10 ޑިސެންބަރު 2018 | ހޯމަ | 02 މުލަ
03 ރަބީޢުލްއާޚިރު 1440
އިޝާ 19:14
މަޣްރިބް 17:57
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:43

އިނގިރޭސި ޕްރެމިއަ ލީގު

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

  • ޓޮޓެންހަމް ލީގުގެ ދެވަނައިގައި އޮތީ 45 ޕޮއިންޓާއެކު
  • ކޭން ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 13 އަށް އަރާފަ
ނާފިއު ރަޝީދު | NaphiuR

| 15 ޖެނުއަރީ 2017 | އާދީއްތަ 19:35 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ޓޮޓެންހަމްގެ އިނގިރޭސި ފޯވަޑް ހެރީ ކޭން -- ގޫގުލް

ހެރީ ކޭން ކާމިޔާބުކުރި ހެޓްރިކާއެކު ވެސްޓްބްރޮމްގެ މައްޗަށް 0-4 ގެ ނަތީޖާއަކުން ކުރި ހޯދައި ޕްރިމިއާ ލީގުގެ ދެވަނައަށް ޓޮޓެންހަމް އަރައިފި އެވެ.

މި މޮޅާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައިގައި އޮތީ 45 ޕޮއިންޓާއެކީގަ އެވެ. ނަމަވެސް މިރޭ ކުޅޭ މެޗުން ލިވަޕޫލް މޮޅުވެއްޖެނަމަ އެޓީމަށް ދެވަނަ މަގާމު އަލުން ލިބޭނެ އެވެ. ޓޮޓެންހަމް އަތުން ބަލިވި ވެސްޓްބްރޮމް އޮތީ 29 ޕޮއިންޓާއެކީ ލީގުގެ 8 ވަނައިގަ އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު މި މެޗުގައި، އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން މި މެޗުގެ ފުރަތަމަ ގޯލް މެޗުގެ 12 ވަނަ މިނެޓްގައި ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ.

އަދި 26 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކުރިއިރު، މި ގޯލަކީ ވެސްޓްބްރޮމްގެ ޑިފެންޑަރެއް ކަމަށްވާ ގެރެތް މެކައުލީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން، ޓޮޓެންހަމަށް ވަނީ ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

ޓޮޓެންހަމްގެ ތިންވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކޭން ކާމިޔާބުކޮށްދިންއިރު، އޭގެ ފަސް މިނެޓް ފަހުން ކޭން ވަނީ ޓޮޓެންހަމްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ، ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

މި މެޗުގައި ކާމިޔާބުކުރި ތިން ގޯލާއެކީ މި ސީޒަނުގެ ޕްރިމިއަ ލީގުގައި ކޭން ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 13 އަށް އަރާފަ އެވެ.

މި މެޗުން ޓޮޓެންހަމް މޮޅުވިއިރު މިއީ ލީގުގައި އެޓީމުން ޖެހިޖެހިގެން މޮޅުވި ހަވަނަ މެޗުކަން ފާހަގަކޮށްލެވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް