ހަޔާތަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދިނުމަށް އެކުންފުނިން ކުރާ މަސައްކަތުގައި، މެސީ ވެސް ވަނީ ބައިވެރިވެ، އެއްބާރުލުންދީފައެވެ. މެސީ އަކީ އެފްސީ ބާސެލޯނާ އަދި އާޖެންޓީނާގެ ޤައުމީ ޓީމުގެ އެންމެ މުހިންމު ފޯވާޑެވެ. މެސީ ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި އަދި ދުނިޔޭގެ އެންމެ ކުޅަދާނަ ފުޓުބޯޅަ ކުޅުންތެރިޔާގެ ލަގަބު ހޯދާފައެވެ. މެސީ ވަނީ ފަސް ފީފާ ބެލޮންޑިއޯ ހޯދާފައިއެވެ. އަދި އެއީ ޖައްސަޖައްސައިގެން ހަތަރު ބެލޮންޑިއޯ ހޯދާފައިވާ ހަމައެކަނި ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް