12 ޑިސެންބަރު 2018 | ބުދަ | 04 މުލަ
05 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:44

ފީފާ ވޯލްޑް ކަޕް 2018

އެންމެ ފަހު ވަގުތާ ޖެހެންދެން ރަޝިއާ މަސައްކަތްކުރާނެ: ޕޫޓިން

  • ރަޝިއާއަށް ވޯލްޑް ކަޕްގެ އޮޓަމެޓިކް ޖާގައެއް ލިބުނު
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 13 ޖޫން 2018 | ބުދަ 18:17 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  6. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
  7. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


ފީފާގެ ކޮންގްރެސްގައި ޕޫޓިން ތަގުރީރު ކުރައްވަނީ -- ފީފާ

ބުރާސްފަތި ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގައި އެންމެ ފަހު ވަގުތާ ޖެހެންދެން ރަޝިއާގެ ކުޅުންތެރިން މަސައްކަތްކުރާނެ ކަމަށް އެގައުމުގެ ރައީސް ވްލަޑްމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމުގެ ހައިސިއްޔަތުން ރަޝިއާއަށް ވޯލްޑް ކަޕްގެ އޮޓަމެޓިކް ޖާގައެއް ލިބުނެވެ. އެހެން ނަމަވެސް ވޯލްޑް ކަޕްގައި ވާދަކުރާ 32 ގައުމުގެ ތެރެއިން އެންމެ ދަށުން ރޭންކް ކުރެވިފައި ވަނީ ރަޝިއާއެވެ.

ހަމަ އެހެންމެ މިއަހަރުގެ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ރަޝިއާ މޮޅުވެފައެއް ވެސް ނުވެއެވެ. އެންމެ ފަހުން ރަޝިއާ މެޗަކުން މޮޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ދެކުނު ކޮރެއާއާ ދެކޮޅަށް މޮސްކޯގައި ކުޅުނު އެ މެޗުން ރަޝިއާ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. އޭގެ ފަހުން ބްރެޒިލް، އާޖެންޓީނާ އަދި ފްރާންސްގެ އިތުރުން އޮސްޓްރިއާ އަތުން އެ ޓީމު ބަލިވިއެވެ. ސްޕެއިން އަދި އީރާންގެ އިތުރުން ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުތަކުން ރަޝިއާވީ އެއްވަރެވެ.

ރަޝިއާގެ ރައީސް ޕޫޓިން ވިދާޅުވީ ފަހުގެ ތާރީހެއްގައި ޓީމަށް ރަނގަޅު ނަތީޖާތަކެއް ލިބިފައިނުވާކަން އެންމެން ވެސް ދަންނާނެ ކަމަށެވެ. ހުރިހާ ފަރާތްތަކުން ވެސް އުއްމީދުކުރަނީ ރީތި ފުޓްބޯޅައެއް ކުޅެ އެންމެ ފަހު ވަގުތާ ޖެހެންދެން ޓީމުގެ ކުޅުންތެރިން މަސައްކަތްކުރަން ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ރަޝިއާ މިވަގުތު ރޭންކް ކުރެވިފައި އޮތީ 70 ވަނައިގައެވެ.

އެ ގައުމު ހިމެނިފައި ވަނީ އުރުގުއޭ އަދި މިސްރުގެ އިތުރުން ސައުދީ އަރަބިއްޔާއާ އެކު ގްރޫޕް އޭގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ރޭ އެ ޓީމު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް