19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ބޮލީވުޑް

ދީޕިކާ ދިރިއުޅޭ ބިލްޑިންގގައި އަލިފާން ރޯވެއްޖެ

  • ދީޕިކާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ
  • ހާދިސާ ހިނގި އިރު ދީޕިކާ ހުރީ ޝޫޓިންއެއްގައި ބޭރުގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 14 ޖޫން 2018 | ބުރާސްފަތި 09:27 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ދީޕިކާ ޕަދުކޯން -- ގޫގުލް

ބޮލީވުޑް އެކްޓްރެސް ދީޕިކާ ޕަދުކޯން ދިރިއުޅޭ އިމާރާތުގައި އަލިފާން ރޯވެއްޖެއެވެ.

ބުދަ ދުވަހު މެންދުރު ފަހު ހިނގި މިހާދިސާގައި ދިޕިކާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން ދީޕިކާގެ ފޭނުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އޭނާ ކޮށްފައިވާ ޓްވީޓެއްގައި ވަނީ އޭނާ ހުރީ ރައްކާތެރިކަމާއެކު ކަމަށް ބުނެފައެވެ. އަދި ކަންބޮޑުވުން ފާޅު ކުރުމުން އޭނާ ވަނީ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ދީޕިކާ ވަނީ ފުރާނަ އަތްމައްޗަށް ލައިގެން އަލިފާން ނިންވުމުގެ މަސައްކަތް ކުރަމުންދިޔަ އެންމެން ރައްކާތެރި ކުރުމަށް ދުއާ ކުރުމަށް އެދިފައެވެ.

މި ހާދިސަ ހިނގާފައި ވަނީ މުމްބާއީގައި ހުންނަ ޕްރަބަދޭވީ ބިއުމޮންޑޭ ޓަވަރުގެ 33 ވަނަ ބުރީގައެވެ.

ދީޕިކާ ދިރިއުޅެމުންދަނީ އެ އިމާރާތުގެ 26 ވަނަ ބުރީގައެވެ. މިހާދިސާގައި ދީޕިކާ ދިރިއުޅެމުންދާ އެޕާޓްމަންޓަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ޚަބަރުތައް ބުނާ ގޮތުން އަލިފާނުގެ ހާދިސާ ހިނގި އިރު  ދީޕިކާ ވަނީ އިސްތިހާރެއް ޝޫޓް ކުރުމަށް ބޭރަށް ގޮސްފައއެވެ.

މި އަލިފާނުގެ ހަދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 25 ވަނ ދުވަހު ރިލީޒްކުރި ދީޕިކާގެ ފިލްމް "ޕަދްމާވަތު" ރިލީޒްކުރި ފަހުން އެއްވެސް ފިލްމެއްގެ މަސައްކަތް ކުރަމުންދާ ކަމަށް ދީޕިކާ އަދި ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް ހޮލީވުޑް ޕްރެންޗައިސް "ޓްރިޕްލް އެކްސް"ގެ މަސައްކަތް ފަށަން އެޅޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އޭގެ ފަހުން ނުކުން ފިލްމުގައި ދީޕިކާ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް