25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ފީފާ ވާރލްޑް ކަޕް 2018

ވޯލްޑްކަޕް ބަލަން އަންނަ ބޭރުމީހުންނާ ޖިންސީގުޅުން ނުހިންގުމަށް ރަޝިއާ ރައްޔިތުންގެ ކިބައިން އެދެފި

  • މިލިއަނެއްހާ މީހުން އެކިއެކި ގައުމުތަކުން މެޗްތައް ބަލާލުމަށް ރަޝިއާއަށް ދާނެ
ރާއްޖެ އެމްވީ | raajjemv

| 14 ޖޫން 2018 | ބުރާސްފަތި 17:45 | |

ރަޝިއާގެ ފުޓްބޯޅަ ސަޕޯޓަރެއް..... -- ސާޖިއޯ ޕެރޭޒް/ރޮއިޓާސް

ވޯލްޑްކަޕް ބަލަން އަންނަ ރަޝިއާއަށް އަށް އަންނަ އެހެން ގައުމުތަކުގެ ސަޕޯޓަރުންނާއެކު ޖިންސީ ގުޅުން ނުހިންގުމަށް ރަޝިއާ ރައްޔިތުނަށް އެގައުމުގެ ސިޔާސީ އިސް ފަރާތަކުން ގޮވާލައިފިއެވެ.

ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މެމްބަރު އަދި މަޖިލީހުގެ އާއިލާ އާއި އަންހެނުންނާއި ކުޑަކުދިންނާ ބެހޭ ކޮމިޓީގެ މުގައްރިރު ޓަމާރާ ލެޓިނޯވާ އެ ގައުމުގެ ގޮވޮރިޓް މޮސްކްވާ ރޭޑިއޯ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެފަދަ އަމަލުތަކުގެ ސަބަބުން އެކަނިވެރި މައިންގެ އާއިލާތައް އުފެދިގެންދާ ކަމަށެވެ.

1980 ވަނަ އަހަރު ބޭއްވުނު މޮސްކޯ އޮލިމްޕިކްސްއަށް ހަވާލާ ދެއްވަމުން އޭނާ ވިދާޅުވީ، މާޒީގައި ކަން ހިނގާފައިވާ ގޮތައް ބަލާއިރު ރަޝިއާގެ އެތައް ބަޔަކަށް ވަރަށް ހިތި ތަޖުރިބާ ތަކެއް ކުރެވިފައިވާ ކަމަށެވެ. 1980 ވަނަ އަހަރުގެ އޮލިމްޕިކްސް މުބާރާތައް ފަހު ރަޝިއާ އެތައް އަންހެނުނަށް އެކަނިވެރި މައިންގެ ގޮތުގައި ކުދިން ބަލަން ޖެހުނު ކަމަށާއި އަދި އެންމެ ބެލެނިވެރިއެއްގެ މައްޗަށް އުފެދޭ އާއިލާގެ ސަބަބުން ކުދިންނަށް ވަރަށް ދެރަ ގޮތްތައް ކުރިމަތިވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ރަޝިއާ އަންހެނުން ހޯދަން ޖެހޭނީ ރަޝިއާ ފިރިހެނުނަށް ލިބޭ ދަރިން ކަމަށެވެ.

ޔޫރަޕް ބައްރަށް ބަލާއިރު އެޗް.އައި.ވީ އެންމެ ބޮޑަށް ފެތުރިފައިވަނީ ރަޝިޔާގައެވެ. އަދި ދުނިޔޭގެ ނިސްބަތުން އެންމެ ހަލުއިކޮށް އެޗްއައިވީ ފެތުރޭ ގައުމަކީ ރަޝިއާ އެވެ.

ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ މެޗްތައް ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު މިހާރު ރަޝިއާ އަށް ވަނީ ދަތުރު ކޮށްފައެވެ. ބައެއް އަންދާޒާތަކުން ބުނާ ގޮތުގައި މިލިއަނެއްހާ މީހުން އެކިއެކި ގައުމުތަކުން މެޗްތައް ބަލާލުމަށް ރަޝިއާއަށް ދާނެއެވެ. މިހާތަނަށް މުބާރާތުގެ ދެ މިލިއަނަށްވުރެ ގިނަ ޓިކެޓް ވަނީ ވިކިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް