13 ޑިސެންބަރު 2018 | ބުރާސްފަތި | 04 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

ބޮލީވުޑް

ބާރަތުގެ ޝޫޓިން އަންނަ ޖުލައި މަހު ޕްރިޔަންކާ ފަށަނީ

  • ޕްރިޔަންކާއާ އެކު ލީޑްރޯލުން ފެނިގެންދާނީ ސަލްމާން ޚާން
  • ސަލްމާންއާ އެކު ޕްރިޔަންކާ ވަނީ މީގެ ކުރިން ތިން ފިލްމެއް ކުޅެފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 14 ޖޫން 2018 | ބުރާސްފަތި 11:35 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  6. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  7. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
  8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


ޕްރިޔަންކާ ޗޯޕްޅާ -- ގޫގުލް

ގިނަ ދުވަސްތަކަކަށް ފަހު ޕްރިޔަންކާ ޗޯޕްޅާ ބޮލީވޫޑަށް އެނބުރި އަންނަ ފިލްމް "ބާރަތު" ގެ ޝޫޓިން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

"ބާރަތު" ގެ މަސައްކަތް ފަށަން ޕްރިޔަންކާ ތައްޔާރު ވަމުންދާއިރު މިހާރު ދައްކަމުން އަންނަ ޓީވީ ޝޯ "ކުއާންޓިކޯ" ގެ މަންޒަރުތައް އޭނާ ނަގާ ނިންމާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ސީޒަނަށް ފަހު "ކުއަންޓިކޯ އިތުރަށް ކުރިއަށް ނުގެންދަން ވަނީ ނިންމާފައެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ "ބާރަތު" ގައި ޕްރިޔަންކާއާ އެކު ލީޑްރޯލުން ފެނިގެންދާނީ ސަލްމާން ޚާނެވެ.

ޕްރިޔާންކާ މި ފިލްމް ކުޅުމަށް ހަމަޖެހިފައި ވަނީ 12 ކްރޯޑް ރުޕީސް އަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ޕްރިޔަންކާ ނެރުނު ބަޔާނެއްގައި ވަނީ މި ފިލްމުން ފުރުސަތެއް ލިބުމަކީ އުފަލެއް ކަމަށެވެ. އަދި ގިނަ އަހަރުތަކަކަށް ފަހު ސަލްމާން އާއި އަލީއާ އެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން ކެތް މަދުވެފައި ހުރި ކަމަށް ބުނެފައި ވެއެވެ. އަދި އޭނާގެ ފިލްމަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރި ހުރިހާ ސަޕޯޓަރުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.


ހޮލީވުޑަށް ޕްރިޔަންކާގެ މިސްރާބުޖެހި ފަހުން، ދެ އަހަރުގެ ބްރޭކަކަށް ފަހު ކުޅޭ ހިންދީ ފިލްމު، "ބާރަތު" އާ ގުޅިގެން ޑައިރެކްޓަރު އަލީ ވަނީ ބައިނަލްއަގުވާމީ ގޮތުން ޕްރިޔަންކާ ހޯދި ކާމިޔާބީ އިން އޭނާއަކީ ދުނިޔޭގައި އެންމެ މަޝްހޫރު އިންޑިއާގެ ތަރިއަށް ވެގެން ގޮސްފައިވާކަން ފާހަގަކޮށްފައެވެ. އަދި މި ފިލްމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޝޫޓްކުރަން ހަމަޖެހިފައިވާ ފިލްމަކަށް ވުމުގެ އިތުރުން ފިލްމުގެ ބަތަލާގެ ކިބައިން ބޭނުންވާ ހުނަރުވެރި އެކްޓިން ދެއްކޭނެ ދެވަނަ ތަރިޔަކު ޕްރިޔަންކާ ނޫނީ ނެތް ކަމަށް އަލީ ވަނީ ބުނެފަ އެވެ.

 

ސަލްމާނާ އެކު ޕްރިޔަންކާ ވަނީ މީގެ ކުރިން ތިން ފިލްމެއް ކުޅެފައެވެ. އެއީ "މުޖްސެ ޝާދީ ކަރޯގީ" އާއި "ސަލާމޭ އިޝްގް" އަދި "ގޯޑް ތުއްސީ ގްރޭޓް ހޯ" އެވެ.

ދިހަ އަހަރު ފަހުން ސަލްމާނާއި ޕްރިޔަންކާ އެކުގައި ކުޅޭ "ބާރަތު" އަކީ 2014 ވަނަ އަހަރު ނިކުތް ކޮރެއާ ފިލްމު "އޮޑޭ ޓު މައި ފާދާ" ގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. ތަފާތު ފަސް ސިފައެއްގައި ސަލްމާން ފެނިގެންދާ މި ފިލްމުގައި ފުރާވަރު ޒުވާނެއްގެ ރޯލުން ފެށިގެން އުމުރުން 60 އަހަރުވެފައިވާ ދުވަސްވީ މީހެއްގެ ރޯލާ ހަމައަށް ކުޅޭނެއެވެ.

 މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ޝޫޓިން ފަށާފައިވާ މި ފިލްމްގެ ސިނަމާތަކަށް އަންނާނީ 2019 ވަނަ އަހަރުގެ ފިތުރު އީދުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސަލްމާން ދެން އެންމެ އަވަހަށް ފެނިގެންދާ "ރޭސް 3" މި ފިތުރު އީދުގައި ސިނަމާތަކުގައި އަޅުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް