22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
ފަތިސް 04:37
އިރުއަރާ 05:55
މެންދުރު 12:12
އަސްރު 15:36
މަޣްރިބް 18:21
އިޝާ 19:39

އަހުމަދު ނިހާން

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

  • ދުނިޔޭގައި ހުރީ ވިއްޔާ މިއަދު 2018 ޖުން 13ގައި ބްރިޖް ހުރަސް ކުރައްވާނޭކަމަށް ނިހާން ވިދާޅުވި
އާމިނަތު ނުޒުހާ | nuzu8121

| 13 ޖޫން 2018 | ބުދަ 19:20 | |

މަގުބޫލް

  1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
  8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އަދިވެސް ނުނިމޭ -- ފޮޓޯ : ރާއްޖެ އެމްވީ

އެއީ 2015 ވަނަ އަހަރުގެ  ނޮވެމްބަރު މަހުގެ 23 ވަނަ ވަނަ ދުވަހެވެ. ޕިޕީއެމްގެ ޕިޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ކުރެއްވި ފޮނި ޓްވިޓެއްގައި ވިދާޅުވީ، އިރާދަ ކުރައްވައިގެން ދުނިޔޭގައި ހުރީ ވިއްޔާ މިއަދު 2018 ޖުން 13ގައި ބްރިޖް ހުރަސް ކުރައްވާނޭކަމަށެވެ.

ނިހާން ބުރިޖް ހުރަސްކުރައްވާތޯ ބެލުމަށް އެ ސަރަހައްދަށް ދެތިން ބުރެއް މިއަދު ޖަހާލައިފިމެވެ. ނިހާންގެ ހިލަމެއް ނުވެއެވެ. ފޮޓޯއަކުން ވެސް ތާކުން ފެނޭތޯ ސޯޝަލް މީޑިއާގައިވެސް ކަޅި ހިންގާލައިފިމެވެ. އަޅައެއްނުގަތެވެ. އެކަން އެހެން ކުރެއްވިނަމަ އެހެން ބަޔަކު ފޮޓޯ ނަގާކަށް ގައިމު ނުވެސް ޖެހޭނެމެއެވެ. ޚުދު ނިހާން އެކަން ކުރައްވާ ޓްވީޓް ކުރެއްވީހެވެ.

ބްރިޖް އަޅާ ދިމާއަށް ގޮސްލާ އެތަނުގައި ހުރެ ބަލާލުމުން ގައިމުވެސް އެނގޭ އެއްޗަކީ އެ ބްރިޖް އަދި އަޅާ ނުނިމޭކަމެވެ. މަސައްކަތް ހަމަ ދަނީ ކުރިއަށެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހަކީ ނިހާންއަށް ވަރަށް މުހިއްމު ޚާއްސަ ދުވަހެކެވެ. އެއީ އެމަނިކުފާނުގެ އުފަން ދުވަހެވެ. ކޮންމެ އަކަސް ބްރިޖް ނިމުނުނަމަ އުފަން ދުވަހުގެ އުފާވެރިކަން އެތަށް ގުނައަކުން އިތުރު ވީހެވެ. އުފާވެރި އުފަންދުވަހަށް ކުރިއާލައި ޖަޒުބާތުގައި ވިދާޅުވެވުނު ބަސްފުޅަކަށް ވެދާނެއެވެ. ކޮންމެއަކަށް ނިހާން ވިދާޅުވިގޮތަށް އެކަން އެ އޮތީ ނުނިމި އެވެ. އެކަމަކު އިރާދައިގައި އެކަން އަދި ނިމެން ނެތްކަމަށް ނިހާންއަށް ވިދާޅުވެވިދާނެއެވެ. ސަބަބަކީ ޓްވީޓްގައިވެސް ނިހާން ވިދާޅުވީ މިއަދު ބްރިޖް ހުރަސްކުރައްވާނީ "އިރާދަކުރެއްވިއްޔާ" ކަމަަށެވެ.

 

ނިހާން 2015 ވަނަ އަހަރު ކުރެއްވި ޓްވީޓްގެ ސްކްރީން ޝޮޓެއް

އެއްބަޔަކު ނިހާން "މަރުވީތޯ" މިއަދު ސޯޝަލް މީޑިއާގައި އަހަމުންދާއިރު، އަނެއްބަޔަކު ދަނީ ތައުޒިއާގެ މެސެޖްތައް ލިޔަމުންނެވެ. އެކަމަކު އަސްލު ހަގީގަތަކީ، ނިހާން ހުންނެވި ގަދަވެ ސަލާމަތުންކަމެވެ. އަދި މިއަދަކީ އެ ވިދާޅުވި 2018 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަސްވެސްމެއެވެ. ނުނި ކަމަކީ ނިހާން އަށް ބްރިޖް ހުރަސް ނުކުރެއްވުނުކަމެވެ.

ސޯޝަލް މީޑިއާގައި އެތަށް ބަޔަކު މިއަދު ނިހާނު ބްރިޖް ހުރަސް ކުރައްވާނެކަމަށް އިންތިޒާރުގައި ތިއްބާ އިރު އޮއްސި އަނދިރިވީއެވެ. ނިހާން ވިދާޅުވިއަސް ނުނިމޭ ބްރިޖެއް ހުރަސް ކުރައްވާނީ ކިހިނެއްތޯއެވެ.

އެކަމަކު ބްރިޖްގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައިކަމަށް ހައުސިން މިނިސްޓްރީން ދާދި ފަހުންވެސް ވަނީ ހާމަކޮށްފައެވެ. މިއަހަރުގެ ޖުލައި 26 ގައި ހުޅުވާނެކަމަށްވެސް ވިދާޅުވިއެވެ. އެކަމަކު އެންމެފަހުން ވިދާޅުވެފައި އޮތީ މިއަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ހުޅުވާނެކަމަށެވެ. އެދުވަހުން ގައިމުވެސް ޕިޖީ ލީޑަރު ނިހާން ބުރިޖްމަތީ ހުންނަވާ އަޅުގަނޑުމެންނާއި ހަނާއަޅާނެތޯއްޗެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޖައި

1 ހަފްތާކުރިން

ﷲ އިރާދަކުރެއްވިޔާ އޭ ބުނެފަ އެބައިން.

10
10