22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
ފަތިސް 04:37
އިރުއަރާ 05:55
މެންދުރު 12:12
އަސްރު 15:36
މަޣްރިބް 18:21
އިޝާ 19:39

ފަލަ ސުރުޚީ

ތުއްތޮންބެއަށް ދެއްވި ވަރުގަދަ އީދު ހަދިޔާ

  • ހުކުމް ކުރީ 13 ވަނަ ދުވަހެއްގައި
  • ޚުލާސާ ބަޔާން ވެސް އިއްވީ ހުކުމްކުރި މަޖިލީހުގައި
  • ހައްޔަރު ކުރި ގޮތަށް ހުކުމް ކުރުމާ ހަމައަށް ރައީސް މައުމޫން ބޭއްވީ ޖަލުގައި
އަހުމަދު މުހުސިނު | dhonbandaara

| 13 ޖޫން 2018 | ބުދަ 16:58 | |

މަގުބޫލް

  1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
  8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


ރައީސް މައުމޫން މާލެއަށް ބާލަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

އެންމެ ބާރުގަދަ މަޤާމްތައް ދެއްވީ ކޮއްކޮއަށެވެ. އެންމެ މަޤާމެއް ދެ މަޤާމެއް ނޫނެވެ. އެއްފަހަރާ އެތައް މަޤާމެކެވެ. ފައިސާ އާއި ބާރުވެރިކަމާ ގުޅުންހުރި ވުޒާރާތަކުންނެވެ. ކުރުކޮށްފޮނިކޮށް ބުނަންޏާ ރައީސް މައުމޫންގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގައި ކޮއްކޯފުޅު ޔާމީން ގެންގުޅުއްވީ އަބަދުވެސް މަތިފަޑީގައެވެ. ސަރުކާރުގެ ނަގާކިޔާ އެންމެ އިސް މީހުންގެ ތެރޭގައެވެ. ކޮއްކޯފުޅު ޢަބްދުﷲ ޔާމީނަށް މީހުން ކުރާ ނަފްރަތާއި ދައްކާ ވާހަކަތަކުން ސަރުކާރަށް ކުރިމަތިވާ ގޮންޖެހުންތަކަށް ފަރުވާލެއް ބެހެއްޓެވުމެއް ނެތިއެވެ. ޔާމީނާ މެދު މީހުން ކުރަމުންދިޔަ ތުހުމަތުތަކަށް ބީރުކަންފަތެއް ދެއްވާފައެވެ. ހަމަ ކޮއްކޯފުޅަށް ޓަކައެވެ.

ޢަބްދުﷲ ޔާމީނަކީ މީހުންގެ ތާއީދު އޮތް ބޭފުޅެއް ކަމަށް ބުނާ މީހުން މަދެވެ. އެކަމަކު ޑީއާރުޕީގެ ތެރެ އިން ޓިކެޓް ނުލިބިދާނެކަން ކަށަވަރުވީމާ ހެއްދެވި ޕީޕީއެމް ތެރެއިން ޓިކެޓް ދެއްވާ ވެރިކަމަށް ގެންނެވުމުގައި ވެސް ރައީސް މައުމޫނު ނުޖައްސަވާ މަރުފައްޔެއް ނެތެވެ. އުމުރުން ދުވަސްވެ ގައިބާރު ދެރަވީ ދުވަހު އެމަނިކުފާނު ކޮއްކޯފުޅަށްޓަކައި ވަޑައިގެން ކެމްޕެއިނަށް އަރާވަޑައިނުގަންނަވާ ހަމަ އެންމެ ރަށެއް ވެސް ނެތެވެ. އެމަނިކުފާނަށް ކުރާ ޤަދަރާއި ކުރާ ސަޕޯޓަށްޓަކައި ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް ނުކުރާ އާދޭހެއް ނެތެވެ.

ފުރަތަމަ ބުރުގައި ލިބުނު ނަތީޖާއަށް ފަހު ޤާސިމް އިބްރާހީމްގެ ސަޕޯޓަރުން ޔާމީނަށް ފިރުކާލަން ވަޑައިގެންނެވީ ވެސް ޚުދު ރައީސް މައުމޫނެވެ. ދެއަތަށް ކިރިކިރި ހުރި ޤާސިމްގެ ތާއީދު ހޯއްދެވީ ސީދާ ރައީސް މައުމޫން ކުނޫޒަށް ވަޑައިގެން އެދެއްކެވި ވާހަކަ ތަކުންނެވެ.

މިއަދު ނިކަން ބައްލަވާށެވެ. އެދެއްވީ ވަރުގަދަ ބަދަލެކެވެ. ހެޔޮކަމަކަށް އެދެއްވީ ހަމައެކަނި ކަޅުތެޔޮ ހަމެއް ނޫނެވެ. އެ އަށް ވުރެ ކުޑަ އަނދިރި ޖަލުގޮޅިއެކެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ޖަލުއަނިޔާ ލިބުނު ގަލޮޅު ކެނެރީގޭ ނަޝީދުގެ ހިތައް ވަންވަރުގެ ރަހުމެއް ވެސް އެއްލޭ ހިނގާ ކޮއްކޯފުޅު ޔާމީންގެ ހިތަކަށް ނުވަނެވެ.

ރައީސް މައުމޫނަށް ބުދަދުވަހު ކުރި ހުކުމް ވެގެން އެދިޔައީ މިޤައުމުގައި މިހާތަނަށް ކުރެވުނު އެންމެ އިބުރަތުން ފުރިގެންވީ އެއް ހުކުމަށެވެ. ހަމަގައިމު ވެސް ރައީސް ނާސިރުގެ ދައުރުގައި ރައީސް މައުމޫނު ޖަލަށްލީ ދުވަސް ވެސް މިއަދާ އަޅާކިޔާއިރު ބޭހަކަށް ވެސް ނުފުދޭނެއެވެ. ގައިބާރު ދެރަވެ ބަލިހާލު ބޮޑުވެ އުމުރުން ދުވަސްވެ އަމިއްލަ ހާލައިގެން ނޫޅެވޭ ވަރުވި ދުވަހު އެމަނިކުފާނަށް އެކުރެއްވި ހުކުމަކީ އާދައިގެ ހުކުމެއް ނޫނެވެ. މައްސަލަ އިން ސަލާމަތްވެވަޑައިގަންނަވާން ޤާނޫނީ ވަކީލެއް ދިފާއީ ހެއްކެއް ހުށަހަޅާނެ ފުރުސަތެއް ނުލިބިއެވެ. ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ ރޭއަޅުކަމަށް ވެސް ވަގުތުކޮޅެއް ނުދީ އެތެޅުވީ ކުޑަކުޑަ ކޯޓު ރޫމު ތެރޭގައެވެ. ދަންވަރު ނިދިކުރައްވަން އޮއްވާ ހައްޔަރުކޮށްގެން ގެންދިޔަ ގޮތައް އެ ހުރަގެއިން ނުކުމެ ބޭރުތެރެއަށް ރަނގަޅަށް ނުކުމެލެވޭވަރުގެ ފުރުސަތެއް ވެސް ނުދީ ޖަލުގައި ބާއްވައިގެންނެވެ. ރެއެއް ދުވާލެއް، އަމުދުން ދަންވަރަށް ވެސް ނުބަލައި މައްސަލަ ނިންމާލައި ހުކުމް އެކޮށްލީ ހަމަ ފަޓާސް ބަރިއެއް ހެންނެވެ. ސީދާ ސާއަތަށް ފައްތާން، 13 ވަނަ ދުވަހެއްގައި ޚުލާސާ ބާޔާނާ އެކުއެކީގައި ޖަލުގޮޅިއަށް ހުކުމް އެކޮށްލީ ކުޑަ ވެސް ބަލާލުމެއް ނެތިއެވެ. ބަރަކާތްތެރި މަހެއްގައި އެމަހުގެ އެންމެ ބޮޑު އަޅުކަމުގައި ހުންނަވައިގެން ތިޔަ ކޮށްލި ހުކުމުން އިސްލާމީ ޝަރީއަތަށް ވެސް ހުތުރެވެ. އެ ދީނުގައިވާ މާތް އުސޫލުތަކާއި ރިވެތި ހަމަޔާއި އިންސާފް އެއްކިބާ ކުރީތީއެވެ. އީދަށް ކަތިލާ ކުކުޅުގަނޑެއްހެން އީދުގެ ކުރިން "ކަތިލާ އަޅާލީ" ވެރިކަމަށް ގެންނެވި ތުއްތޮންބެއެވެ. ކާށިކިބައެއް ލައިފައި މުޅީގައި ވެސް ކުކުޅު އީދު ދުވަހާ ހަމައަށް ބައިންދާ އުޅުނަސް އަވަސް އަރުވާލާފައި އެއް އަހަރާ ހަތްމަހާ ހަދުވަހުގެ ހުކުމެއް ތިޔަކޮށްލީ މަޝްހޫރު 13 ވަނަ ދުވަހާ ދިމާކުރާށެވެ.

ނޫނޭވާ އޯގާތެރިއެވެ. ތުއްތޮންބެއަށް ދެއްވޭނީ ދެން ތިޔަވަރުގެ އީދު ހަދިޔާއެކެވެ. އެހެން މީހަކު ކުރިން ތަހުނިޔާ ކިއާފާނެތީ އެޑްވާންސްކޮށް ތިޔަ ދެއްވީ އަގުހުރި އީދު ހަދިޔާއެކެވެ. ފެންކަޅި ކޮށްލާނެ އަސަރުގަދަ އީދު ހަދިޔާއެކެވެ. ރައީސް ޔާމީނަށް ހަމަ އައްސަރި ބަހުން ސާބަހެވެ. ގާތުގައި ތިބި ކުދިންކޮޅު މިހާރު ހީނހީނފައި ބާރަށް އަތްޖަހާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Khadeeja

1 ހަފްތާކުރިން

Aadhe rahman nethytho a alhugadah.Aa aaaa aadhe mee dhuniyege aadhaey

0
0