15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ވޯލްޑް ކަޕް 2026

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އުތުރު އެމެރިކާގެ ތިން ގައުމުގައި

  • މި ވޯޓު އެ ތިން ގައުމުން ކާމިޔާބުކުރީ 134 މެމްބަރު ގައުމުގެ ވޯޓާއެކު
  • ވޯލްޑް ކަޕްގައި ކުޅޭ 80 މެޗުގެ ތެރެއިން 60 މެޗު ބާއްވާނީ އެމެރިކާގައި
  • މިއީ ވޯލްޑް ކަޕް ބޭއްވުމަށް ބިޑުކޮށް މޮރޮކޯ ނާކާމިޔާބާއި ކުރިމަތިލާން ޖެހުނު ފަސްވަނަ ފަހަރު
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 13 ޖޫން 2018 | ބުދަ 17:07 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ފީފާ ވޯލްޑް ކަޕްގެ ޓްރޮފީ -- އޭއެފްޕީ

ދުނިޔޭގެ ވާދައިގެ ތަށްޓައް ކުޅޭ ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2026 ވަނަ އަހަރު ބޭއްވުމުގެ ބިޑު އުތުރު އެމެރިކާގެ ތިން ގައުމުން ކާމިޔާބުކޮށްފިއެވެ.

ރަޝިއާގެ މޮސްކޯގައި ބޭއްވި ފީފާގެ ކޮންގްރެސްގައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައެޅުމަށް 200 މެމްބަރު ގައުމުން ވަނީ ވޯޓު ދީފައެވެ. އެ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ މޮރޮކޯގެ އިތުރުން ބިޑުކުރީ އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ މެކްސިކޯ، ކެނަޑާ އަދި އެމެރިކާ ގުޅިގެންނެވެ.

މި ވޯޓު އެ ތިން ގައުމުން ކާމިޔާބުކުރީ 134 މެމްބަރު ގައުމުގެ ވޯޓާއެކުއެވެ. މިއީ ވޯޓުގައި ބައިވެރިވި މެމްބަރު ގައުމުތަކުގެ 67 އިންސައްތަ ވޯޓެވެ. މޮރޮކޯއަށް ލިބުނީ 65 ވޯޓާއެކު 33 އިންސައްތަ ވޯޓެވެ. އެއް ގައުމުން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމާފައެވެ.

ވޯލްޑް ކަޕްގައި ކުޅޭ 80 މެޗުގެ ތެރެއިން 60 މެޗު ބާއްވާނީ އެމެރިކާގައެވެ. މެކްސިކޯގައި 10 މެޗު އަދި ކެނެޑާގައި ވެސް ބާކީ 10 މެޗު ކުޅޭނެއެވެ. މުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ކުޅޭނީ އެމެރިކާގައެވެ. އެމެރިކާގެ 10 ސިޓީއެއްގައި މުބާރާތުގެ މެޗުތައް ބާއްވާއިރު ކެނެޑާގެ ތިން ސިޓީއެއްގައި އަދި މެކްސިކޯގެ ތިން ސިޓީއެއްގައި ވެސް މެޗުތައް ކުރިޔަށްދާނެއެވެ.

އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކާލޯސް ކޯޑިއޭރޯ ބުނީ ފުޓްބޯޅައިގެ ތެރެއިން އެކުވެރިކަން އާލާކުރަން މިއީ ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި މިއީ މުސްތަގުބަލަށް ވެސް އެޅޭނެ ރަނގަޅު ފިޔަވަޅެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

މެކްސިކޯގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޑެސިއޯ ޑެ މާރިއާ ބުނީ މިއީ ފީފާގެ އައު ތަސައްވަރު ހަގީގަތަކަށް ހެދުމަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށާއި މިފަދަ ފުރުސަތެއްގެ ބޭނުން ހިފާނީ ދުނިޔޭގެ ސުލްހަޔަށް ވެސް މަސައްކަތްކުރަން ކަމަށެވެ.

ކެނެޑާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ސްޓީވެން ރީޑް ވިދާޅުވީ މިއީ ކެނެޑާ ފަދަ ގައުމަކަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި މިއީ ތާރީހުގައި ވެސް ބޭއްވޭ އެންމެ ފުރިހަމަ ވޯލްޑް ކަޕަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

މިއީ ވޯލްޑް ކަޕް ބޭއްވުމަށް ބިޑުކޮށް މޮރޮކޯ ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ފަސްވަނަ ފަހަރެވެ. މޮރޮކޯއިން ވަނީ 1994، 1998 އަދި 2006 ގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ވެސް ބިޑުކޮށްފައެވެ.

އެމެރިކާއިން ވަނީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް އެ ގައުމުގައި ބާއްވާފައެވެ. މި މުބާރާތް 2022 ވަނަ އަހަރު ބޭއްވުމަށް އެމެރިކާއިން ބިޑު ކުރި ނަމަވެސް އެ ބިޑު ވަނީ ނާކާމިޔާބުވެފައެވެ. އުތުރު އެމެރިކާގެ ގައުމުތަކުގެ ތެރެއިން މެކްސިކޯއިން ވަނީ 1970 ވަނަ އަހަރާއި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އެ ގައުމުގައި ބާއްވާފައެވެ. މިއީ ވޯލްޑް ކަޕް ކެނެޑާގައި ބާއްވާނެ ފުރަތަމަ ފަހަރެވެ.

ވޯލްޑްކަޕްގައި 2026 ވަނަ އަހަރު 48 ޓީމު ވާދަކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް