16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

އީރާންގެ ގައުމީ ޓީމް

އީރާންގެ ކުޅުންތެރިންނަށް ނައިކީ އިން ބޫޓު ސަޕްލައިކުރުން ހުއްޓާލައިފި

  • ނައިކީ އިން މި ނިންމުން ނިންމީ އީރާނާ ދެކޮޅަށް އެޅުމަށް ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން
  • މިގޮތަށް އަމަލު ނުކޮށްފި ނަމަ ނައިކީއާ ދެކޮޅަށް ފިޔަވަޅު އަޅާނެ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 13 ޖޫން 2018 | ބުދަ 17:58 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


އީރާންގެ ގައުމީ ޓީމުގެ ފުރަތަމަ އެގާރަ: ގިނަ ކުޅުންތެރިން އަރަނީ ނައިކީގެ ބޫޓޫތަކަށް -- ގެޓީ އިމޭޖާސް

އީރާންގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ކަމަށްވާ ނައިކީ އިން ބޫޓު ސަޕްލައިކުރުން ހުއްޓާލައިފިއެވެ.

ނައިކީ އިން އީރާންގެ ކުޅުންތެރިންނަށް ބޫޓު ސަޕްލައި ހުއްޓާލުމާ އެކު އެ ގައުމުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާ ކޯޗުގެ މަގާމުގައި ހުރި ކާލޯސް ކުއިރޯޒް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އީރާނަކީ ވޯލްޑް ކަޕްގައި ކުޅޭ ޓީމަކަށްވާއިރު އެ ގައުމުގެ ކުޅުންތެރިން ވަނީ މިކަމުގައި ފީފާގެ ކިބައިން އެހީއަށް އެދިފައެވެ.

ނައިކީއިން މި ނިންމުން ނިންމީ އީރާނާ ދެކޮޅަށް އެޅުމަށް ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. މިދިޔަ މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އީރާނާ އެކު ހަދާފައިވާ ނިއުކްލިއަރ އެއްބަސްވުން އުވާލުމަށް ނިންމަވާފައެވެ. އެހެންކަމުން 2015 ވަނަ އަހަރު މި އެއްބަސްވުން ސޮއިކުރުމާ އެކު އުވާލެވުނު ފިޔަވަޅުތައް އަލުން އެޅުމަށް އެމެރިކާގެ ކުންފުނިތަކަށް ވަނީ މަޖުބޫރުވެފައެވެ.

ނައިކީގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާ އިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާއަށް ނިސްބަތްވާ ކުންފުންޏެއްގެ ހައިސިއްޔަތުން އީރާންގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ބޫޓު ސަޕްލައި ކޮށްދެވެން ނެތް ކަމަށެވެ. އެ ކުންފުނިން ބުނީ މީގެ ކުރިން ވެސް އެ ފިޔަވަޅުތައް އަޅަން ގާނުނުތަކުން މަޖުބޫރު ކުރާ ކަމަށެވެ. އެމެރިކާގެ ޓްރެޝަރީ އިން ބުނެފައި ވަނީ މި ފިޔަވަޅުތައް ތަންފީޒުނުކުރާ ކުންފުނިތަކާ ދެކޮޅަށް ބޮޑު ޖޫރިމަނާތައް އަންނާނެ ކަމަށެވެ.

މިކަމާ ގުޅިގެން އީރާންގެ ކޯޗު ކާލޯސް ކުއިރޯޒް ވަނީ ނައިކީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނީ ޒުވާން ކުޅުންތެރިންތަކަކާ ދެކޮޅަށް މިއީ އަޅަން ޖެހޭ ފިޔަވަޅެއް ނޫން ކަމަށާއި ނައިކީ އިން ނެރުނު ބަޔާނަކީ ވަރަށް ޒާތީ ބަޔާނެއް ކަމަށް ދެކޭ ކަމަށެވެ. އޭނާ ބުނީ އީރާން ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ނައިކީގެ ބޫޓޫ ބޭނުންކުރާ ކުޅުންތެރިންނަށް ވުމާ އެކު އެ ޓީމުގެ ކުޅުންތެރިންނަށް ނައިކީއިން ޝުކުރު އަދާކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ މިފަދަ ކަންކަމުގައި ފުޓްބޯޅަ ޝާމިލުކޮށްގެން ނުވާނެ ކަމަށެވެ.

މި މައްސަލައިގައި އީރާނުން ވަނީ ހައްލެއް ހޯދައިދިނުމަށް އެދި ފީފާއަށް ސިޓީއެއް ފޮނުވާފައެވެ. ފީފާއިން މިކަމާ ގުޅިގެން އެއްވެސް ކަމެއް ނުކޮށްފި ނަމަ އެ ސިޓީ އާއްމުކުރާނެ ކަމަށް ކުއިރޯޒް ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން އީރާންގެ ރައްޔިތުން ވަނީ ނައިކީއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ފަށާފައެވެ. މިދިޔަ މަހުގެ ތެރޭގައި އެ ގައުމުން ވަނީ ގްރީސް އިން ރަހުމަތްތެރިކަމުގެ މެޗެއް ކެންސަލްކުރުމާ އެކު ގްރީސްގެ ފުޓްބޯޅަ އެސޯސިއޭޝަނާ އެކު އޮތް ގުޅުން ހުއްޓާލާފައެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އީރާން ހިމެނިފައި ވަނީ ސްޕެއިން އަދި މޮރޮކޯގެ އިތުރުން ޔޫރަޕުގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލްއާ އެކު ގްރޫޕް ބީގައެވެ. ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު އީރާން ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް