22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބޮލީވުޑް

ހޮލީވުޑް ފިލްމެއް ކުޅެލަން ޝައުގުވެރިވޭ: ކާޖޮލް

  • ހިތްހަމަޖެހޭ ސްކްރިޕްޓެއް ލިބިއްޖެ ނަމަ ކުޅޭނަން
  • ބޮލީބުޑް ފިލްމެއް ކުޅެން އެއްބަސް ވާއިރު ވެސް ފިލްމްގެ ސްކްރިޕްޓަށް ބަލަން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 14 ޖޫން 2018 | ބުރާސްފަތި 10:19 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ކާޖޮލް -- ގޫގުލް

ހޮލީވުޑް ފިލްމެއް ކުޅެލަން ޝައުގުވެރިވާ ކަމަށް ބޮލީވުޑްގެ ތަރި ކާޖޮލް ބުނެފިއެވެ.

ދާދި ފަހުން ރިލީޒް ކުރި އެނިމޭޓެޑް މޫވީ "ދި އިންކްރެޑިބަލް 2" ގެ ހިންދީ ވާރޝަން އަށް އަޑު އަޅާފައިވާ ކާޖޮލް ވނީ އޭނާ ހޮލީވޫޑަށް ޝައުގުވެރިކަން ހުރިކަން ފާޅުކޮށްފައެވެ.

ކާޖޮލް ބުނެފައި ވަނީ ވަކި ޚާއްސަ ކެރެކްޓަރއެއް އޭނާގެ ވިސްނުމުގައި ނެތް ކަމަށާއި ހިތްހަމަޖެހޭ ސްކްރިޕްޓެއް ލިބިއްޖެ ނަމަ ކުޅޭނެ ކަމަށެވެ. އޭނާ ބޮލީބުޑް ފިލްމެއް ކުޅެން އެއްބަސް ވާއިރު ވެސް ފިލްމްގެ ސްކްރިޕްޓަށް ބަލާ ކަމަށް ކާޖޮލް ވަނީ ބުނެފައެވެ.

ކާޖޮލް ބުނެފައި ވަނީ އޭނާގެ ޑަބިން މަސައްކަތާ މެދު އޭނާގެ ދެ ދަރިން ވަރަށް އެކްސައިޓްވެފައި ވާކަމަށެވެ.

ކާޖޮލް އަދި އަޖޭ ކައިވެނި ކޮށްފައި ވަނީ 1999 ވަނަ އަހަރުއެވެ .އަދި އެ ދެ ތަރިންނަށް ވަނީ އަނެހެން ކުއްޖަކާއި (ނީސާ)  ފިރިހެން ކުއްޖެއް (ޔުގް) ލިބިފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ރިލީޒްކުރާ "އީލާ" އިން ކާޖޮލް ފެނިގެންދާއިރު އޭނާ އެންމެ ފަހުން ކުޅެފައިވާ ހިންދީ ފިލްމަކީ 2015 ވަނަ އަހަރު ޝާހުރުކް ޚާންއާ އެކު ކުޅުނު "ދިލްވާލޭ" އެވެ.

ކާޖޮލްގެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި "ކަރަން އަރުޖުން"، "ދިލްވާލޭ ދުލްހަނިޔާ ލޭޖާޔެނގޭ"، "ޕިޔާރު ކިޔާތޯ ޑަރްނާ ކިޔާ"، "އިޝްގް"، "ދުޝްމަން"، "ކުޗްކުޗް ހޯތަހޭ"، ކަބީ ޚުށީ ކަބީ ގަމް" ހިމެނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް