22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:53
ފަތިސް 04:37

އިނގިރޭސި ޕްރެމިއަ ލީގު

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

  • ލީގުގެ އެއްވަނައިގައި ޗެލްސީ އޮތީ 7 ޕޮއިންޓުގެ ލީޑަކާއެކު
  • މި މެޗަށް ޗެލްސީން ނިކުތީ ޑިއޭގޯ ކޮސްޓާއާ ނުލައި
ނާފިއު ރަޝީދު | NaphiuR

| 15 ޖެނުއަރީ 2017 | އާދީއްތަ 19:59 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. އިލްހާމް ޕީޕީއެމަށް ދިޔައީ އަޅުގަނޑު ކުރެން އަހައި، ހުއްދަ ހޯދައިގެން: ގާސިމް
  4. ތިން އަހަރު ވަންދެން ލަހިރު މަދުޝަންކާ ހުރީ ޝޮކެއްގައި: ލަންކާގެ މިނިސްޓަރ ފައިޒަރު މުސްތަފާ
  5. ސުމިތު މިނިވަން ކުރުމަށް މިނިސްޓަރު މަހުލޫފު ގޮވާލައްވައިފި
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
  8. މަހަނަކޯން ޓަވަރގެ ބިއްލޫރި ޕްލެޓްފޯމް ހުޅުވައިފި


ލެސްޓާ ކޮޅަށް ގޯލު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ -- ގޫގުލް

ލެސްޓަ ސިޓީގެ މައްޗަށް 0-3ގެ ނަތީޖާއަކުން ކުރި ހޯދައި ޕްރިމިއަ ލީގުގެ އެއްވަނައިގައި ޗެލްސީން ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާއެކީ ލީގުގެ އެއްވަނައިގައި ޗެލްސީ އޮތީ 52 ޕޮއިންޓާއެކީގަ އެވެ. ލީގުގެ ދެވަނައިގައި 45 ޕޮއިންޓާއެކީ ޓޮޓެންހަމް އޮތްއިރު، 44 ޕޮއިންޓާއެކީ ލީގުގެ ތިންވަނައިގައި އޮތީ އާސެނަލް އެވެ. ޗެލްސީ އަތުން ރޭ ބަލިވި ލެސްޓާ އޮތީ 21 ޕޮއިންޓާއެކީ ލީގުގެ 15 ވަނައިގަ އެވެ.

ލެސްޓަ ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗަށް ޗެލްސީން ނިކުތީ އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ޑިއޭގޯ ކޮސްޓާއާ ނުލަ އެވެ. މި މެޗުގައި ކޮސްޓާ ކުޅެފައި ނުވަނީ އޭނާއަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެންނެވެ.

މި މެޗުގައި ލެސްޓާގެ މުހިއްމު ކުޅުންތެރިން ކަމަށްވާ، ރިޔާދް މަހްރޭޒް އާއި ސިލްމާނީ ވެސް ކުޅެފައިނުވާއިރު، ޗެލްސީން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑުނަގާފަ އެވެ. ހަޒާޑް ދިން ޕާހަކުން މި ގޯލް، ޗެލްސީއަށް ކާމިޔާބުކޮށްދިނީ މާކޮސް އޮލޮންސޯ އެވެ.

މި ގޯލަށްފަހު ލެސްޓާގެ ގޯލަށް ޗެލްސީއަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތް ނުވިއިރު، ލެސްޓާއިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން، ނަތީޖާ އެއްވަރުކުރުމަށް މަސައްކަތްތަކެއް ކޮށްފަ އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ޗެލްސީގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކުރި އިރު، އެޓީމުގެ ދެވަނަ ގޯލް މެޗުގެ 51 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް އޮލޮންސޯ އެވެ. އަދި މެޗުގެ 71 ވަނަ މިނެޓްގައި ޕެޑްރޯ ވަނީ ޗެލްސީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

މިއީ ކޮސްޓާ އާއި ނުލައި ޗެލްސީން މި ސީޒަނުގެ ޕްރިމިއަ ލީގުގައި ކުޅުނު ދެވަނަ މެޗެވެ. މީގެކުރިން ކޮސްޓާ އާއި ނުލައި ބޯންމަތް އާއި ބައްދަލުކޮށް ވެސް ޗެލްސީ މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.

ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ހަލް ސިޓީއާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް