22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07

ސިޔާސީ ޝަރީއަތް

ދިވެހިންނަށް މިފަހަރު ލިބުނު އީދު ހަދިޔާ – ރައީސް މައުމޫނާއި އިސްފަނޑިޔާރުންގެ ޖަލު ހުކުމް!

 • ހުކުމާ މެދު ދިވެހިންގެ އެތައް ބަޔަކު ނުރުހުން ފާޅުކުރަނީ
 • ޝަރީއަތް ދިޔަ ގޮތާމެދު ބޭރުގެ އިއްޒަތްތެރިންގެ ނުރުހުން
 • ހުކުމާ ބެހޭ ގޮތުން ތިން ބޭފުޅުންވެސް އެއްޗެއް ވިދާޅެއް ނުވި
ރާއްޖެ އެމްވީ | raajjemv

| 14 ޖޫން 2018 | ބުރާސްފަތި 01:41 | |

މަގުބޫލް

 1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
 2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
 3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
 4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
 5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
 6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
 7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
 8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


ރައީސް މައުމޫނާއި އެއްބަފާ ކޮއްކޯފުޅު ރައީސް ޔާމީން -- ޓްވިޓަރ

ޖޫން މަހުގެ 13 ވަނަ ދުވަހު ރައީސް މައުމޫނާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް  ކުރުމާއެކު އެތައް ބަޔަކަށް ހައިރާން ކަމާއި ހިތްދަތިކަން ގެނުވައިފިއެވެ. އެއާއެކު ނުރުހުމާއި ހިތްހަމަ ނުޖެހުން ސަރުކާރަށާއި ޖޫޑިޝަރީއަށް އަމާޒު ކޮށްފިއެވެ.

ބަރަކާތްތެރި ރަމަޟާން މަސް ނިމި އުފާވެރި އީދަށް މަރުހަބާ ކިޔުމަށް ތައްޔާރު ވަމުންދާ މި ގައުމުގެ މުސްލިމް ރައްޔިތުންނަށް އީދަށް މި ލިބުނީ ދެރަ ހިތާމަވެރި "ހަދިޔާ" އެކެވެ.

ފާޅު ކުރެވެމުންދާ ޝުއޫރު ތަކުގައި ހުރީ އައު ވާހަކަ ތަކެއް ނޫނެވެ. ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާގެ މިނިވަންކަން ގެއްލިފައިވާ ވާހަކަ އާއި އެބޭފުޅުންގެ މައްޗަށް ހިންގުނު ޝަރީއަތްތަކަކީ އިންސާފާއި ހަމައިގެ ބޭރުން ހިންގުނު ޝަރީއަތެއް ކަމަށް ދެކޭ ކަމަށެވެ.

އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ، މިއީ ބޭއިންސާފުގެ ޝަރީއަތެއް ކަމަށެވެ. އެންމެ ކުޑަމިނުން ދިފާއީ ވަކީލުންވެސް ޝަރީއަތް ކުރިއަށް ދިޔައިރު ނެތުމާއެކު ޝަރީއަތް ދާނީ ބޭއިންސާފުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 

ބޭއިންސާފުން ކުރެވުނު ޝަރީއަތެއް ކަމަށް މުޅި ދުނިޔެ ބުނާ ޝަރީއަތަކުން ކުށް ސާބިތުވި ކަމަށް ނިންމާ ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ ރައީސް މައުމޫނުގެ މައްޗަށް ހިންގުނީ ބޭއިންސާފު ޝަރީއަތެއް ކަމަށެވެ. ރާއްޖޭގެ ކަންކަން ބަދަލުވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދުވެސް ސިފަ ކުރެއްވި ގޮތުގައި ޝަރީއަތެއްގައި ލިބެންޖެހޭ އެންމެ އަސާސީ ހައްގުތައްވެސް ރައީސް މައުމޫނަށް މި ހިންގުނު ޝަރީއަތުގައި ލިބިވަޑައިގެންފައި ނުވެއެވެ.

އަދާލަތު ޕާޓީން ބުނެފައިވަނީ ފިތުރު އީދަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް ރައީސް މައުމޫނުގެ މައްޗަށް ބޭއިންސާފުން ޝަރީއަތް ކޮށް ހުކުމް ކުރުމުން ދޭހަވަނީ ރައީސް ޔާމީންގެ ކިބައިގައި ރަހުމެއް، އިންސާނިއްޔަވަންތަކަމެއް ނެތް ކަމަށެވެ. އަދި މި އަނިޔާވެރި އަމަލު އެ ޕާޓީން ކުށްވެރި ކުރާ ކަމަށެވެ.

 

ޖުމްހޫރީ ޕާޓީގެ ލީޑަރު ސިފަކުރެއްވި ގޮތުގައި ރައީސް މައުމޫނާއި އިސްފަނޑިޔާރުންގެ މައްޗަށް ހުކުމް ކުރެވުނު ދުވަހަކީ ވަރަށް ހިތާމަވެރި ދުވަހެކެވެ. މިކަމުން ދޭހަވަނީ އިސްލާހީ މަސައްކަތުގައި ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ތިން ބޭފުޅުންގެ މައްޗަށް ހުކުމް އިއްވުމުގެ ކުރިން ރާއްޖެއަށް އިނގިރޭސިވިލާތުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑައުރިސް ވެސް ވަނީ މި ތިން ބޭފުޅުންގެ މައްޗަށް ހިންގުނު ޝަރީއަތައް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ޝަރުއީ ކޮންމެ ކަމެއްވެސް ހިނގަންވާނީ އަދުލު އިންސާފުގެ ހަމަތަކުގެ މަތިން ކަމުގައެވެ. އޭގައި ދެފުށް ފެނުމާއި، ވަކިފަރާތަކަށް ނުޖެހުން އޮންނަންވާނެ ކަމުގައެވެ. އެމަނިކުފާނު ހަވާލާދެއްވާފައިވަނީ ރާއްޖޭގެ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއަށެވެ. ސަފީރު ވިދާޅުވީ، ރައީސް މައުމޫނާއި އިސް ފަނޑިޔާރުންގެ ޝަރީއަތް ދިޔައީ ދިފާއީ ހެކިންގެ ބަހެއް ނެތި އަދި ދިފާއީ ވަކީލެއްވެސް ނެތި ކަމަށެވެ.

 

ނުރުހުމުގެ ޝުއޫރުތައް ފާޅު ކުރި ފަރާތްތައް ނުހަނު ގިނައެވެ. އޭގެ ތެރޭގައި އާއްމު އެތައް ރައްޔިތުންނެއްވެސް ހިމެނެއެވެ. އެކިއެކި ފަރާތްތަކުގެ ޝުއޫރުތައް މިހެން ހުރި އިރު، ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ކުށް ސާބިތުވާ ކަމަށް ފަނޑިޔާރު އަދަބު ކަނޑައެޅުމަށް ފަހު، އަދަބާ ބެހޭގޮތުން އެއްޗެއް ވިދާޅުވާން ގާޒީ ފުރުސަތު ދެއްވުމުން އެކަމާ ބެހޭގޮތުން އެ ތިން ބޭފުޅުން ވެސް ވަނީ ދެކޮޅު ހައްދަވާފައެވެ.

ރައީސް މައުމޫނު ވިދާޅުވީ ކުރިއަށް އޮތް ބަރަކާތްތެރި ފިތުރު އީދުގެ ތަހުނިޔާ ހުރިހާ ބޭފުޅުންނަށް ދަންނަވާ ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް