14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ފޭރުން

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

  • ފޭރިފައިވަނީ ރެއިންބޯ ފިހާރައަކުން ހެޑް އޮފީހަށް އެފައިސާ ގެންދަނިކޮށް
  • ފައިސާތައް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން
މުހައްމަދު ފަޒީން | phaxyn

| 15 ޖެނުއަރީ 2017 | އާދީއްތަ 20:15 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ރެއިންބޯގެ ލޯގޯ: އެ ކުން -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ރެއިންބޯ ފިހާރައެއްގެ 200،000 ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ފޭރިގަތް މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހުގެ ރެއިންބޯގެ ފިހާރައަކުން ރެއިންބޯގެ ހެޑް އޮފީހަށް ފައިސާ ގެންދަނިކޮށް ފޭރިގަތް މައްސަލައިގައި ހައްޔަރުކުރީ 19 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 21 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މީހުންގެ ތެރެއިން 19 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށާއި 17 އަހަރުގެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި 23 އަހަރުގެ މީހާ ހައްޔަރުކުރީ ޖެނުއަރީ 13 ވަނަ ދުވަހު ކަމަށާއި 21 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލާގައި ފޭރުނު ފައިސާތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި ތުހުމަތުކުރެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ. އެގޮތުން 19 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 17 އަހަރުގެ ކުއްޖާއަށްވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. އަދި 23 އަހަރުގެ މީހާއަށްވަނީ 13 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް