23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޓެރަރިޒަމް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

  • ރާއްޖެއިން ފުރައިގެން ދިޔައީ ތައުލީމު ހާސިލްކުރަން ކަމަށް ބުނެ
  • ރާއްޖެ ދޫކޮށް ދިޔައީ 2007 ވަނަ އަހަރުގެ ތެޜޭގައި
  • ވަޒަރިސްތާނުގެ ޖަމާއަތާއެކު ހަނގުރާމަކުރަން ފެށީ 2009 ވަނަ އަހަރުގެ ތެރޭގައި
އަޒުމޫން އަހުމަދު | azmoon_ahmed

| 15 ޖެނުއަރީ 2017 | އާދީއްތަ 20:07 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ކްރިމިނަލް ކޯޓް: ވަކީލަކު ހަމަޖެއްސުމަށް މުހައްމަދަށް ވަނީ 10 ދުވަސްދީފައި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ރާއްޖެ އިން ބޭރަށް ގޮސް، ޓެރަރިސްޓް ޖަމާއަތެއްގެ އިސް މަގާމެއްގައި އަހަރުތަކެއް ވަންދެން އުޅުމަށް ފަހު އެނބުރި ރާއްޖެ އައި ދިވެއްސަކު ކަމަށް ބުނެ ދައުވާ އުފުލާފައިވާ، ރ. ކަނދޮޅުދޫ، ފީރޯޒުގޭ، މުހައްމަދު އަބްދުއްރަހްމާން ހަނގުރާމަކުރަމުންދިޔައީ ޕާކިސްތާނުގެ ވަޒަރިސްތާނަށް ނިސްބަތްވާ ޖަމާއަތަކާއެކު ކަމަށް ދައުލަތުން ކޯޓުގައި ބުނެފި އެވެ.

އާއިލާއާއެކު ޕާކިސްތާނުގައި އުޅުމަށް ފަހު މިދިޔަ އަހަރުގެ ޖޫން މަހުގެ އެނބުރި ރާއްޖެ އައިތަނުން ހައްޔަރުކުރި މުހައްމަދު އަބްދުއްރަހްމާންގެ މައްޗަށް ކޮށްފައިވަނީ، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

އެ ދައުވާއާ ގުޅިގެން ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވިއިރު، ދައުލަތުން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ އިއްވާފަ އެވެ.

ދައުވާ އިއްވަމުން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އާދަމް މުހައްމަދު ވިދާޅުވީ ތައުލީމު ހާސިލްކުރުމަށް ކަމަށް ބުނެ މުހައްމަދު ރާއްޖެ ދޫކޮށް ޕާކިސްތާނަށް ދިޔައީ 2007 ވަނަ އަހަރު ކަމަށެވެ. އަދި 2009 ވަނަ އަހަރުގެ ޕާކިސްތާނުގެ ވަޒަރިސްތާނުގެ އަވަށެއް ކަމަށްވާ ވާނާ އަށް ގޮސް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އޭނާ ހަނގުރާމަ ކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މުހައްމަދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ 'ހ' އާއި ހަވާލާދީ އެ މާއްދާގެ އެއް ވަނަ ނަމްބަރުގެ 'ނ' ގެ ދަށުންނެވެ.

ގާނޫނުގެ އެ މާއްދާގައި ބުނެފައިވަނީ، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަކީ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، ދިވެހި ސަރުކާރުން ހުއްދަދޭ ހާލަތްތަކުގައި މެނުވީ ކުށެއް ކަމަށެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް އާދިއްތަ ދުވަހުގެ އަޑުއެހުން ނިންމަވާލެއްވީ، ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވުމަށް ފަހުގަ އެވެ.

މުހައްމަދު އަބްދުއްރަހްމާން އަކީ ހ. ހަންޑްރެޑް ފްލާވާ ހުސެއިން ރަޒީން(ރަބަރޭ) މަރާލި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ އިބްރާހިމް އަބްދުއްރަހްމާންގެ ބޭބެ އެވެ.

ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ އަށް ފަހު، އެކަމާ ގުޅުންހުރި ގިނަ އަދަދެއްގެ ދިވެހިން ޕާކިސްތާނަށް ގޮސް ފިލިއިރު، އެގައުމާއި އަފްޣާނިސްތާނުގައި ހިނގާ ހަނގުރާމައިގައި ދިވެހިން ބައިވެރިވަމުން ގޮސްފައިވާ ކަމަށް ބޭރުގެ ޖާސޫސީ އިދާރާތަކުން އެއިރު ބުނެފައިވެ އެވެ.

ސީރިއާގައި ހަނގުރާމަ ފެށުމާއެކު، މިހާރު ދިވެހިން ޖިހާދަށް ކަމަށް ބުނެ ދަނީ އެ ގައުމަށެވެ. އެގޮތުން 100 އަށް ވުރެ ގިނަ ދިވެހިން ސީރިއާ ހަނގުރާމައިގައި ބައިވެރިވަމުންދާ ކަމަށް ޖާސޫސީ އިދާރާތަކުން ބުނާއިރު، ދިވެހި ސަރުކާރުން އެކަން ދޮގުކުރެ އެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި ހަނގުރާމާގައި ބައިވެރިވާ ދިވެހިންގެ އަދަދު 50 އަށް ވުރެ މަދުވާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް